މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެ

ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެ

ޣައްޒާގެ މެދުތެރޭގައިވާ އދ ހިންގާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 22 އަށް އިތުރުވެއްޖެކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހޯމަ ދުވަހު ބުނެފިއެވެ. އާދީއްތަ ދުވަހު ނުސެއިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އދގެ ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އޭޖެންސީ (އަންރުވާ) ހިންގާ އަބޫ އޮރެއިބާން ސްކޫލަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އިތުރުން 102 މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެބަޔާނުގައި ވާގޮތުން މި ހަމަލާގައި […]

އަޙްމަދު ދާއޫދު
''އަންރުވާ'' ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ސިފަކުރުމަށް ކުރެވޭ މަސައްކަތް ބަލައިނުގަތުމަށް އީޔޫއިން ނިންމައިފި

''އަންރުވާ'' ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ސިފަކުރުމަށް ކުރެވޭ މަސައްކަތް ބަލައިނުގަތުމަށް އީޔޫއިން ނިންމައިފި

ޔޫއެންގެ ފަލަސްތީނު ރެފިއުޖީންނާބެހޭ އޭޖެންސީ (އަންރުވާ) “ޓެރަރިސްޓް ޖަމާއަތެއް” ގެ ގޮތުގައި ސިފަކުރުމަށް ކުރެވޭ މަސައްކަތްތައް އީޔޫއިން ބަލައިނުގަތުމަށް ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ އީޔޫގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލްއެވެ. ޖޯޑަން-އީޔޫ އެސޯސިއޭޝަން ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގެ ތެރެއިން، ޖޯޑަންގެ ބޭރު ވަޒީރު އައިމަން ސަފަދީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮރެލް ވިދާޅުވީ އަންރުވާ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރުމަށް ކުރެވޭ އެއްވެސް މަސައްކަ...

އަޙްމަދު ދާއޫދު
އާޚިރަތުގެ މައްޗަށް ދުނިޔެއަށް އިސްކަންދެނީ ކީއްވެ؟

އާޚިރަތުގެ މައްޗަށް ދުނިޔެއަށް އިސްކަންދެނީ ކީއްވެ؟

ދެމިއޮންނަނިވި އާޚިރަތުގެ މައްޗަށް ތިޔަބައިމީހުން މި ފަނާވެދަނިވި ދުނިޔެއަށް އިސްކަން ދެމުއެވެ. ފަހެ، ތިޔަބައިމީހުން ދުނިޔެއާއިގެން މަޝްޣޫލުވަމުއެވެ. އަދި އާޚިރަތް ހަނދާން ނައްތާލަމުއެވެ. ދުނިޔެއަށް ވުރެ އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިއޮތުން ބޮޑުވެގެންވާ ޙާލުގައެވެ. ދުނިޔެއަކީ ފަނާވެދާނޭ ތަނަކަށް ވެފައި، އާޚިރަތަކީ އަބަދަށް ދެމިއޮންނާނެ ތަނަކަށް ވެފައި، ފަނާވާ އެއްޗަކަށްވުރެ ދެމިހުންނަ އެއްޗެއްގެ ހެޔޮކަން ބޮޑުވާނެތީއެވެ. ދުނިޔޭގެ ގެތަކާއި، ބިނާތައް ރަނުން ހުރެފައި، އާޚިރަތުގެ ގެތަކާއި ބިނާތ...

Thiladhun
މޮޅަދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްގެން 10000 ރުފިޔާ

މޮޅަދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްގެން 10000 ރުފިޔާ

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ ރަސްމީ މަރުކާ އާއި ސިއްކަ ފަރުމާކުރަން ހުޅުވާލައިފިއެވެ. ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ހުށަހަޅާ މަރުކާއާއި ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މޮޅަދޫ ކައުންސިލުން ވަނީ ނިންމާފައެވެ. އެ ކައުންސިލުން ބުނީ ސިއްކަ ފަރުމާކުރުމުގެ ބޭނުމަކީ އެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޚަރަކާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކާއި، ރަސްމީ ލިޔެކ...

އިބްރާހިމް ޚަލީލް
ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދަން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ: ބީއެމްއެލް

ޔާމީންގެ އެއް މިލިއަން ޑޮލަރު ހޯދަން ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ: ބީއެމްއެލް

އެންޓި ކޮރަޕްޝަނާ ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ކުރީގެ ރައީސް އަބްދުالله ޔާމީން ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އަނބުރާ ދެވޭނީ އޭސީސީއަށް ކަމަށާއި އެ ފައިސާ ހޯދަން ބޭންކުގެ ގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުން ހައިކޯޓުގައި މިއަދު ބުނެފި އެވެ. އެސްކްރޯ އެކައުންޓަކަށް 2018 ވަނަ އަހަރު ޔާމީން އެއް މިލިއަން ޑޮލަރު ޖަމާ ކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންދާތީ އޭސީސީއާ އެކު ހެދި […]

ހުސައިން ހަބީބް
ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު ޓީމަކަށް އާޖެންޓީނާ

ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު ޓީމަކަށް އާޖެންޓީނާ

މިއަދު ހެނދުނު ކުޅުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކޮލަމްބިއާ ބަލިކޮށް، މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ޝަރަފް އާޖެންޓީނާއިން ހޯދައިފިއެވެ. މި މުބާރާތާއި ކުރިމަތިލީއިރު ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ލިސްޓްގެ އެއްވަނާގައި ދެ ޓީމް އޮތެވެ. އެއީ އާޖެންޓީނާއާއި އުރުގުއޭއެވެ. މި ކޮންމެ ޓީމަކުން ވަނީ 15 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ނަމަވެސް މި އަހަރުގެ މުބާރާތް ކާމިޔާބުކޮށް 16 ތަށި ހަމަކޮށް އާޖެންޓީނާއިން މިވަނީ […]

އިބްރާހިމް ޚަލީލް
ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އަނިޔާވެއްޖެ

ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އަނިޔާވެއްޖެ

ބަންގްލަދޭޝްގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކަށް އިއްޔެ އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓުގައި ޒަހަމްވީ “ހިދުމަތް” ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު ހުސެއިން ހައިޝަމްއަށެވެ. ހައިޝަމް އެކްސިޑެންޓުވީ ޑާކާއިން ޗިޓަގޮންގް އަށް ކާރުގައި ދަނިކޮށެވެ. އޭނާއަކީ ބަންގްލަދޭޝްގައި މިސްކިތެއްގެ ބިންގާ އެޅުމަށް އެ ގައުމަށް ދިޔަ ބޭފުޅެކެވެ. ހައިޝަމް އެކްސިޑެންޓުވީ އޭނާ ދަތުރު ކުރެއްވި ކާރު ޑާކާއިން ޗިޓަގޮންގް އަށް ދަތުރު ކުރަނިކޮށް ގަހެއްގައި ޖެހިގެންނެވެ. އިއްޔެ މި އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދި ޖެހ...

މުޙައްމަދު
އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރަށް ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުނު

އާލާސްކަންފުޅާ އުޅުއްވާތީ ގަވަރުނަރަށް ކޮމިޓީއަށް ހާޒިރުވެވަޑައިނުގެންނެވުނު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ތާވަލް ކުރި ބައްދަލުވުން ކެންސަލްކޮށްފިއެވެ. އެމްއެމްއޭ އިން މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނީ ގަވަރުނަރު އަލީ ހާޝިމް އަލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، މަޖިލީހުގެ ކޮމިޓީއަށް މިއަދު އޭނާއަށް ހާޒިރުވެވަޑައިނުގެންނެވޭނެ ކަމަށް އެ ސިޓީގައިވެއެވެ. މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ބާއްވަން ހަމަޖެ...

މުޙައްމަދު
ބޮލިފުށި ރިސޯޓްގެ ވެރިޔާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ބޮލިފުށި ރިސޯޓްގެ ވެރިޔާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

އޯޒެން ރިޒާވް ބޮލިފުށި ރިސޯޓްގެ ވެރިޔާ ހުސައިން ޝަރީފް ކުއްލި ގޮތަށް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވި ގޮތުގައި ހުސެއިން ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރު ގައުމީ ހިދުމަތްތެރިއެކެވެ. އަދި އޭނާއަކީ މިސްކިތް ބިނާ ކުރެއްވުމާއި ނިކަމެތީންނަށާއި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ފަދަ ކަންކަމުގައި އިހްސާންތެރި ބޭފުޅެއް ކަމަށް ރައީސް ވިދާ...

މުޙައްމަދު
އެޗްއާރުސީއެމްގެ މެންބަރަކަށް ހަބީބުގެ ނަން

އެޗްއާރުސީއެމްގެ މެންބަރަކަށް ހަބީބުގެ ނަން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އައްޔަނުކުރުމަށް، އޭނާގެ ނަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލީ 6 ޖޫން 2024 ގައެވެ. މި ފުރުސަތުގެ ދަށުން ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައީސް އޮ...

ޔުމްނާ ޢަލީ
ފިނޭ ކައުންސިލް ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ފިނޭ ކައުންސިލް ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގެ ލޯގޯ ފައުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. ފިނޭ ކައުންސިލްގެ ލޯގޯއާއި ޔުނީފޯމް ކިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ޖޫންމަހު ވެސް އެ ކައުންސިލުން ވަނީ އުއުލާންކޮށްފައެވެ. އެ ކައުންސިލުން ބުނީ އަލުން ލޯގޯ ފަރުމާކުރަން ހުޅުވާލީ ފުރަތަމަ ކުރެވުނު އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކަމަށެވެ. މި ފުރުސަތުގެ ދަށުން ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއެއް ހުށަހަޅާ […]

އިބްރާހިމް ޚަލީލް
އަހްމަދު ހަލީމް ހެއްދެވީ ކަނޑައެޅިގެން ދޮގު، އެއީ މީހެއްގެ އަބުރު ކަތިލުން: ނަވާޒް

އަހްމަދު ހަލީމް ހެއްދެވީ ކަނޑައެޅިގެން ދޮގު، އެއީ މީހެއްގެ އަބުރު ކަތިލުން: ނަވާޒް

ކުރީގެ ބިލެތްދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ހަލީމް، ޓީވީ ޕްރޮގްރާމެއްގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި ގުޅުވައިގެން ހެއްދެވީ ކަނޑައެޅިގެން ދޮގުކަމަށް ޖޭޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް، ޖޭޕީގެ ލީޑަރުގެ ސީނިއާ އެޑްވައިޒަރ ޢަބުދުﷲ ނަވާޒް ރޭ ވިދާޅުވެއްޖެއެވެ. ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނާކަން ވެސް ކުރައްވާފައިވާ ނަވާޒު މިހެން ވިދާޅުވީ، ރޭ ވީޓީވީން ގެނެސްދިން ”ފަސްމަންޒަރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ބައެއް ސިޔާސީ ބޭފުޅުން ޖޭޕީގެ...

ޔުމްނާ ޢަލީ
ރޮހިންޖާ މުސްލިމުންގެ ހިމާޔަތުގައި ހުށަހަޅާފައިވާ މައްސަލައަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް ދީފި

ރޮހިންޖާ މުސްލިމުންގެ ހިމާޔަތުގައި ހުށަހަޅާފައިވާ މައްސަލައަށް ވަނުމުގެ ފުރުސަތު ރާއްޖެއަށް ދީފި

މިޔަންމާަގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުން ހިންގާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަށް ވަނުމުގެ ފުރުސަތު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ރާއްޖެއަށް ދީފިއެވެ. ދިވެހި ޚާރިޖިއްޔާއިން ބުނީ، އައިސީޖޭ ގައި ކުރިއަށްދާ “އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)” މައްސަލައަށް ތަދައްޚުލުވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ބަލައިގ...

ޔުމްނާ ޢަލީ
ޓްރަމްޕަށް ދިން ބަޑީގެ ހަމަލާއަށްފަހު އީލޮން މަސްކްގެ ތާއީދު ޓްރަމްޕަށް

ޓްރަމްޕަށް ދިން ބަޑީގެ ހަމަލާއަށްފަހު އީލޮން މަސްކްގެ ތާއީދު ޓްރަމްޕަށް

ޓްރަމްޕަށް ދެވުނު ބަޑީގެ ހަމަލާއާއި ގުޅިގެން މަހުޖަނު އީލޮން މަސްކް ޓްރަމްޕަށް ތާއީދުކުރާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. ޕެންސިލްވޭނިއާގައި ބޭއްވުނު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރެލީއެއްގައި ހިނގި މި ހާދިސާގައި ޓްރަމްޕަށް ދެވުނު ހަމަލާގައި އޭނާވަނީ ޒަޚަމް ވެފައެވެ. މިކަމާ ގުޅިގެން ޓެސްލާގެ ސީއީއޯ އެލޮން މަސްކް ޓްރަމްޕަށް ފުރިހަމައަށް ތާއީދުކުރާކަން އިއުލާންކޮށްފައި ވާއިރު، މީގެ ކުރިންވެސް އޭނާގެ ސޯޝަލް މީޑިއާ އެކްސްގައި ކުރައްވާ ގިނަ ޕޯސްޓްތަކެއްގައި ޓްރަމްޕަށް ތާއީދުއޮތް ކަން ވަނީ ހާމަ...

އަޙްމަދު ދާއޫދު
ޔޫކްރެއިންގެ ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓް ދޫކޮށްލުމަށް އދ އިން ރަޝިޔާއަށް ގޮވާލައިފި

ޔޫކްރެއިންގެ ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓް ދޫކޮށްލުމަށް އދ އިން ރަޝިޔާއަށް ގޮވާލައިފި

ޔޫކްރެއިންގެ ޒަޕޮރީޜިޔާގައި ހުންނަ، ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒު ދޫކޮށްލުމަށް އދގެ ޢާންމު މަޖިލީހުން ރަޝިޔާއަށް ގޮވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އދގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރަށް 99 ޤައުމަކުން ތާއީދުކޮށްފައިވާއިރު، 9 ޤައުމަކުން ވަނީ ދެކޮޅު ހަދާފައެވެ. އަދި 60 ޤައުމަކުން ވަނީ ވަކި ފަރާތަކަށް ވޯޓު ނުދީފައެވެ. ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިނަށް ހަމަލާދިން ފަހުން، ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓް ވަނީ ރަޝިޔާގެ ބާރުގެ ދަށަށް […]

އަޙްމަދު ދާއޫދު