މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެން ކުރާ މުޒާހަރާއަށް ފުލުހުން ބަޑި ޖަހައިފި

އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލުމާ ގުޅިގެން ކުރާ މުޒާހަރާއަށް ފުލުހުން ބަޑި ޖަހައިފި

އިންޑިއާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ކޮލްކަތާ ސިޓީގައި ޓްރެއިނީ ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައާއި ގުޅިގެން ކުރަމުންދާ މުޒާހަރާތަކަށް ފުލުހުން ބަޑިޖަހައިފިކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. އަލްޖަޒީރާއިން ބުނެފައިވަނީ ކަރުނަ ގޭހާއި ފެން ޖަހައި، އަދި ލަޓިބުރިން ތަޅައި ސިފައިން ވަނީ މުޒާހަރާ ރޫޅާލާން މަސައްކަތް ކޮށްފައި ކަމަށެވެ. މި މުޒާހަރާތަކުގައި ޔުނިވަރސިޓީ ދަރިވަރުންގެ އިސްނެގުމުގެ ދަށުން ގިނަ ބަޔަކު ވަނީ ސެކިއުރިޓީ ފޯސްތަކުން ޖަހާފައިވާ ބެރިކޭޑްތައް ތަޅާލައި ކުރިއަށް ގޮސްފައެވެ. އަދ...

އަޙްމަދު ދާއޫދު
އާސެނަލްއާއި ޔުވެންޓަސް އަށް ކުޅުނު ޕޮލެންޑް ކީޕަރ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އާސެނަލްއާއި ޔުވެންޓަސް އަށް ކުޅުނު ޕޮލެންޑް ކީޕަރ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އާސެނަލްއަށާއި ޔުވެންޓަސްއަށް ކުޅުނު ޕޮލެންޑްގެ ގޯލްކީޕަރ ސެޒްނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އޭނާ ވަނީ މި މަހުގެ ކުރީކޮޅު ޔުވެންޓަސްއާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. ސައުދީ ލީގުގެ އަލް ނަސްރުން އޭނާއަށް ޝައުގުވެރިކަން ވެސް ފާޅުކުރި ނަމަވެސް އިތުރު ފުޓްބޯޅަ ކުޅުން ކުރިއަށް ނުގެންދަން ނިންމައި އޭނާ މިވަނީ ރިޓަޔަރ ކޮށްފައެވެ. ރިޓަޔަރ ކުރިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ސެޒްނީއަކީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައި އާސެނަލްއާއި ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ އާސެނަލްއަށް [...

އިބްރާހިމް ޚަލީލް
ފެނަކައިން ކުޑަހުވަދޫގައި ސްމާރޓް މީޓަރ ހަރުކޮށް ޚިދުމަތްދޭން ފަށައިފި

ފެނަކައިން ކުޑަހުވަދޫގައި ސްމާރޓް މީޓަރ ހަރުކޮށް ޚިދުމަތްދޭން ފަށައިފި

ފެނަކަ ކޯޕަރޭޝަނުން ދ. ކުޑަހުވަދޫގައި ސްމާރޓް މީޓަރ ހަރުކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއި ފަސޭހަތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފެނަކައިން ކުރިއަށް ގެންދާ ސްމާރޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން ފެށުނު ޚިދުމަތެކެވެ. މިރޭ ބޭއްވުނު ޙަފްލާއެއްގައި މި ޚިދުމަތް ރަސްމީކޮށް ފަށައިދެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާ ބެހޭ ވަޒީރު، ތޯރިޤް އިބްރާހީމެވެ. މި ޚިދުމަތާއެކު، ފެނަކައިން ވަނީ ސްމާރޓް މީޓަރގެ މޯބައި...

އަލީ އާދިލް
ވަގަށްނެގި ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައިފި

ވަގަށްނެގި ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައިފި

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ވައްކަންކޮށް، ވަގަށްނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް ފުލުހުންގެ މަސައްކަތުން ހޯދައިފިއެވެ. ފުލުހުން މިރޭ ބުނީ، އެ ސްކޫލުން ވައްކަންކޮށްފައިވާކަމުގެ މައުލޫމާތު ރޭ އެ އިދާރާއަށް ލިބިފަައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އެތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖްތައް ބަލާފައެވެ. މިގޮތުން ފުލުހުންގެ މަސައްކަތުން އެ ސްކޫލުން ވަގަށްނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް މިރޭ ވަނީ ހޯދާފައެވެ. މި މިމައްސަލާގައި އަދި މީހަކު ހައްޔަރެއް ނު...

ޔުމްނާ ޢަލީ
257 ތަނަކަށް ރެއިޑްކޮށް، 3،322 ބިދޭސީން ޑީޕޯޓްކޮށްފި

257 ތަނަކަށް ރެއިޑްކޮށް، 3،322 ބިދޭސީން ޑީޕޯޓްކޮށްފި

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް، 257 ތަނަކަށް ރެއިޑްކޮށް 3،322 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ. އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން މިހާތަނަށް 257 ތަނަކަށް ރެއިޑްކޮށްފައިވެއެވެ. މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ފަށާފައިވާ ބޮޑު އޮޕަރޭޝަނެއްގެ ދަށުން ކުރެވުނު މަސައްކަތްތަކެކެވެ. މި އޮޕަރޭޝަންގެ ދަށ...

އަލީ އާދިލް
ޓިކްޓޮކްގައި މަޝްހޫރު ޤާރީ މުޙައްމަދު ދިބިރޯވް ރާއްޖޭގައި

ޓިކްޓޮކްގައި މަޝްހޫރު ޤާރީ މުޙައްމަދު ދިބިރޯވް ރާއްޖޭގައި

މުޙައްމަދު ދިބިރޯވްއަކީ ޤުރުއާން ކިޔެވުމުގެ ދާއިރާއިން މިހާރު ވަރަށް މަޝްހޫރުވވަމުން އަންނަ ޒުވާން ޤާރީއެކެވެ. އޭނާގެ ރީތި އަޑާއި ފަންނުވެރި ކިޔެވުމުގެ ސަބަބުން ޓިކްޓޮކް ފަދަ މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު އޭނާއަށް ފޮލޯކުރަމުން އާދެއެވެ. އޭނާގެ ކިޔެވުންތައް އަޑުއަހަމުންދެއެވެ. މުޙައްމަދު ދިބިރޯވް ރާއްޖޭގައި ހޭދަކުރަމުންދާ ދުވަސްތަކުގައި، ރާއްޖޭގެ ގޮނޑުދޮށްތަކާއި ތުނޑީގައި ނަގާފައިވާ ވީޑިއޯތަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. އެގޮތުން، މީގެ 4 ދުވަސް ކުރިން ރާއްޖޭގެ ރީތި ތ...

އަލީ އާދިލް
މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް ޕްރޮގްރާމްތައް ހިންގަން އެއްބަސްވުމެއް

މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް ޕްރޮގްރާމްތައް ހިންގަން އެއްބަސްވުމެއް

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮއްފިއެވެ. މި އެއްބަސްވުމަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) ގުޅިގެން މި ޕްރޮގްރާމްތައް ހިންގުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ...

ޔުމްނާ ޢަލީ
އުލިގަމު ކައުންސިލުން، އެރަށު ސްކޫލުގެ ހުރިހާ ކުލާހަކަށް ޓީވީ ހަދިޔާކޮށްފި

އުލިގަމު ކައުންސިލުން، އެރަށު ސްކޫލުގެ ހުރިހާ ކުލާހަކަށް ޓީވީ ހަދިޔާކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލުން އެރަށު ސްކޫލުގެ ހުރިހާ ކުލާހެއް ޑިޖިޓަލް ކުރުމަށް ބޭނުންވާ ޓީވީ ހަދިޔާކޮށްފިއެވެ. އެ ސްކޫލުގައި ހުރި 11 ކްލާސް ރޫމް ޑިޖިޓަލް ކުރުމަށް 65 އިންޗީގެ 11 ޓީވީ ކައުންސިލުން ވަނީ ސްކޫލަށް ހަދިޔާކޮށްފައެވެ. މި ޓީވީތައް ގަތުމަށް އެ ކައުންސިލުން ވަނީ  129420 (އެއްލައްކަ ނަވާވީސް ހާސް ހަތަރުސަތޭކަ ވިހި) ރުފިޔާ ރައްޔިތު މާލިއްޔާއިން ހަރަދުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އުލިގަމު ކައުންސިލުގެ ރައީސް އަހްމަދު މުއާޒް […]

އިބްރާހިމް ޚަލީލް
ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލައިފި

ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލައިފި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 4 ބިދޭސީން ރާއްޖެއިން ބޭރުކޮށްލައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިމަޢުލޫމާތު ހާމަކުރަމުން ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ހިންގާފަކަމަށެވެ. މި އިންސްޕެކްޝަނުގައި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލްވާ ބިދޭސީ 3 އަންހެނުންނާއި އެމީހުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ފިރ...

އަލީ އާދިލް
ވައިގެ މަގުން އެތެރެކުރަން އުޅުނު 9.86 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 9.86 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9.86 މިލިއަން ރުފިޔާގެ (މަގުމަތީ އަގު) މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފައިވާކަމަށް މަޢުލޫމާތު ދީފިއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 0.680 ކިލޯގެ ކެތިނޯނާއި، 10.20 ކިލޯގެ ކެނެބިސް އަދި 0.740 ކިލޯގެ ހެރޮއިން ހިމެނެއެވެ. މިއީ ޖުމްލަ 11.62 ކިލޯގެ މަސްތުވާތަކެއްޗެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތެއް އަދި މިއީ ކޮން ގައުމަކުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗެއް...

އަލީ އާދިލް
އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ހުޅުވާލައިފި

އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ހުޅުވާލައިފި

ހއ. އިހަވަންދޫގައި ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލައިފި އެވެ. މިގޮތުން އެ ރަށުގެ އިރު އުތުރު ފަރާތު ބަނދަރު ސަރަޙައްދުގައި އޮތް 7250 އަކަފޫޓުގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބިމުގެ ކުލި ފެށޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކު 1 ރުފިޔާއެވެ. އަދި ބިން ހަވާލުކުރާތާ ފުރަތަމަ 3 މަސް ތެރޭގައި އިމާރާތްކުރުމުގެ […]

އިބްރާހިމް އަސްވާޤް
ރައީސް މުޢިއްޒަށް 14 މިލިއަން ރުފިޔާ ދިންކަމަށް ރިޔާޟްއާއި ގުޅުވައި ދެއްކިވާހަކަ ދޮގުކޮށްފި

ރައީސް މުޢިއްޒަށް 14 މިލިއަން ރުފިޔާ ދިންކަމަށް ރިޔާޟްއާއި ގުޅުވައި ދެއްކިވާހަކަ ދޮގުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިޔާޟް މެދުވެރިވެގެން 14 މިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގާފައިވާކަމަށް ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީސް ޖަލްސާގައި ރޭގައި ދެއްކި ވާހަކަ ރިޔާޟް ދޮގުކުރަށްވައިފިއެވެ. ޕީއެންއެފް ޖަލްސާގައި އަހްމަދު ފަޔާޒް (ޕާޕާ) ދެއްކި މިވާހަކައާއި ގުޅުވައި، ރިޔާޟް އެކްސްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. 2023 ރިޔާސީ އިންތިޚާބުގެ 2 ވަނަބުރުގެކުރިން ސިޔާސީ އެއްވެސްކަމެއްގައި ރައީސް ޑރ. މުއިއް...

ޔުމްނާ ޢަލީ
ނުގަވައިދުން އުޅޭ ބިދޭސީން ފިލަން ކުޅުދުއްފުށި ސިޓީއަށް

ނުގަވައިދުން އުޅޭ ބިދޭސީން ފިލަން ކުޅުދުއްފުށި ސިޓީއަށް

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމުގެ ދަށުން ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު މާލޭގައި ހިންގަމުން އަންނަ އޮޕަރޭޝަންގެ ސަބަބުން، މާލޭގައި ނުގަވާއިދުން އުޅޭ ބިދޭސީން ފިލުމަށް ހދ. ކުޅުދުއްފުށި ސިޓީ އާއި އެނޫންވެސް އަތޮޅު ތެރޭގެ ރަށްރަށަށް އަންނަނީ ދަތުރު ކުރަމުންނެވެ. ހދ. ކުޅުދުއްފުށި ސިޓީއަށް ނުގަވައިދުން އެތެރެވަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު މޯލްޑ...

އަލީ އާދިލް
ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް މެމްބަރު މުހައްމަދު އިސްމާއިލް ހާޒިރެއް ނުވި

ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް މެމްބަރު މުހައްމަދު އިސްމާއިލް ހާޒިރެއް ނުވި

ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް މިއަދު އޭނާ ހާޒިރުވެ ވަޑައިނުގަތުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ. މެއި، 2022 ގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް މީހުން ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް...

ހުސައިން ހަބީބް
81،030 ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީ މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު

81،030 ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީ މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު

ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ޑޮލަރު ބޭރުކުރަން އުޅުނު ބަންގްލަދޭޝް މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، މައްސަލަ ތަހްގީގުކުރަން ފަށައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން 81،030 އެމެރިކާ ޑޮލަރު ހޯދައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފެހެއްޓީ 25 އޯގަސްޓް 2024 ގައެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ބަންދުގައި ބަހައްޓަން 15 ދުވަސް ދީފައިވާ ކަމަ...

ޔުމްނާ ޢަލީ