މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިސްރާއީލާއި ހިޒުބުﷲ އާއި ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި

އިސްރާއީލާއި ހިޒުބުﷲ އާއި ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި

އިޒްރޭލާއި ލުބުނާންގެ ޙިޒުބުﷲ އާއި ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. އާދީއްތަ ދުވަހު ހެނދުނު އިޒްރާއީލުން ލުބުނާންގެ ދެކުނު ސަރަހައްދަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން މި ހަނގުރާމައިގެ އަމަލުތައް އިތުރަށް ފުޅާވެގެން ދިޔައެވެ. އިޒްރާއީލުގެ ޑިފެންސް ފޯސަސްއިން ބުނާ ގޮތުގައި، މި ހަމަލާތަކުގެ މަޤްސަދަކީ ހިޒްބުﷲއިން ރޭވި ބޮޑު ރޮކެޓް އަދި ޑްރޯން ހަމަލާއެއް ހުއްޓުވުމެވެ. ހިޒްބުﷲގެ އެތައް ހާސް ރޮކެޓް ލޯންޗަރެއް ނައްތާލެވުނު ކަމަށް އިޒްރާއީލުން ބުނެއެވެ. ނަމަވެސް ހިޒްބުﷲއިން ބުނާ ގޮތުގަ...

އަޙްމަދު ދާއޫދު
ޓެލެގްރާމްގެ ބާނީ ޑޫރޯވް ފްރާންސްގެ ފުލުހުން ހައްޔަރުކޮށްފި

ޓެލެގްރާމްގެ ބާނީ ޑޫރޯވް ފްރާންސްގެ ފުލުހުން ހައްޔަރުކޮށްފި

މެސެޖިން އެޕް ޓެލެގްރާމްގެ ރަޝިޔާގެ ބާނީ ޕަވެލް ޑޫރޯވް މިއަދު ފްރާންސްގެ ފުލުހުން ހައްޔަރުކޮށްފި އެވެ. ޑޫރޯވް ހައްޔަރުކުރެވުނީ އަމިއްލަ ޖެޓެއްގައި ޕެރިހަށް ވަޑައިގަތުމަށާއިއެކު އެވެ. ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިބްތިދާއީ ތަހުގީގެއްގެ ތެރެއިން ޑޫރޯވް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ. އޮފިޝަލުން ބުނާ ގޮތުގައި ޓެލެގްރާމްގެ އެކަށީގެންވާ މޮޑެރޭޝަނާއި އެންކްރިޕްޝަން ޓޫލްސް އާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ އެއްބާރުލުން ނުދިނުމުން މަސްތުވާތަކެތީގެ ވިޔަފާ...

މުޞްޠަފާ މުޙައްމަދު
އޮފީހަކުން ވައްކަންކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

އޮފީހަކުން ވައްކަންކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ މ. ކަނީރުވިލާގައި ހުންނަ ރިއޯލޯ އޮފީހުން ވައްކަންކޮށްފައިވާ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އޯގަސްޓް 22 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން، ވަގަށް ނެގި ތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައި އަދި ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ރިއޯލޯ އޮފީހުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 2 […]

އަލީ އާދިލް
ވަގަށް ނަގާފައިވާ ރިހާކުރު ޓައްޕުތަކެއް ފުލުހުން ހޯދައިފި، އަގު 50,000 ރުފިޔާއަށް އަރާ

ވަގަށް ނަގާފައިވާ ރިހާކުރު ޓައްޕުތަކެއް ފުލުހުން ހޯދައިފި، އަގު 50,000 ރުފިޔާއަށް އަރާ

މާލޭ ނޯތު ހާބަރުގައި އޮތް އުޅަނދަކުން ވަގަށް ނަގާފައިވާ ރިހާކުރު ޓައްޕުތަކެއް ފުލުހުން ހޯދައިފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، އޯގަސްޓް 23 ވަނަ ދުވަހު ނޯތު ހާބަރުގައި އޮތް އުޅަނދަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރެވުނެވެ. މި މައްސަލަ ރިޕޯޓުކުރެވުމާ ގުޅިގެން ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖް ބަލައި ތަޙުޤީޤުކޮށްފައެވެ. ފުލުހުންގެ މަސައްކަތުން ވަގަށްނެގި ރިހާކުރު ފޮށިތައް ފެނިފައިވަނީ މީހެއްގެ ގެއެއްގެ ތެރެއިން، ވިއްކާލުމަށް ފޮރުވާފައި ހ...

އިބްރާހިމް އަސްވާޤް
ކޭއާރުއެޗް މުވައްޒަފުންނަށް "ވީކްއެންޑް ވިތު އެމްއެންޑީއެފް - ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ބާއްވައިފި

ކޭއާރުއެޗް މުވައްޒަފުންނަށް "ވީކްއެންޑް ވިތު އެމްއެންޑީއެފް - ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ބާއްވައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އިސްނެގުމުގެ ދަށުން، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން “ވީކްއެންޑް ވިތު އެމްއެންޑީއެފް – ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް” ބާއްވައިފި އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ޅ. މާފިލާފުށީގައި މި މަހުގެ 22 އިން 24 އަށެވެ. މި ޕްރޮގްރާމުގައި ހޮސްޕިޓަލުގެ 28 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމަކީ ވާދަވެރި މިލިޓަރީ އުސްލޫބެއްގެ...

އަލީ އާދިލް
ޑޮލަރުން އާމްދަނީ ލިބޭނަމަ ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކާގޮތަށް ހަމަޖައްސަނީ

ޑޮލަރުން އާމްދަނީ ލިބޭނަމަ ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކާގޮތަށް ހަމަޖައްސަނީ

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކާގޮތަށް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ޙައްލުހޯދުމަށާއި ރާއްޖޭގެ އިޤުތިޞާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ހާމަކުރުމަށް ސަރުކާރުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި މާލީ ވަޒީރު މުޙަ...

ޔުމްނާ ޢަލީ
ފުވައްމުލަށް ސިޓީ ކައުންސިލުގެ ވަފުދެއް، ތަޖުރިބާ ދަތުރެއްގައި ހއ. އަދި ހދ. ގެ ރަށްތަކަށް

ފުވައްމުލަށް ސިޓީ ކައުންސިލުގެ ވަފުދެއް، ތަޖުރިބާ ދަތުރެއްގައި ހއ. އަދި ހދ. ގެ ރަށްތަކަށް

ފުވައްމުލަށް ސިޓީ ކައުންސިލުން ތަޖުރިބާ ދަތުރެއްގައި ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް ދަތުރެއް ފަށައިފި އެވެ. މިދަތުރުގައި ފުވައްމުލަށް ސިޓީ ކައުންސިލުގެ މޭޔަރާއި، ކައުންސިލަރުންނާއި، ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިވެއެވެ. ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ތަޖުރިބާ ދަތުރުގެ ތެރެއިން މިއަދު ވަނީ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކޮށްފަ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ޒިޔާރަތުގައި ފުވައްމުލަށް ސިޓީ ކައުންސިލުގެ ވަފުދުން ކ...

އިބްރާހިމް އަސްވާޤް
ސްޓޭޓް އަދި ނައިބު ވަޒީރުން ފެންވަރުގެ ފަރާތްތަކަށް ލީޑަރޝިޕް ޕްރޮގްރާމެއް ފަށަނީ

ސްޓޭޓް އަދި ނައިބު ވަޒީރުން ފެންވަރުގެ ފަރާތްތަކަށް ލީޑަރޝިޕް ޕްރޮގްރާމެއް ފަށަނީ

ދިވެހިރާއްޖޭގެ ސްޓޭޓް އަދި ނައިބު ވަޒީރުންނަށް އަމާޒުކޮށްގެން ”މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް” ޕްރޮގްރާމް އިފްތިތާޙްކުރަން ތައްޔާރުވެއްޖެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މިއީ ރާއްޖެއާއި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއިއެކު ސޮއިކޮށްފައިވާ “އެކްސްޕީރިއެންސް އެކްސްޗޭންޖް އޮން ގަވަރންމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަން” ފަހުމްނާމާގެ ދަށުން ކުރިއަށް ގެންދާ ތަމްރީނާ ތަޖުރިބާ ބަދަލު ކުރުމުގެ ޕްރޮގްރާމެއްކަމަށެވެ. އަންނަ އަންގާރަ ދުވަހު ފަށަން ނިންމާފައިވާ މި ޕްރޮގްރާމް ކުރިއަށްގެން...

ޔުމްނާ ޢަލީ
ބީއެމްއެލްގެ ނިންމުން މުރާޖާ ކުރުމަށް އެންގީ، ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ: އެމްއެމްއޭ

ބީއެމްއެލްގެ ނިންމުން މުރާޖާ ކުރުމަށް އެންގީ، ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ: އެމްއެމްއޭ

ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނިންމި ނިންމުން ބަދަލު ކުރުމަށް ލަފާ ދެއްވީ އެ ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ. ބީއެމްއެލްއިން މިއަދު ވަނީ ޑެބިޓް ކާޑުތަކުން ޑޮލަރު ބޭނުންކޮށްގެން މުއާމަލާތް ނުކުރެވޭ ގޮތަށާއި މިހާރު ހުރި ކްރެޑިޓް ކާޑުތަކުގެ ލިމިޓު ކުޑަކުރުމަށް ނިންމާފައެވެ. ނ...

އަލީ އާދިލް
އެމްއާރުއެމް އުވާލަން ނިންމައިފި

އެމްއާރުއެމް އުވާލަން ނިންމައިފި

މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. އެމްއާރުއެމް އަކީ ކުރީގެ ރައީސް އަލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ އަދަދަށް މެމްބަރުން ހަމަނުވާތީ އެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށެވެ. ގާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓަރީވެ ދެމިއޮތުމަށް 3000 (ތިންހާސް) މެމްބަރުން ތިބެން ޖެހެއެވެ. މިއީ އީސީން އެމްއާރުއެމް އުވާލަން ނިންމި...

އިބްރާހިމް ޚަލީލް
ބީއެމްއެލުން ޢަމަލުކުރީ ސީދާ ރައީސްގެ އެންގެވުމާ ޚިލާފަށް: އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު

ބީއެމްއެލުން ޢަމަލުކުރީ ސީދާ ރައީސްގެ އެންގެވުމާ ޚިލާފަށް: އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭ ގޮތަށް ހެދުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެއީ ސަރުކާރާ އެކު ކުރި މަޝްވަރާތަކާއި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ވަޒީރު ވިދާޅުވީ، ޑޮލަރު ލިމިޓްކުރަން ބީއެމްއެލް އިން ނިންމި ނިންމުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން […]

އަލީ އާދިލް
ސެޕްޓެންބަރު 5 ވަނަ ދުވަސް ސަރުކާރު ބަންދުކޮށްފި

ސެޕްޓެންބަރު 5 ވަނަ ދުވަސް ސަރުކާރު ބަންދުކޮށްފި

މިފެށޭ ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން އާންމުކުރި ދެންނެވުމެއްގައި ބުނެފައި ވަނީ ސެޕްޓެންބަރު 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. ރައީސް މި ދުވަސް ބަންދުކުރެއްވީ މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށް ވެސް އެ ދެންނެވުމުގަވެއެވެ. ޤައުމީ ދުވަހަކީ  ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހެވެ. މިއަ...

ޔުމްނާ ޢަލީ
ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވެގެން ހައްޔަރުކުރި މީހުނަށް ދައުވާކޮށްފި

ޝަމީމަށް ހަމަލާދިންކަމަށް ތުހުމަތުވެގެން ހައްޔަރުކުރި މީހުނަށް ދައުވާކޮށްފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވި ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ 31 ޖެނުއަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލާފައިވ...

ޔުމްނާ ޢަލީ
ޕްރެޝަރު ބޮޑުވުމުން ޤައުމީ ބޭންކުގެ ނިންމުން ބަދަލުކޮށްފި

ޕްރެޝަރު ބޮޑުވުމުން ޤައުމީ ބޭންކުގެ ނިންމުން ބަދަލުކޮށްފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް އެ ބޭންކުން ނިންމި ނިންމުން ބަދަލުކުރަން މިއަދު އަނެއްކާ ވެސް ނިންމައިފިއެވެ. ބިއެމްއެލްއިން މިގޮތަށް ނިންމާފައި ވަނީ ބީއެމްއެލްގެ ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ. މި ނިންމުމާއެކު ބީއެމްއެލްގެ ކަސްޓަމަރު ސާވިސް ނަންބަރަށް ބާރުބޮޑުވެ، އެ ނަންބަރުން ޖަވާބުދާރީ ވު...

ޔުމްނާ ޢަލީ
ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅުނު 81،000 ޑޮލަރު ހިފަހައްޓައިފި

ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅުނު 81،000 ޑޮލަރު ހިފަހައްޓައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން 81،030 އެމެރިކާ ޑޮލަރު ހޯދައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައިފި އެވެ. ޔޫއެސް ބަންގްލާ އެއަރލައިންސްގެ ފްލައިޓް ނަންބަރު BS338 އިން ދަތުރުކުރަން އުޅުނު މި ފަސިންޖަރުގެ ލަގެޖުން މި ފައިސާ ހޯދީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސްކްރީނިންގ ޓީމުންނެވެ. ފައިސާ ފޮރުވާފައި ހުރީ ކޯންފްލެކްސް ޕެކެޓެއްގެ ތެރޭގައެވެ. އޭވިއޭޝަން ސެކިއުރިޓީން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އެ ޕެކެޓް ކަނޑާލ...

އަލީ އާދިލް