ބައިނަލްއަގުވާމީ ކޮލިޓީގެ މައްސަލަތަކަކާ ގުޅިގެން ސެމްސަންގް ގެލެކްސީ ބަޑްސް 3 ޕްރޯ ނެރުން ލަސްކޮށްފި ކޮލިޓީގެ މައްސަލަތަކަކާ ގުޅިގެން ސެމްސަންގް ގެލެކްސީ ބަޑްސް 3 ޕްރޯ ނެރުން ލަސްކޮށްފިއެވެ. ސެމްސަންގުން އިއުލާނުކުރި ގޮތުގައި، ކުންފުނީގެ އެންމެ އައު ވަޔަރލެސް އިޔަރބަޑް ކަމަށްވާ ގެލެކްސީ ބަޑްސް 3 ޕްރޯގެ ނެރުން ލަސްކޮށްފައިވާ މައިގަނޑު މައްސަލައަކަށް ވެފައިވަނީ އިޔަރބަޑްގެ އިޔަރ ޓިޕްސްއެވެ. މި ޓިޕްސް އިޔަރބަޑުން ނައްޓާލުމުން ފަސޭހައިން ވީދިގެން ދާކަމަށް ރިޕޯޓުކުރެވިފައިވެއެވެ. ސެމްސަންގުން ފުރަތަމަ މި މައްސަލަ ހައްލުކުރުމަށް އިރުޝާދުތަކެއް ދިނުމަށްފަހު، ފަހުން ނިންމީ އުފެއްދުން ނެރުން ލަސްކުރުމަށ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން އަންގައިފި ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލަށް ނުނެރެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަންގައިފިއެވެ. މިކަނަ އަންގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހޯމަ ދުވަހު އެ މިނިސްޓްރީން ފޮނުވި އިންޓާނަލް މެމޯގައި ބުނެފައިވަނީ ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ. ދާއިރާގައި ތިއްބެވި ހިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ބެންކޮކްގެ ހޮޓަލެއްގައި 6 މީހުން މަރުވެފައި އޮއްވާ ފެނިއްޖެ ބެންކޮކްގެ މަރުކަޒީ ސަރަޙައްދުގައި ހުންނަ މަޝްހޫރު ގްރޭންޑް ހަޔަޓް ހޮޓަލުގެ ކޮޓަރިއެއްގައި 6 މީހުން މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި، މަރުވެފައިވާ މީހުން ފެނުނީ ޗެކްއައުޓް ގަޑި ހަމަވިތާ 24 ގަޑިއިރު ފަހުން، ހޮޓަލުގެ މުވައްޒަފަކު ފަސްވަނަ ފަންގިފިލާގައި ހުރި ކޮޓަރި ބަލައި ފާސްކުރުމަށް ވަދެގެންނެވެ. ފުލުހުން ބުނާ ގޮތުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކުގައި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެހެންކަމުން، އަމިއްލައަށް އ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޚާން ޔޫނިސްގައި ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި 57 މީހުން ޝަހީދުވެއްޖެ ޚާން ޔޫނިސްގެ އިރުމަތީ ހިސާބުތަކަށް ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކުގައި މަދުވެގެން 57 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ އޮފިޝަލުން ހާމަކޮށްފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސަރަހައްދަކީ ކުރިން އިޒްރޭލުން ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޒޯނެއް ކަމުގައިވީ ނަމަވެސް، ބަރު ހަތިޔާރާއެކު އެ ސަރަހައްދަށް އަރާ ޔަހޫދީ ސިފައިން ފަލަސްތީނު މީހުންނަށް ވަނީ ހަމަލާދީފައެވެ. ސިއްޙީ އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް 172 މީހުން ޒަޚަމްވެފައިވެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ވިޔަފާރި އެމްޕީއެލްގެ ބޮންޑަށް އިންވެސްޓްކުރި މީހުންނަށް 3.5 މިލިއަން ރުފިޔާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ބޮންޑަށް އިންވެސްޓުކުރި މީހުންނަށް ފުރަތަމަ ކޫޕަން ޕޭމަންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ. މިއީ އެމްޕީއެލް އިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑެވެ. މި ބޮންޑުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޭޕަރިލް މަހުގެ 11 ވަނަ ދުވަހުއެވެ. މި ބޮންޑަށް ގިނަ ފަރާތްތަކުން އިންވެސްޓު ކުރި ކަމަށް އެމްޕީއެލުން ބުންޏެވެ. އެމްޕީއެލުން ބުނީ ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓް ކުރި ފަރާތްތަކަށް ޖަމާކޮށްދީފައިވަނ... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ގަވަރުނަރުކަމުގެ މަގާމަށް މުނައްވަރު ޢައްޔަނުކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. ގަވަރުނަރު ޢަލީ ހާޝިމް އެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ނަމާދު ގަޑީގައި މަޖިލިހުގެ ތަޅުމުގައި ބަންގި ގޮވޭ ގޮތަށް ހަދައިފި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ، އެކަން އަންގައި ދިނުމުގެ ގޮތުން ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް މެންދުރު ނަމާދުގެ ވަގުތު ޖެހުމާ އެކުގައި މަޖިލިހުގެ ތަޅުމުން ބަންގީގެ އަޑު އިވިފައިވެއެވެ. އެއީ އިސްލާމް ދީނަށް މީހުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލީ ރަމީޒުގެ ބަންގީގެ އަޑެވެ. އޭރު މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެންދެވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކޮށްފި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމުން އަލީ ހާޝިމް މިއަދު ވަކިކޮށްފިއެވެ. ރައީސް އޮފީހުން ބުނީ، ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން މަޖިލީހުން މަޝްވަރާދެއްވާފައިވާތީ، އެ މަޤާމުން އަލީ ހާޝިމް މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ. އަލީ ހާޝިމް ގަވަރުކަމުގެ މަގާމުން ވަކިކުރަން ރައީސް އަށް ލަފާއަރުވަން މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު އެވެ. އެގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި 63 މެންބަރުންގ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ގައުމު އިނދަ ޖައްސާލައި، ދަރުވާލީ ކުރީގެ ސަރުކާރުން: ގާސިމް ރައްޔިތުން ނިކަމެތި ހާލުގައި “ގަރުދިޔަ އާއި ބަތް ކާން ޖެހޭ” ހާލަތަށް ގެންދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ. ގާސިމް އެގޮތަށް ވިދާޅުވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މަޖިލިހުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ޣަފޫރު ވިދާޅުވީ އިގްތިސާދަށް އަންނަ ބަދަލުތަކަކީ ކުރީގެ ސަރުކާރުތަކުން ޒިންމާވާން... މުޙައްމަދު · 2 އަހަރު ކުރިން
މަޖިލިސް އިގްތިސާދު ފޫ ނުބެއްދިގެން އުޅެނީ ހަރަދު ބޮޑުވީމަ: ޣަފޫރު ރާއްޖޭގެ އިގްތިސާދު ފޫ ނުބެއްދިގެން އުޅެނީ ރިކަރަންޓު ހަރަދު އެއް ބިލިއަން ރުފިޔާ އަށް އަރައި ހަރަދު ބޮޑުވީމަ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ޖަލްސާގައި ގަފޫރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުވިއިރު، ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅަށް ކަމަށާއި ދުވަހަކު ވެސް ފަތުރުވެރިކަމުން އާމްދަނީ ނުވަންނަ ވަރަށް ފައިސާ ވަންނަމުން ދިޔަ ކަމަށެވެ. ގަފޫރު ވިދާޅުވީ ރައީސް ސޯލިހްގ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ކަސްޓަމްސްގެ ވެރިޔަކަށް ދިޔާނާ، މާނިޢު ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ފާޠިމަތު ދިޔާނާ (ޅ. ހިންނަވަރު ސަންދުރަ) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ދިޔާނާ އަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. ދިޔާނާ މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ދިޔާނާ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައެވެ. 18 ފެބްރުއަރީ 2024 ގައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިނގިލީގެ ނިޝާން ނަގާ ޑިވައިސް ކައުންސިލްތަކާއި ހަވާލުކޮށްފި ”ނާރެސް” ޕޯޓަލް މެދުވެރިކޮށް ލޯކަލް ކައުންސިލްތަކުން އައިޑީކާޑުގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި ބޭނުން ކުރުމަށް އިނގިލީގެ ނިޝާން ނަގާ ޑިވައިސް ކައުންސިލްތަކާ ހަވާލު ކޮށްފި އެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. ނާރެސް ޕޯޓަލްއާއެކު ކޮންމެ ކައުންސިލަކަށް އިނގިލީގެ ނިޝާން ނަގާ ފިންގާ ޕްރިންޓް ޑިވައިސް ހަވާލުކުރުމަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ގަވަރުނަރު ވަކިކުރުމަށް ރައީސަށް ލަފާއަރުވަން ފާސްކޮށްފި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް ލަފާއަރުވަން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. މާލިއްޔަތު ކޮމިޓީން ވަނީ އިޤްތިޞާދީ ކާރިސާއިން ޤައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައި ނުވާކަމަށް ބުނެ، ގަވަރުނަރުގެ މަޤާމުން ޢަލީ ޙާޝިމް ވަކިކުރެއްވުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފައެވެ. އެއަށްފަހު ގަވަރުނަރު ވަކިކުރުމާގުޅޭ ލަފާއެރުވުމަށް މަޖިލީހުގެ މާލިއްޔަތު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ 18 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް 18 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިކަން ހިނގާފައި ވަނީ ގދ. ގައްދޫ ގައެވެ. މި މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު، މި މައްސަލައާއިގުޅޭ އިތުރު ތަފްސީލެއް އަދި ނުދެއެވެ. މިދިޔަ ޖޫން މަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި އޮންލައިންކޮށް ވިއްކަމުންދާ މާމުއިގެ ބާވަތެއް މަނާކޮށްފި ރާއްޖޭގައި އޮންލައިންކޮށް ވިއްކަމުންދާ މާމުއިގެ ބާވަތެއް އެތެރެކޮށް، ވިއްކައި ބޭނުންކުރުން މިއަދު މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ ރާއްޖޭގެ މީސް މީޑިއާ ޕްލެޓް ފޯމްގައި އާއި އޮންލައިން ޕްލެޓް ފޯމްގައި ވިއްކަމުންދާ މާމުއިގެ ބާވަތެއްގައި ބޭހުގެ މާއްދާއެއް އެކުލެވިފައިވާކަން އެ އޮތޯރޮޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މާމުއި ބާވަތަކީ BLACK HORSE އަދި ETUMA ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.... ޔުމްނާ ޢަލީ · 2 އަހަރު ކުރިން