ރާއްޖެ ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު، މި މަގާމަށް އެދޭ ފޯމާއިއެކު ހުށަހަޅަން ޖެހެއެވެ. ފޯމް ހުށަހެޅޭނީ އަންނަ ސެޕްޓެމްބަރ މަހުގެ 10 އަދި 11 […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދެކުނު ފުޓްބޯޅަ މުބާރާތުގައި 8 ޓީމް، އަންހެން ފުޓްސަލް އަށް ބޮޑު ތަރުހީބެއް ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ތިލަދެކުނު ފުޓުބޯޅަ މުބާރާތް 2024” ގައި 8 ޓީމް ބައިވެރިވެފައިވާއިރު، އެ ކައުންސިލުން އަތޮޅުގެ ކަނބަލުންނަށް ބާއްވާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2024” ގައި 14 ޓީމް ބައިވެރިވެއްޖެއެވެ. ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅު ކައުންސިލުން ދީފައިވަނީ ހދ.އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށެވެ. މުބާރާތުގައި ބައިވެރިވި 8 ޓީމް މަގުލަސް ކުލަބް (ކުޅުދުއްފުށި) އިންފިނ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރޭގައިތޯއާއި، އެމީހުން ވިޔަފާރިކުރަމުން ދަނީ ޤާނޫނީ އިމުގެ ތެރެއިންތޯބަލައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މިހާތަަނަށް ޤަވާޢިދުން ބޭރުން ވިޔަފާރިކުރާ އެތައްތަނެއް ބަލާފާސްކޮށް، ޤަވާޢީދުން ބޭރުން އުޅޭ ގިނަ އ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އާކް ސާރޗް އިން އެންޑްރޮއިޑް އެޕެއް ނެރެނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ މޮބައިލް ބްރައުޒަރެއް ކަމަށްވާ އާކް ސާރޗް އިން އެންޑްރޮއިޑް އެޕެއް ތަޢާރަފްކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ހޮނިހިރު ދުވަހު ކަށަވަރުކޮށްފިއެވެ. މި ބްރައުޒަރު ތަޢާރަފުކުރެވުނީ މިއަހަރުގެ ކުރީކޮޅުގައެވެ. އަދި އޭގެ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފީޗަރތަކުގެ ސަބަބުން މަޤްބޫލުކަން ލިބިފައިވެއެވެ. މީގެ ތެރޭގައި “ބްރައުޒް ފޯ މީ” ފަދަ ފީޗަރތައް ހިމެނެއެވެ. މި ފީޗާގައި އޭއައި އިން ގިނަ ވެބްސައިޓްތަކެއް ކިޔައި، ގުޅުންހުރި މަޢު... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ޤައުމީ ބޭންކުން ''ހިފީ ރައްޔިތުންގެ ކަރުގައި''، ފަހަތުގައި އޮތީ އެމްޑީޕީ: ޝިޔާމް ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ އާދީއްތަ ދުވަހު އެ ބޭންކުން ނިންމާފައިވާ ނިންމުންތަކުގެ ފަހަތުގައި އޮތީ އިދިކޮޅު އެމްޑީޕީކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ރޭ ތުހުމަތުކުރަށްވައިފިއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އާދީއްތަ ދުވަހު ގެންނަން އުޅުނީ މާލީ ބަޣާވާތެކެވެ. ގައުމީ ބޭންކުން ދިވެހި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުމދެ ދުވަހުގެ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން ރޭ ފުރައިވަޑައިގަންނަވަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. ރޭ ސިންގަޕޯ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސައޫދީ އާއި އެމެރިކާއިން ތާރީޚީ އެއްބަސްވުމަކަށް ސަޢޫދީ ޢަރަބިއްޔާ އާއި އެމެރިކާ ގުޅިގެން ތާރީޚީ އެއްބަސްވުމެއް އެކުލަވާލަމުންދާ ކަމަށް ރިޔާދުގައި ހުންނަ އެމެރިކާގެ ސަފީރު މައިކަލް ރެޓްނީ ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގައި ދެ ޤައުމުގެ ސްޓްރެޓެޖިކް ގުޅުން ހަރުދަނާކުރުމާއި، އަސްކަރީ އެއްބަސްވުންތަކާއި، އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ގުޅުން ޤާއިމުކުރުމާއި ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް މަގުފަހިކުރުން ހިމެނޭ ކަމަށް ވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ނޫސް “އަޝްރަޤުލް އަވްސަޠު... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސޫދާންގައި ފެންބޮޑުވުމުގެ ސަބަބުން 132 މީހުން މަރުވެއްޖެ ދާޚިލާ ވަރުގަދަ ހަނގުރާމައިގެ ތެރޭގައިވާ ސުދާންރައްޔިތުން ބޮޑު ހާސްކަމެއްގައި ތިއްބައި މިއަހަރު ކުރިމަތިވި ފެންބޮޑުވުމާއި ގަދަ ވާރޭގެ ސަބަބުން މަދުވެގެން 132 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޞިއްޙީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. ވޭތުވެދިޔަ މަހުން ފެށިގެން ސުޑާނުގައި ވަނީ ގަދަ ވާރޭވެހި، އެކި ދުވަސްމަތިން ފެންބޮޑުވެފައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުތުރާއި އިރުމަތީ ސަރަހައްދުތަކަށެވެ. “ޖުމްލަ 10 ސަރަޙައްދަކަށް އަސަރު ކޮށްފައިވޭ. އަސަރުކުރި އާއިލާތަކުގެ އަދަދު 31,666 އަށް... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ އަޅުގަނޑު ވެރިކަންކުރަނީ ﷲ އަށް ޓަކައި، މިއީ ވަރުގަދަ އަމާނާތެއް: ރައީސް އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ މާތްﷲ އަށް ޓަކައި ކަމަށާއި، މި ވެރިކަމަކީ ރައްޔިތުން މެދުވެރިކޮށް މާތްﷲ އެމަނިކުފާނާއި ހަވާލުކުރަށްވާފައިވާ ވަރުގަދަ އަމާނެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި ޒިންމާ ދެކެނީ ވަރަށް ބޮޑު އަމާނާތެއްގެ ގޮތުގައި ކަމަށެވެ. ”އަޅުގަނޑ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޤައުމީ ބޭންކުން އިއްޔެ ކުރަން އުޅުނީ ބަޣާވާތެއްކަމަށް ރައީސް ސިފަކުރައްވައިފި ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ އިއްޔެ ނިންމާފައިވާ ނިންމުންތަކުގެ ފަހަތުގައި ވަނީ ”ބަޣާވާތެއް” ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ސިފަކުރަށްވައިފިއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާރު ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ ދައުރު ފެށުނުތަނާހެން އެމްޑީޕީން އިސްވެ އޮވެ ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުކޮށްލެވިފައިވާކަމަށް ވިދާޅުވެފައެވެ. އެއަށްފ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޤައުމު މިހާލަތަށް ދިޔައީ އިންތިހާއަށް ފައިސާ ޗާޕުކޮށް ލޯނު ނެގުމުގެ ސަބަބުން: ރައީސް ޤައުމު މިހާލަތަށް ދިޔައީ މިދިޔަ އެމްޑީޕީގެ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކޮށް ލޯނު ނެގުމުގެ ސަބަބުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާރު ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ގައުމު ވެއްޓިފައިވާ އިޤްތިޞާދީ ވަޅުގަނޑުގެ ފުންމިން އެނގެންފެށީ ސަރުކާރާއި ހަވާލުވެ، އެކަން ރަނގަޅުކުރަން މަސައްކަތްކުރަން ފެއްޓެވެމުން ކަމަށެވެ. ޤައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ޚަބަރު އިއްޔެ ބަޣާވާތްކުރަން އުޅުނު ކަމަށް ތުހުމަތުކޮށް، ފުލުހުން ތަހުޤީގުފަށައިފި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކުން ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމި ނިންމުމާ ގުޅުވައިގެން ބަޣާވާތްކުރަން އުޅުނު ކަމަށް އިދިކޮޅު ފަރާތްތަކަށް ތުހުމަތުކޮށް، އެ މައްސަލަ ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފި އެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުޢާމަލާތްތައް އެއްކޮށް ހުއްޓާލައި، ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަކުރަން އެ ބޭންކުން އިއްޔެ ނިންމި ވަގުތު، އިދިކޮޅު ފަ... އަލީ އާދިލް · 2 އަހަރު ކުރިން
ޚަބަރު މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ ހަތަރު ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މި އަހަރުގެ ދެވަނަ ޓާމުގައި ފަށާ، މަސްވެރިކަމުގެ ދާއިރާގެ ހަތަރު ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ގައުމީ ޔުނިވާސިޓީގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ފެކަލްޓީގައި ފެށުމަށް ހަމަޖެހިފައިވާ ހަތަރު ކޯހަކީ: މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުގެ 10:00 ގެ ކުރިން، ކޯހުގައި ބައިވެރިވުމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރުމަށް ގައުމީ ޔުނިވާސިޓީން އެދެއެވެ. ނޭޝަނަލް... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ޓާސްކްފޯހެއް އުފައްދައި ގިނަ ފިޔަވަޅުތަކެއް ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމަވާފައި ވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ފެނަކަ އަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގޮތުގައި ހަމަޖައްސައިފި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ. ރައީސް މިގޮތަށް ނިންމަވާފައި ވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. މިގޮތުން ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސް.ޓީ.އޯ އިން ގަނެ އެ ކުންފުނީގެ ސަބް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން