މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ފްލެޓްތަކާއި ގުޅިގެން ޢަމަލުކުރާނީ މިނިސްޓްރީން އަންގާ ގޮތަކަށް: އެފްޑީސީ

ފްލެޓްތަކާއި ގުޅިގެން ޢަމަލުކުރާނީ މިނިސްޓްރީން އަންގާ ގޮތަކަށް: އެފްޑީސީ

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅަމުން އަންނަ 4000 ފްލެޓް ދޫކުރުމުގެ އެންމެހާ ކަމެއްގައި ޢަމަލުކުރަމުން ގެންދާނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އަންގާ ގޮތެއްގެ މަތިންކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ބުނެފިއެވެ. އެ ކުންފުނިން މިއަދު އާންމުކުރި ނޫސްބަޔެއްގައި ބުނެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން ތަރައްގީކުރަމުން އަންނަ 4000 ހައުސިންޔުނިޓްތަކާއި ހަވާލުވުމަށާއި، އެތަންތަނުގެ އެއްބަސްވުމާއިގުޅޭ ގޮތުން ގިނަ ބަޔަކު އަ...

ޔުމްނާ ޢަލީ
އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން 157 އިމާމުންނަށް ސެޓްފިކެޓު ދީފި

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން 157 އިމާމުންނަށް ސެޓްފިކެޓު ދީފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހިންގަމުންދާ އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން އިތުރު 157 އިމާމުންނަށް ސެޓްފިކެޓު ދީފިއެވެ. މި ސެޓްފިކެޓު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނީ އޮންލައިންކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައެވެ. މި ފަހަރު ސެޓްފިކެޓު ދެވުނީ މި ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވި ވ. އަދި މ. އަތޮޅުގެ އިމާމުންނަށެވެ. މިހާތަނަށް މި ޕްރޮގްރާމުގައި ބައިވެރިވެ ސެޓްފިކެޓު ޙާޞިލްކޮށްފައިވަނީ ޖުމްލަ 157 އިމާމުންނެވެ. އިމާމުން ތަމްރީނުކުރުން ނުވަތަ ތާޒާކުރުމުގެ ޤައުމީ...

އަލީ އާދިލް
އުތުރުގައި ބަންކަރިން ޚިދުމަތްފެށުން ސެޕްޓެމްބަރު 12 ގައި

އުތުރުގައި ބަންކަރިން ޚިދުމަތްފެށުން ސެޕްޓެމްބަރު 12 ގައި

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް އަންނަ ސެޕްޓެމްބަރު 12 ގައި ތައްޔާރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ހާމަކުރުމަށް ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދިއްޕ...

ޔުމްނާ ޢަލީ
ރައީސް ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާއެއް މިރޭ

ރައީސް ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ޖަލްސާއެއް މިރޭ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދީފިއެވެ. ޕީއެންސީ އިން ސޯޝަލް މީޑިއާގައި ޙިއްޞާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ޕާޓީގެ ރަސްމީ ޖަގަހަ ކަމުގައިވާ ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތި)ގައި މިރޭ 20:00 ގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ […]

އަލީ އާދިލް
ޑިވެލޮޕްމަންޓް ބޭންކްގެ އިސް ދެވެރިން ރައީސް އާއި ބައްދަލުކުރައްވައިފި

ޑިވެލޮޕްމަންޓް ބޭންކްގެ އިސް ދެވެރިން ރައީސް އާއި ބައްދަލުކުރައްވައިފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަން އަރޫނީ ގޫނަތިލަކަ އަދި ސީ.އީ.އޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ވެރިން ވަނީ މާލީ ދާއިރާގައި އެބޭފުޅުންގެ ހުރި ތަޖުރިބާގެ ބޭނުންކޮށްގެން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ސިންދަފާތު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސް އާއި މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވަނީ ބު...

ޔުމްނާ ޢަލީ
އޮޑިޓަރ ޖެނެރަލް އުތުރު ސަރަޙައްދީ އޮފީހަށް ޒިޔާރަތްކުރައްވާ، ބައެއް އިދާރާތަކާއި ބައްދަލުކުރައްވައިފި

އޮޑިޓަރ ޖެނެރަލް އުތުރު ސަރަޙައްދީ އޮފީހަށް ޒިޔާރަތްކުރައްވާ، ބައެއް އިދާރާތަކާއި ބައްދަލުކުރައްވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އުތުރު ސަރަޙައްދީ އޮފީހަށް، އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވަނީ ރަސްމީ ދަތުރެއް ކުރައްވާ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ހާމަކުރި ގޮތުގައި، މިދަތުރު ކުރެއްވީ މިމަހުގެ 20 ވަނަ ދުވަހުން 23 ގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި އޮޑިޓަރ ޖެނެރަލް ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އަދި ފެނަކަ ކުޅުދުއްފުށީގެ އިސްވެރިންނާއި މެނޭޖް...

އަލީ އާދިލް
ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި އަންހެނަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނެއް ކޮށްފިއެވެ. މި އިޢުލާނުގައި ހާމަކޮށްފައިވާ ގޮތުގައި، ތަޙްޤީޤަށް ހާޒިރުކުރަން ބޭނުންވަނީ ގދ. ގައްދޫ، ދިލާވަރުގޭ، ޝަފުރާ ޢަބްދުﷲ އާދަމް (25 އަހަރު) އެވެ. ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ތަޙްޤީޤަކާ ގުޅިގެން، ޝަފުރާއަށް ހާޒިރުވުމަށް އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. މި ބައްދަލުވުން އޮންނާނީ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ ގައްދޫ ޕޮލިސް ސްޓޭޝަނުގައި ކ...

އަލީ އާދިލް
ނުސާފުތާހިރު ބަދިގެއަކަށް ނޯޓިސް ދީ، ގަވާއިދާ ޚިލާފަށް އުޅޭ 15 ބިދޭސީން ހިފަހައްޓައިފި

ނުސާފުތާހިރު ބަދިގެއަކަށް ނޯޓިސް ދީ، ގަވާއިދާ ޚިލާފަށް އުޅޭ 15 ބިދޭސީން ހިފަހައްޓައިފި

މާލޭގައި ނުސާފުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ އިތުރު ތަނެއް ރެއިޑްކޮށް، އެތަނުން 15 ބިދޭސީއަކު މިއަދު ހިފަހައްޓައިފިއެވެ. އިމިގްރޭޝަނުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ސާފުތާހިރުކަމެއް ނެތި، ގަވާއިދާ ޚިލާފަށް ބިދޭސީންތަކެއް ރާއްޖޭގައި ހިންގަމުންދާ ވިޔަފާރިއަކާ ގުޅޭ މަޢުލޫމާތު ޓާސްކް ފޯސްއަށް ލިބުމާ ގުޅިގެން ހ. ބިއަންކާގެ ބަލައި ފާސްކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި އެ ގޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަ...

އިބްރާހިމް އަސްވާޤް
އަލް އަގްސާ ހޮސްޕިޓަލުން ވަގުތުން މީހުން ހުސްކުރުމަށް އިސްރާއީލުން އަމުރުކޮށްފި

އަލް އަގްސާ ހޮސްޕިޓަލުން ވަގުތުން މީހުން ހުސްކުރުމަށް އިސްރާއީލުން އަމުރުކޮށްފި

ޣައްޒާގެ މެދުތެރޭ ޑައިރް އަލް ބާލާގައި ހިދުމަތްދެމުން އަންނަ ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ އަލް އަގްސާ ހޮސްޕިޓަލުން ވަގުތުން މީހުން ހުސްކުރުމަށް އިސްރާއީލުން އަމުރުކޮށްފި އެވެ. މީގެއިތުރުން ހޮސްޕިޓަލް ކައިރީގައިވާ ވަގުތީ ހިޔާތަކާއި ވަށައިގެންވާ ސަރަހައްދު ދޫކޮށް ދިއުމަށް ވެސް ވަނީ އަމުރު ނެރެފައެވެ. “މެޕްގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ ތެރޭގައި ބްލޮކް 128 ގައި ހުންނަ ޑެއިރް އަލްބާލާ އަވަށްގައި ތިބި ހުރިހާ ރައްޔިތުންނާއި ގެދޮރު ގެއްލިފައިވާ މީހުންތިބި ތަންތަން ހިމެނޭނެ. މިސަރަހައްދުގައި އައިޑ...

މުޞްޠަފާ މުޙައްމަދު
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ދިވެހި ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ. މި ބަނގުރަލަކީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާއެވެ. ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ ފުލުހުންނަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރ...

އަލީ އާދިލް
ލާމަރުކަޒީ ނިޒާމަށް ގެންނަންފެންނަ ބަދަލުތައް ދެނެގަތުމުގެ ދިރާސާ އާންމުކޮށްފި

ލާމަރުކަޒީ ނިޒާމަށް ގެންނަންފެންނަ ބަދަލުތައް ދެނެގަތުމުގެ ދިރާސާ އާންމުކޮށްފި

ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް ގެންނަންފެންނަ ބަދަލުތައް ދެނެގަތުމަށް ހެދި ފުރަތަމަ ދިރާސާ މިއަދު އާންމުކޮށްފިއެވެ. މި ދިރާސާ ހަދާފައި ވަނީ ޤައުމީ ޔުނިވާސިޓ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިންނެވެ. ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތަކަކީ ކޮބައިކަން ދެނެގަތުމަށް ޓަކައި އެމްއެންޔޫއިން ހެދި މި ދިރާސާ މިއަދު އާންމުކޮށްފައި ވަނީ، އެ ދިރާސާ ހެދި ޓީމްގައި ހިމެނިވަޑައިގެންނަވައި 8 ބޭފުޅުންގެ ޕްރެޒެންޓޭޝަނާ އެކުގައެވެ. މި ދިރާސާ ހަދާފައި ވަނީ އެމްއެންޔޫގެ ފަރާތުން ރާއްޖޭގެ ކަ...

ޙުސައިން ޝަހުދީ
ޖައްވުގައި ތާށިވި ދެ އެސްޓްރޮނޯޓުން ބިމަށް ގެނައުމަށް ނާސާއިން ނިންމައިފި

ޖައްވުގައި ތާށިވި ދެ އެސްޓްރޮނޯޓުން ބިމަށް ގެނައުމަށް ނާސާއިން ނިންމައިފި

ޖައްވުގައި ތާށިވި އެމެރިކާގެ ދެ އެސްޓްރޮނޯޓުން ބިމަށް ގެނައުމަށް ނާސާއިން ނިންމައިފިއެވެ. ނާސާއިން ވަނީ 80 ދުވަސް ވަންދެން ސްޕޭސްގައި ހާލުގައި ޖެހިފައިވާ ސުނީޓާ “ސޫނީ” ވިލިއަމްސް އަދި ބެރީ “ބުޗް” ވިލްމޯރް އަނބުރާ ގެނައުމަށް ނިންމައިފައެވެ. ސީއެންއެންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ނާސާއިން މަޝްވަރާކުރުމަށް މި މައްސަލައާއި ގުޅޭގޮތުން އޯގަސްޓް 24 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައިވެއެވެ. ލިބެންހުރި އުޅަނދުތަކުގެ ރައްކާތެރިކަން ވަޒަންކުރުމަށްފަހު، ސްޕޭސްއެކްސްގެ ކްރޫ ޑްރެގަން ކެޕްސިއުލް ބޭނުން...

އަޙްމަދު ދާއޫދު
މަޑުއޭކޭ ހެޓްރިކް، ޗެލްސީއަށް ބޮޑު މޮޅެއް

މަޑުއޭކޭ ހެޓްރިކް، ޗެލްސީއަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގަ ރޭ ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު، ބޮޑު ތަފާތަކުން ޗެލްސީ މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ލީގުގައި ޗެލްސީ ހޯދި ފުރަތަމަ މޮޅެވެ. ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ބަލިވީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުންނެވެ. ރޭ މެޗުގެ ފުރަތަމަ ލަނޑުޖަހައި ޗެލްސީއަށް ލީޑު ހޯދައިދިނީ ނިކްލަސް ޖެކްޝަނެވެ. މެޗުގެ 27 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ބަންގްލަދޭޝްގައި ފެންބޮޑުވެ 3 ލައްކަ މީހުންގެ ގެދޮރު ގެއްލިއްޖެ

ބަންގްލަދޭޝްގައި ފެންބޮޑުވެ 3 ލައްކަ މީހުންގެ ގެދޮރު ގެއްލިއްޖެ

ބަންގްލަދޭޝްގައި ކުރިމަތިވެފައިވާ ބޮޑު ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން 3 ލައްކަ މީހުންގެ އާބާދީއެއްގެ ގެދޮރު ގެއްލި ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރަން ޖެހިއްޖެއެވެ. މި ފެންބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ ބައެއް ސަރަހައްދުތަކަށްވެސް އަސަރުކޮށް، މިހާތަނަށް 42 މީހުން މަރުވެފައިވާކަމަށް ވަނީ އިއުލާނުކޮށްފައެވެ. 170 މިލިއަން އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ގިނަ ސަރަހައްދުތަކަކީ ތިރި ބިންތަކަކަށްވުމާއެކު، ކޮންމެ އަހަރަކުވެސް މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ މައްސަލަ...

އަޙްމަދު ދާއޫދު
އެންޑްރިކްގެ ފުރަތަމަ ގޯލާއިއެކު ރެއާލަށް ފަސޭހަ މޮޅެއް

އެންޑްރިކްގެ ފުރަތަމަ ގޯލާއިއެކު ރެއާލަށް ފަސޭހަ މޮޅެއް

މި ސީޒަންގައި ރެއާލް މެޑްރިޑަށް ބަދަލުވި ބްރެޒިލްގެ ޒުވާން ފޯވާޑް، އެންޑްރިކް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި، ޖެހި ފުރަތަމަ ގޯލާއިއެކު ރެއާލް ވަލަޑޮލިޑް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބުކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ ރެއާލުން ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި ރެއާލުން ވަނީ ރެއާލް މަޔޯކާއާއި ބައްދަލުކޮށް އެއްވަރުވެފައެވެ. މިވަގުތު ދެ މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު […]

އިބްރާހިމް ޚަލީލް