ރާއްޖެ ލަމްހާގެ މައްސަލާގައި އިންޑިއާ ޑޮކްޓަރުންގެ ހެކިބަސް ނަގަން ހުރަސްތަކެއް, އޭޖީގެ ލަފާ ހޯދަނީ ރާއްޖޭގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އިންޑިއާގެ ޑޮކްޓަރުންގެ ހެކިބަސް ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާތީ އެޓާނީ ޖެނެރަލްގެ ލަފައަކަށް ފޮރިން މިނިސްޓްރީން އެދިފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރުވި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ކުރާއިރު، އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން ކުރަނީ އެކަމުގައި ބައިވ... ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ 48 ދަޅާއި 13 ފުޅި ބަނގުރަލާއިއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި 48 ދަޅާއި 13 ފުޅި ބަނގުރަލާއިއެކު ހުޅުމާލެއިން ބިދޭސީ ފިރިހެނަކު ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރީތިގަސްމަގުން ދުއްވަމުންދިޔަ ވޭނެއް ހުއްޓުވައި ބަލައިފާސްކުރުމުން 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ. ފުލުހުން ބުނީ، މި ވޭނުގައި ދުއްވަމުންދިޔަ 29 އަހަރުގެ މީހާއާމެދު ތުހުމަތުކުރެވިގެން އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ. މީގެއިތުރުން، މި މަހުގެ 5 ވަނަ ދުވަހު ހުޅުމާލެ ކަންނެލި ޖެޓީގައި ހިނގި އެހެން ހާދިސާއެއްގައި 120 ދަޅު ބ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސައިންޓިސްޓުން ހަނދުގައިވާ ބިމުއަޑީގެ ހޮހޮޅައެއް ހޯދައިފި ސައިންޓިސްޓުން ހަނދުގެ ބިމުއަޑީގައި ހޮހޮޅައެއް ހުރިކަން ޔަގީންކޮށްފިއެވެ. މި ހޮހޮޅަ ހުރީ ހަނދުގެ “ސީ އޮފް ޓްރަންކުއިލިޓީ” ސަރަހައްދުގައި، އެޕޯލޯ 11 ޖެއްސި ތަނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައެވެ. މި ހޮހޮޅަ ހޯދީ އިޓަލީގެ ސައިންޓިސްޓުންގެ ޓީމަކުން، ނާސާގެ ލޫނަރ ރެކޮނައިސަންސް އޯބިޓަރ އިން ނެގި ރާޑާ މިންތަކުގެ އެހީގައެވެ. މި ހޮހޮޅައަށް ވަދެވެނީ ހަނދުގައިވާ އެންމެ ފުން ވަޅުގަނޑުންނެވެ. މި ވަޅު އުފެދިފައިވަނީ ލާވާ ޓިއުބެއް ފުނޑުފުނޑުވެގެން ކަމަށް ސައިންޓިސްޓުން ގަބޫލުކުރެއެވެ. މި ހޮހޮޅައިގެ […... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ވޯކްޝޮޕްތަކެއް މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ދެ ވޯކްޝޮޕް ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ބުނީ، މި ދެ ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޞަގާފީ މަސައްކަތްތައް އާލާކުރުމަށްޓަކަށް އޮފިސަރުންނާއި މުވައްޒަފުން ތަމްރީންކޮށް، އެމީހުން މެދުވެރިކޮށް ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް މި މަސައްކަތްތައް ދަސްކޮށްދިނުން ކަމަށެވެ. މިގޮތުން މިއަހަރުތެރޭ މާފުށީ ޖަލުގައި ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ޤައިދީންގެ އުފެއްދުންތައް ދައްކާލުމާއި... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ.އަތޮޅުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން ތަމްރީން ޕްރޮގްރާމް ފެށިގެން ކުރިއަށް ށ.އަތޮޅުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ށ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް، އެ އަތޮޅު ވެރިކަންކުރާ ފުނަދޫގައި ފަށާފައި ވަނީ އިއްޔެ (16 ޖުލައި 2024) އެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 21 ވަނަ ދުވަހުއެވެ. އިޖުތިމާއީ ބަދަހި މަދަދުވެރިން އަތޮޅުތެރޭ ތަންރީން ކުރުމުގެ ބޭނުމަކީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ވަޔަރލެސް ޑްރައިވެއް ހޯދަނީތަ؟ ޕޮކެޓް ސައިޒްގެ މި ރައުޓަރ އިން ތިކަންވާނެ! ހޮންކޮންގްގައި މަރުކަޒުކޮށްފައިވާ ނެޓްވޯކް ހާޑްވެއަރ ތައްޔާރުކުރާ ކުންފުންޏެއް ކަމަށްވާ ޖީއެލް.އައިނެޓްއިން ވަނީ ޕޮކެޓް ސައިޒްގެ ވައިފައި 6 ގިގަބިޓް ޓްރެވަލް ރައުޓަރެއް ތަޢާރަފުކޮށްފައެވެ. މި ރައުޓަރަކީ ޖީއެލް-އޭއެކްސްޓީ 1800 (ސްލޭޓް އޭއެކްސް) ގެ ނަމުގައި ތަޢާރަފުކޮށްފައިވާ އުފެއްދުމެކެވެ. މި ރައުޓަރުގެ އެންމެ ޚާއްޞަ ސިފައަކީ ވަޔަރލެސްކޮށް ޕޯޓަބަލް ހާޑް ޑްރައިވް، އެކްސްޓަރނަލް އެސްއެސްޑީ، ޔޫއެސްބީ ފްލޭޝް ޑްރައިވް އަދި މައިކްރޯއެސްޑީ ކާޑު ބޭނުންކުރެވޭ ގޮތަށް ހުރުމެވެ. މިއީ ދަތުރުފަތުރުގައި ޑޭޓާ ރ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރިޕޯޓް އަލީ އާރިފް އަސްލު މި ވިދާޅުވަނީ ކީކޭ؟ ހޯމަ ދުވަހު އަލިވިލުނުއިރު މުޅި މީސްމީޑިއާ ބަންޑުންވެފައި އޮތީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ދެއްކެވި ވާހަކައަކާއިގުޅޭ އެކި ޒާތްޒާތުގެ ސްޓޭޓަސްތަކާއި، ފޮޓޯތަކާއި ޚަބަރުތަކާއި، ޚިޔާލުފާޅުކުރުންތަކެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި އަލީ އާރިފް ދެއްކެވި ވާހަކަ އަޑުއަހާލަން މަޖުބޫރުވީ އެހިސާބުންނެވެ. އަލީ އާރިފް ދެއްކެވި ވާހަކަތައް އަޑު އަހާލިއިރު، މުޅ... ޝިއުނާ އާދަމް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ރަނުގެ އަގު ރެކޯޑު އަދަދަކަށް އުފުލިއްޖެ ފެޑެރަލް ރިޒާރވްއިން އިންޓަރެސްޓް ރޭޓް ދަށްކުރާނެ ކަމުގެ އުއްމީދު އިތުރުވުމާ ގުޅިގެން ރަނުގެ އަގު މިހާތަނަށް ދުވަހަކުވެސް ނުއުފުލޭ މިންވަރަކަށް އުފުލިއްޖެޖެއެވެ. މިއަދު ހެނދުނު ސްޕޮޓް ރަނުގެ އަގު ހުރީ އައުންސަކަށް 2،466.02 ޑޮލަރުގައެވެ. އަދި މިއަދުގެ އެންމެ މަތީ އަގެއްގެ ގޮތުގައި އައުންސަކަށް 2،482.29 ޑޮލަރު ރެކޯޑު ކުރެވުނެވެ. މި ރެކޯޑު އަދިވެސް މުގުރާލާނެ ކަމަށް އެނަލިސްޓުން ގަބޫލުކުރެއެވެ. މީގެ އިތުރުން ރަނުގެ އަގަށް ބަދަލު އަންނަ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި އެމެރިކާގެ އިންތިޚާބާއި […] އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ ށ. މިލަންދޫއިން 20 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފި މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. މިލަންދޫ އާއި ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ށ. މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިލަންދޫ ޕޮލިސް ސްޓޭޝަނުން މި މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރި އިރު... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ޤުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ރަންތާޖު ކީރިތި ޤުރުއާން ހިތުދަސްކުރި 32 ފަރާތަކަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ދޭ ރަންތާޖު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. މި ތާޖުތައް ހަވާލުކޮށްދެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ހަފްލާގައެވެ. ޤުރުއާން ހިތުދަސްކޮށް ތާޖު ހާސިލްކުރި ކުދިންނަކީ: ޝަޢަފް ޙާމިދު އިބްރާހީމް އަބާން އިބްރާހީމް މިބުސާމް ސަލްމާން މޫސާ ޢަޝްޙަލް އަޝްރަފް ޢަބްދުﷲ ބިން ޔާމިން ޢަބްދުﷲ ރަޝީދު މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު […] އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު ވަކިކުރަން އިސްލާހެއް ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙެއް ހުށަހަޅައިފިއެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭނެ ހެދުމެވެ. މި އިޞްލާޙު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ހުޅުމާލެ އުތުރު ދާއިރާގެ ޕީ.އެން.ސީ މެންބަރު ޙުސައިން ޝަރީފެވެ. މި އިޞްލާޙުގެ މަޤްޞަދަކީ ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނެނީ 9 މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި، ޤާނޫނީ ވަ... އަލީ އާދިލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސޯޅަ ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އޮމާނާ ދިމާލުން އަޑިއަށް ހިނގައްޖެ އޮމާނުގެ މައި ވިޔަފާރި ބަނދަރު ދުޤުމާ ދިމާ ބޭރުން، ސޯޅަ ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއް އަޑިއަށް ހިނގައްޖެއެވެ. އޮމާނުގެ މެރިޓައިމް ސެކިއުރިޓީ ސެންޓަރުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. “ޕްރިސްޓީޖް ފެލްކަން” ނަމަކަށް ކިޔާ މި ޓޭންކަރު ދަތުރުކުރަމުން ދިޔައީ ކޮމޮރޯސް ދިދައިގެ ދަށުންނެވެ. އޮމާނުގެ ރަސްމީ އިދާރާއިން އެކްސްގައި ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، ބޯޓުގައި ތިބީ އިންޑިއާގެ 13 ފަޅުވެރިންނާއި ސްރީލަންކާގެ 3 ފަޅުވެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ވަގްފު 2 އިމާރާތާއި ގުރުއާނާ ބެހޭ މަރުކަޒެއް އަޅަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުރުއާނާ ބެހޭ މައުރަޒެއް އެޅުމަށް ގަސްދުކުރައްވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. ކީރިތި ގުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގަައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ގުރްއާނާ ބެހޭ ހާއްސަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމު ކުރަން އެމަނިކުފާނު ގަސްތު ކުރައްވާ ކަމަަށެވެ. “މިރޭ ވަރަށް އުފާވެރި […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު ދެ މުބާރާތުގެ ފައިނަލުން ބަލިވުމުން ސައުތުގޭޓް އިންގްލެންޑް ކޯޗުކަން ދޫކޮށްލައިފި އެންމެ ފަހުން ކުޅުނު ޔޫރޯ ދެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅެ އިންގްލެންޑް ބަލިވުމާއިއެކު އެ ޓީމުގެ ކޯޗް، ސައުތުގޭޓް މަގާމުން އިސްތިއުފާދީފިއެވެ. ސައުތުގޭޓް އިންގްލެންޑްގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ފުރަތަމަ ބޮޑު މުބާރާތަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ޕެނަލްޓީ ޖަހައިގެން އެ ޓީމް ބަލިވީ ކޮރޭޝިއާ އަތުންނެވެ. 2020 ވަނަ އަހަރު އަމިއްލަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ހުރި އަހުލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ގުރުއާން: ރައީސް ރާއްޖޭގައި މިވަގުތު ހުރި އަހްލާގީ ހުރިހާ މައްސަލަތަކުގެ ހައްލަކީ ކީރިތި ގުރުއާން ކަމަށާއި ދިވެހިން އެނބުރި އެ ފޮތަށް ދާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެންމެ ކުޑަ ކުއްޖާ އިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ވެސް ކޮންމެ ދުވަހެއްގެ […] މުޙައްމަދު · 2 އަހަރު ކުރިން