ބައިނަލްއަގުވާމީ އެމެރިކާ ސަރުކާރަށް އޮޅުމަކުން 239 މިލިޔަން ޑޮލަރު ތާލިބާނުންނަށް ޓްރާންސްފަރ ކުރެވިއްޖެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެޓިން ޕްރޮސީޖަރުތައް ރަނގަޅަށް މޮނިޓަރ ކުރެވެމުން ނުދިޔުމުގެ ސަބަބުން، ޓެރަރިޒަމާ ދެކޮޅަށް އަމާޒުކޮށްގެން ހިންގާ އެހީގެ ގޮތުގައި މަދުވެގެން 239 މިލިއަން ޑޮލަރު ތާލިބާނުންނަށް ޓްރާންސްފަރ ކުރެވިފައިވާކަން ހާމަވެއްޖެއެވެ. ސަރުކާރުގެ ވޮޗްޑޮގް، ސްޕެޝަލް އިންސްޕެކްޓަރ ޖެނެރަލް ފޯ އަފްޣާނިސްތާން ރިކޮންސްޓްރަކްޝަން (ސިގާރ) އިން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މަދުވެގެން 29 ގްރާންޓެއް އޮޅުމަކުން ތާލިބާނުންނަށް ލިބިފައިވާ ކަމުގައެވެ. މި ފައިސާ ތާލިބާނު... މުޞްޠަފާ މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމައިފި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ. ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ވަޒީރުންގެ މަޖިލީހުން ނިންމެވީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ލޭނު އެޅުމުގެ ހުއްދަ ސަރުކާރުން ދޭން ނިންމުމުމާއިއެކު އެކަމުގެ ކަންބޮޑުވުން ގިނަ ޖަމިއްޔާތަކަކުން ފަޅުކުރިއެވެ. މިގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗުގެ މުވައްޒަފުންނަށް ލީޑާޝިޕާއި ޓީމް ސްޕްރިޓާއިގުޅޭ ޕްރޮގްރާމެއް މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) އިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން “ވީކް އެންޑް ވިތު އެމްއެންޑީއެފް – ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް” ޅ. މާފިލާފުށީގައި ކުރިއަށްގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލު ގުޅިގެން މި މަހުގެ 22 އިން 24 ގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ކޭއާރުއެޗުގެ 28 މުވައްޒަފަކު ބައިވެރިވެ ތަމްރީނުތައް ފ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން: ޝަހީމް ދިވެހިރާއްޖޭގައި އުޅުއްވާ އެހެން ގައުމުތަކުގެ ސަފީރުންނަށާއި އެ ފަރާތްތަކުގެ އާއިލާއަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުން ނޫން ކަމަށާއި، އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކުޅިވަރު ބާސާ އާއި ސިޓީއަށް ކުޅުނު ޗިލީގެ ކީޕަރ ބްރާވޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި ސްޕެއިންގެ ބާސެލޯނާއަށާއި އިންގްލެންޑްގެ މެންޗެސްޓާ ސިޓީއަށް ކުޅުނު ޗިލީގެ އިތުބާރު ގޯލް ކީޕަރ ކްލައުޑިއޯ ބްރާވޯ، އުމުރުން 41 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އޭނާ ފުޓްބޯޅަ ކެރިއާ ފަށާފައި ވަނީ ޗިލީގެ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ކޯލޯ-ކޯލޯ އިންނެވެ. އެ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު 2006 ވަނަ އަހަރު އޭނާ ބަދަލުވީ ސްޕެނިޝް ލީގުގެ ރިއާލް ސޮސިއެޑާޑްއަށެވެ. އެ ޓީމުގައި 8 ސީޒަން ހޭދަކުރިއިރު، 2010 ވަނަ އަހަރު ލަލީގާއަށް އެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ކޮލަމް ސިޙްރުވެރިން ކައިރިއަށް ދާމީހާ ވަނީ، އަނދިރިކަންބޮޑު ކުށަކަށް އަރައިގަނެ އުރެދިފައި ސިޙްރު ހެދުމަށްޓަކައި ސިޙްރުވެރިއެއްގެ ގާތަށް ހިގައްޖެމީހާ ފަހެ، އޭނާގެ ދީން އޭނާގެ ދުނިޔެއަށްޓަކައި ވިއްކައިލައިފިއެވެ. އަދި އޭނާގެ ނަފްސު ﷲގެ ކޯފާއަށް ހުށަހަޅައިފިއެވެ. އެއީ ދީނުން ބޭރުވާކަމެއް ކުރުމުގެ ސަބަބުންނެވެ. އަދި އެއީ ސިޙްރާމެދުގައި ރުހުމެވެ. ޝައިޚު މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله ވިދާޅުވެފައިވެއެވެ. (( ފަހެ، އެކަން (އެބަހީ ސިޙްރު) ހަދައިފިމީހާ ނުވަތަ އެއާއިމެދު ރުހިއްޖެމީހާ ފަހެ، ކާފަރުވެއްޖެއެވެ.)) އެހެންމީހަކަށް ގެއްލުންދިނުމަށްޓަކައި ސިޙްރުވެރިން ގާތަށް ދާމީހާ ޙަސަދަވެރ... Thiladhun · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓެލެގްރާމްގެ ބާނީ ޑުރޯވްގެ މައްޗަށް އޮގަނައިޒްޑް ކްރައިމްގެ ދައުވާ ކުރަނީ ފްރާންސްގައި ހައްޔަރުކޮށްފައިހުރި ޓެލެގްރާމްގެ ބާނީ ޕަވެލް ޑުރޯވްގެ މައްޗަށް އޮގަނައިޒްޑް ކްރައިމްގެ ދައުވާ ކުރަން ފަނޑިޔާރުން ނިންމައިފިއެވެ. ފްރާންސްގެ ފަނޑިޔާރަކު ޓެލެގްރާމްގެ ވެރިޔާ ޕަވެލް ޑުރޯވްގެ މައްޗަށް ރަސްމީ ތަޙުޤީޤެއް ފަށައިފައިވާއިރު، މި ތަޙުޤީޤަކީ ޓެލެގްރާމް އެޕް މެދުވެރިކޮށް ހިންގާ ޖަރީމާތަކާ ގުޅޭ ތަޙުޤީޤެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ބުދަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު ނިންމެވި ނިންމެވުމުގައި، ކަފާލާތުގެ ދަށުން 5 މިލިއަން ޔޫރޯ ދެއްކުމުން ޑްރޯވް ދޫކޮށްލުމ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ކުޑަކުދިން ވޭޕިންގ އިން ސަލާމަތްކުރުމަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ސަރުކާރަށް ގޮވާލައިފި ކުޑަކުދިން ވޭޕިންގ އިން ސަލާމަތްކުރުމަށް އިނގިރޭސި ވިލާތުގެ ޑޮކްޓަރުން ސަރުކާރަށް ގޮވާލައިފިއެވެ. ޔުނައިޓެޑް ކިންގްޑަމްގައި ކުޑަކުދިންގެ މެދުގައި ވޭޕް ބޭނުން ކުރުން އިތުރުވަމުންދާތީ، ކުޑަކުދިން މި ނުރައްކާތެރި އާދައިން ސަލާމަތްކުރުމަށް ވަކި ވައްތަރެއްގެ ވޭޕްތައް މަނާކުރުމަށް އިނގިރޭސި ވިލާތުގެ ހުރިހާ ޑޮކްޓަރުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން (ބީއެމްއޭ) އިން ބުނެފައިވަނީ މިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، ޒުވާނުންގެ ދިރިއުޅުމުގައި ވޭޕްތަކަށް ޖާ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ހުޅަނގު އައްސޭރިއަށް ހަނގުރާމަ ފުޅާނުކުރުމަށް އިސްރާއީލަށް އީޔޫއިން އިންޒާރުދީފި ހުޅަނގު އައްސޭރިއަށް ހަނގުރާމަ ފުޅާނުކުރުމަށް އިސްރާއީލަށް އީޔޫއިން އިންޒާރުދީފިއެވެ. ޔޫރަޕިއަން ޔޫނިއަންގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ބޮޑު އަސްކަރީ ހަމަލާތައް ޣައްޒާއިން ބޭރަށް ގޮސްގެން ނުވާނެ ކަމަށާއި، ޣައްޒާގައި ވެސް ފެނިގެންދިޔަ ބޮޑު ގަތުލުއާންމު އެހެންތަނެއްގައި ތަކުރާރުވެގެން ނުވާނެ ކަމަށް ބުނެފައެވެ. މި އިންޒާރު ދީފައިވަނީ އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ކުރިއަށްދަނިކޮށެވ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި ރާއްޖޭން ބޭރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިރޭ މާލެ ވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރައިވަޑައިގަތީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. އެ ރޭ ސިންގަޕޫރަށް ފުރައިވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ދެ ދުވަހުގެ […... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫގައި "ފީހޮޅި އަޅާތީ" ހުއްޓުވަން ގޮވާލައިފި، ކައުންސިލުން ބުނީ "ސިޔާސީ ދޮގެއް" ކަމަށް ހއ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގައި “ފީހޮޅި އެޅުން” ހުއްޓުވަން ޖެހޭކަމަށް ކުރީގެ އެރަށު ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ގޮވާލައިފި އެވެ. މިކަމާއި ގުޅޭގޮތުން ރަޝީދު ވަނީ މީސް މިޑިޔާގައި ކަންބޮޑުވުން ފާޅުކޮށް ތުޙުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން އެރަށު މަގުތައް ހެދުމަށް ކުރީ ސަރުކާރުން ގެނާ ހޮޅި (އަޅި ކުލައިގެ ހޮޅި) އެއީ ފީ ހޮޅިކަމަށް ރައުޔުނެރެ އިހަވަންދޫ ކައުންސިލުން އެ ހޮޅިތަށް މަގުތަކަށް ނޭޅެނެކަމަށް ބުނެ އެދުވަހު އަޑުއުފުލިކަަމަށާއި ކުރިންގެނައި ހޮޅި ބެހެއްޓުމަށްފަހު މި […] އަލީ އާދިލް · 2 އަހަރު ކުރިން
ވިޔަފާރި ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެކަމަށާއި، ފެނަކައިގެ ހާލަތު ރަނގަޅުކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މީޑިއަމް-ލޯންގް ޓާމަށް ވިސްނައިގެންކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ފެނަކަ އަކީ، އެސްޓީއޯ ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 25 އޯގަސްޓް 2024 ގައެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި ވެމްކޯއިން އެމް.ޕީ.އެލްގެ "ޕޯޓް ރެސިޑަންސް"ގެ 3 ޓަވަރުގެ ފޮޅާ ސާފުކުރަން ހަވާލުވެއްޖެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ “ޕޯޓް ރެސިޑަންސް”ގެ 3 ޓަވަރުގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ސީ.އީ.އޯ އަލީ ހާޝިމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ޝަހީދު އިބްރާހިމެވެ. ވެމްކޯއިން ފޯރުކޮށްދޭ ސާފުކުރުމުގެ ޚިދުމަތް “ހޮބާ... އަލީ އާދިލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީގައި 40 ބައިވެރިންނާއެކު ނިޔަމި ކޯހެއް ކުރިއަށް ގެންގޮސްފި ހއ. ހޯރަފުށީގައި 40 ބައިވެރިންނާއެކު ނިޔަމި ކޯސް – 2 ކުރިއަށް ގެންގޮސްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އިން 27 އަށެވެ. މި ކޯހަކީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ކައުންސިލާއި، ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މެރިޓައިމް އިންސްޓިޓިއުޓްގެ މުދައްރިބުން ކިޔަވައިދެއްވި މި ކޯހުގައި، ނެވިގޭޝަން، ކޮމިއުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، […] އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ ދީނީ އެކިކަންކަމަށް އެހީވުމަށް، އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި ދީނީ އެކިކަންކަމަށް އެހީވުމަށް، އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ލޯންޗުކޮށްފިއެވެ. މި ޚިދުމަތް ލޯންޗުކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މި އައު ޚިދުމަތާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ޞަދަޤާތް ކުރުމަށް ޚާއްޞަ ޕޭޖެއް ޤާއިމްކޮށްފައިވެއެވެ. މި ޕޭޖް މެދުވެރިކޮށް، ޤުރުއާން ޙިފްޘު ކުލާސ... އަލީ އާދިލް · 2 އަހަރު ކުރިން