ބައިނަލްއަގުވާމީ ކެންޔާގެ ރައީސް ރޫޓޯގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާތައް ފަށައިފި ކެންޔާގެ ވެރިރަށް ނައިރޯބީ އާއި އެހެނިހެން ބޮޑެތި ސިޓީތަކުގެ މަގުތަކުގައި އަންގާރަ ދުވަހު ފެށުނު މުޒާހަރާތަކުގައި އެތައްސަތޭކަ މީހުން ބައިވެރިވެ، ރައީސް ވިލިއަމް ރޫޓޯގެ އިސްތިއުފާއަށް ގޮވާލައިފިއެވެ. މި މުޒާހަރާތައް ފެށިފައިވަނީ ޖޫން މަހުގެ މެދުތެރެއިން ފެށިގެން ކެންޔާގެ ސިޔާސީ މަޝްރަޙު ގޯސްވަމުން އައުމާ ގުޅިގެންނެވެ. މީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ދަރަނި އަދާކުރުމަށް ކަމަށް ބުނެ ސަރުކާރުން ޓެކްސް އިތުރުކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލެވެ. މުޒާހަރާކުރާ ފަރާތްތައް ރޫޅާލުމަށް ނައިރ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ހާފިޒުންނަށް ދޭ އިނާޔަތް 2 ގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި ކީރިތި ގުރުއާން ހިތުދަސް ހާފިޒުންނަށް ދެމުން އަންނަ އިނާޔަތް ދެ ގުނަ ބޮޑު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެކަން މިރޭ އިއުލާން ކުރައްވައިފިއެވެ. ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށް، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެންމެ ބޮޑު އިސްކަމެއް […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު އޮތް ކަމަށް ލިޔުނީ ބިރުވެރިކަން އުފައްދަން: ކަސްޓަމްސް ރާއްޖެ އަށް ހަތިޔާރު ގެނައުމަށް މީހަކު ނިޔަތް ގަނެފި ނަމަ، ހަތިޔާރު ވެސް ގެނެވޭ ގޮތަށް އެ މަގު ހުޅުވާލެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނި ކަމަށް ދޭހަވާ ގޮތަށް ނޫސްތަކުގައި ހަބަރު ޖަހާފައި ވަނީ މަފްހޫމް އޮޅޭ ގޮތަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކަމަށް ކަސްޓަމުން ބުނެފިއެވެ. ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވީ ކަސްޓަމްސްގެ […] މުޙައްމަދު · 2 އަހަރު ކުރިން
ކުޅިވަރު އެމްބާޕޭ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ. އުމުރުން 25 އަހަރުގެ އެމްބާޕޭ ރެއާލަށް ބަދަލުވެފައި މިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ކުރިން ކުޅުނު ފްރާންސްގެ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައި ވަނީ މިދިޔަ ސީޒަންގެ ނިޔަލަށެވެ. ވުމާއިއެކު އޭނާ ރެއާލަށް ބަދަލުވެފައި މިވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. މިދިޔަ ޖޫންމަހު އެމްބާޕޭ ރެއާލަށް ބަދަލުވުމުގެ ހުރިހާކަމެއް ނިންމި ނަމަވެސް ރެއާ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
މަޖިލިސް ގަވަރުނަރު ހާޝިމް ކޮމިޓީއަށް ވަޑައިގަތުމަށް ފަހު ފުރުސަތެއް! މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވެސް ހާޒިރުވެވަޑައިގެންނެވޭ ގޮތެއް ނުވިއެވެ. އެމްއެމްއޭގެ ގަވަރުނަރު ހާޝިމް ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އޭނާ އެންމެ ފުރަތަމަ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އެންގެވީ މިދިޔަ ހަފްތާގައެވެ. އެކަމަކު، އެ ބައްދަލުވުން ކުއްލި ގޮތަކަށް ފަސް ކުރީ، ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެޖެނ... މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި މެންޑޭޓުގައި ނުހިމެނޭ ދެ ޕްރޮޖެކްޓު ބާތިލް ކުރަން ފެނަކައިން ނިންމައިފި ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ އަދި ކުންފުންޏަށް ގެއްލުންވާގޮތަށް ހަވާލުކޮށްފައިވާ ދެ ޕްރޮޖެކްޓެއް ބާތިލްކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ޕީއެންސީގެ ޖަލްސާއެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ހަވާލުކުރި ބައެއް މަސައްކަތްތައް ރެކޯޑް ނުކުރެވިހުރި ކަމަށެވެ. އަދި އެ ފައިސާ ނުދީގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ފެނަކައިން ހިންގި ޚިޔާނަތްތަކުގެ ތަފްޞީލު ރައްޔިތުންނަށް ފެންނަން އެބައޮތް ކަމަށެވެ. ނިމިދިޔަ ސަރު... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ވިޔަފާރި މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެއެވެ. މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ، އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ކަނޑުމަސް ލިބުން ދަތިވެފައި ވަނީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. “މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގޮއިދޫގައި ބޭއްވި ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ނިންމާލައިފި ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ސޮފްޓް ޓޯއީސް ހަދަން ދަސްކޮށްދޭ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ އެޓްމޮސްފިޔަރ ފައުންޑޭޝަންއާއި ގޮއިދޫ ކައުންސިލް ގުޅިގެން މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގެ ނިންމުމުގެ ހަފްލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، މި ހަފްލާގައި އެޓްމޮސްފިޔަރ ފައުންޑޭޝަންގެ ނާއިބް ރައީސް ޢަބްދުލް އަޒީޒު ވަނީ ބައިވެރިވެލައްވާފައެވެ. މި ކޯސް ފުރިހަމަކޮށް ގޮއިދޫގެ 14 ކަނބަލަކު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިނބީ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން އައު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 51 އިންސައްތަ މިހާތަނަށް ވަނީ ފުރިހަމަކޮށް... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޝަކީރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި ސްވިޒަލެންޑްގެ ކުޅަދާނަ އެޓޭކިން މިޑްފީލްޑަރ ޒެރްޑަން ޝަކީރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. ޖަރުމަނުގެ ބަޔާން މިއުނިކަށާއި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ވެސް ކުޅުނު އުމުރުން 32 އަހަރުގެ ޝަކީރީ އޭނާ ގައުމީ ޓީމުން ރިޓަޔަރ ކުރަން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އިންސްޓްގްރާމްގައި ކުރި ޕޯސްޓްއް މެދުވެރިކޮށެވެ. ކްލަބް ފުޓްބޯޅައިގައި ވެސް މޮޅަށްކުޅޭ ޝަކީރީ އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ގައުމީ ޓީމުގައި ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. 2010 ވަނަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ 20 އިމާމުން ތަމްރީނަށް ބުރޫނާއީ އަށް މިރޭ ފުރަނީ ތަމްރީނެއްގައި ބައިވެރިވުމަށް 20 އިމާމުން މިރޭ ބުރޫނާއީ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބުރޫނާއީ ދާރުއްސަލާމަށް 20 އިމާމުން ފުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އިސްލާމިކް މިނިސްޓަރު ވަނީ މި އިމާމުންނާ މިއަދު ބައްދަލު ކުރައްވައިފައެވެ. މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ ތިން ވަނަ ފަހަރެވެ. މިގޮތުން މިއަހަރު 60 އިމާމުންވަނީ […] މުޙައްމަދު · 2 އަހަރު ކުރިން
މަޖިލިސް އެމެރިކާ އާއި ޗައިނާއިން ކަސްޓަމްސްއަށް ޑްރޯން ދެނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އެމެރިކާ އާއި ޗައިނާއިން ޑްރޯން ހަދިޔާކުރަން ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ އެމެރިކާ އާއި ޗައިނާ ސަރުކާރުގެ ފަރާތުން ޑްރޯން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. ރާއްޖޭގެ ބޯޑަރަށް ވަންނަ އުޅަނދުފަހަރު މޮނިޓާ ކުރުމަށް އެމްއެންޑީއެފް އާއި އެއިދާރާއާއި ގުޅިގެން އެ ޑްރޯންތައް ބޭނުން ކުރާނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވިޔަފާރިވެރިންގެ މިސްކިތުން ފެންކޭސްތަކެއް ވަގަށް ނަގައިފި މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފިއެވެ. ފުލުހުން ބުނިގޮތުގައި، މާލޭގެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށްނެގި މައްސަލައެއް އެ އިދާރާ އަށް ވަނީ ހުށަހެޅިފައެވެ. އިއްޔެ ރިޕޯޓުކުރި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރުނުކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވިޔަފާރިވެރިންގެ މިސްކިތް ހިމެނޭހެން މާލޭގެ މިސްކިތްތަކުން ވައްކަންކުރުން ވަނީ އާންމުވެފައެވެ. މިގޮތުން ވިޔަފާރިވެރިންގެ މިސްކިތުން ވެސް އެހެން ބައެއް މިސްކިތްތަކުން ވެސް ފައިވާން ވ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޒަކާތު ފަންޑުން ޖޫން މަހު 107 މީހަކަށް ބޭސްފަރުވާގެ އެހީ ޒަކާތު ފަންޑުން ޖޫންމަހު 107 މީހަކަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ދީފިއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ޖޫން 2024ގެ ތަފާސް ހިސާބު ރިޕޯޓު އިއްޔެ އާންމުކޮށްފައިވާއިރު، ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޒަކާތު ފަންޑުން ޖޫން މަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި، 107 މީހަކަށް ޖުމްލަ 870957 ރުފިޔާގެ އެހީ ވަނީ ދީފައެވެ. މި އެހީ ދީފައިވާ ފަރުވާގެ ތެރޭގައި ތަފާތު ބޮޑެތި ހަތަރު ބައްޔަކަށް ފަރުވާ […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސްކުއެއަރސްޕޭސްގައި ރަޖިސްޓްރީކޮށްފައިވާ ކްރިޕްޓޯ ވެބްސައިޓްތަކަކަށް ހެކަރުން ހަމަލާދީފި ސްކުއެއަރސްޕޭސް ވެބް ހޯސްޓިންގ ޕްރޮވައިޑަރގައި ރަޖިސްޓްރީކޮށްފައިވާ ގިނަ އަދަދެއްގެ ކްރިޕްޓޯކަރަންސީ ޕްރޮޖެކްޓްތަކަކަށް ހެކަރުން އަމާޒުކޮށް، ޑީއެންއެސް ހައިޖެކިންގ ހަމަލާއެއް ދީފިއެވެ. މި ހަމަލާގެ މަޤްޞަދަކީ އެ ޕްރޮޖެކްޓްތަކުގެ ބޭނުންކުރާ ފަރާތްތަކުގެ ފައިސާ ވަގަށް ނެގުމެވެ. ޑީއެންއެސް ހައިޖެކިންގ ނުވަތަ ޑީއެންއެސް ރީޑައިރެކްޝަންއަކީ އިންޓަނެޓް ޓްރެފިކް އޮޅުވާލުމަށް ޑޮމެއިން ނޭމް ސިސްޓަމް (ޑީއެންއެސް) އަށް ބަދަލު ގެނައުމަށް ހެކަރުން ކުރާ ސައިބަރ ހަމަލާއެކެވެ. މިކަން ކުރެވެނީ ޝިކާރައަކަށްވާ ފަރާތ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން