މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އުޒްބެކިސްތާނުގައި ތުނބުޅި ދިގުކުރުން މަނާކޮށްފި

އުޒްބެކިސްތާނުގައި ތުނބުޅި ދިގުކުރުން މަނާކޮށްފި

ތުނބުޅި ދިގުކޮށް ބެހެއްޓުން އުޒްބެކިސްތާނު ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އުޒްބެކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ތުނބުޅި ބަހައްޓާ މީހުންނަށް އުނދަގޫ ކުރުމާއި ޖެއްސުން ކުރުމުގެ ކަންތައްތަކެއް ފަށާފައި ކަމަށާއި އެކަމުގެ ސަބަބުން ދީނީ މިނިވަންކަމުގެ މާހައުލު ގޯސްވަމުންދާތީ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. “މިދިޔަ ހުކުރު ދުވަހު 10 އަށް ވުރެ ގިނަ މުސްލިމުން ބަންދުކޮށް، ޝަރުތުކޮށްފައި ވަނީ ތުނބުޅި ބުރިކޮށްލުން ނުވަތަ 15 ދުވަހުގެ ޖަލު ހުކުމެއް،” ނ...

މުޞްޠަފާ މުޙައްމަދު
އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި

އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިޔާއަށް ފުރަން އުޅުނު މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިގެން އޭވިއޭޝަން ސެކިއުރިޓީން އަތުލައިގަނެފި އެވެ. އޭވިއޭޝަން ސެކިއުރިޓީން މަޢުލޫމާޔު ދެއްވި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިއަދު 15:40 ގައެވެ. އިންޑިގޯ އެއަރލައިންގެ ފްލައިޓް E6 1128 އިން ބެންގަލޫރުއަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރެއް ބަލައި ފާސްކުރުމުގެ ތެރޭގައި، އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނަށް ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓު...

އަލީ އާދިލް
ބްރިޖަކީ ރާއްޖެ-ޗައިނާގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް: ރައީސް

ބްރިޖަކީ ރާއްޖެ-ޗައިނާގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް: ރައީސް

ސިނަމާލެ ބްރިޖަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަން ދީފައިވާ މި ބްރިޖަށް ހަ އަހަރުވުމުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބްރިޖް ރަސްމީކޮށް ހުޅުވިފައި ވަނީ 30 އޯގަސްޓް 2018 ގައެވެ. އެ ބްރިޖް އެޅުމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރަށްވާފައެވެ. މި ބްރުޖަށް ހަ އަހަރުފުރުމުގެ […]

ޔުމްނާ ޢަލީ
ލަސް ޕަލްމާސް އަތުން ވެސް ރެއާލަށް ޕޮއިންޓެއް

ލަސް ޕަލްމާސް އަތުން ވެސް ރެއާލަށް ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެއެވެ. ރޭ ޕަލްމާސްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. ލީގުގައި ރެއާލުން އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް މިވަނީ އެއްވަރުވެފައެވެ. ދެ މެޗުން އެއްވަރުވެ ގެއްލުނު ހަތަރު ޕޮއިންޓާއިއެކު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން ރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ. އެއްވަނާގައި ކުޅުނު ތިން މެޗުން […]

އިބްރާހިމް ޚަލީލް
ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފި

ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފި

ތަފާތު އެކިއެކި ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީގެ ހައިކޯޓުން އަމުރުކޮށްފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ޑެލީ ހައި ކޯޓުން އަމުރުކުރީ އިންޑިއާގެ ކްރިޕްޓޯ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ މުޑްރެކްސްގެ ނަމުގައި ހިންގާ ފޭކް 38 ވެބްސައިޓް ނައްތާލުމަށެވެ. މިކަން ތަންފީޒު ކުރުމަށް އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްއަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އޯގަސްޓް 23 ވަނަ ދުވަހު ނެރުނު މި އަމުރުގައި، މި ވެބްސައިޓްތައް ހަފްތާއެއްގެ ތެރޭގައި ނައްތާލުމަށ...

އަޙްމަދު ދާއޫދު
ރަޝިއާއިން، ޔުކްރެއިންގެ ޖެޓެއް ވައްޓާލައި ޕައިލެޓް މަރާލައިފި

ރަޝިއާއިން، ޔުކްރެއިންގެ ޖެޓެއް ވައްޓާލައި ޕައިލެޓް މަރާލައިފި

ޔުކްރެއިންގެ އެފް-16 ޖެޓެއް ރަޝިއާއިން ވައްޓާލައި، ޕައިލެޓް މަރާލައިފިއެވެ. މި ޖެޓް ވައްޓާލިކަމާއި އަދި އޭގެ ޕައިލެޓް މަރުވެފައިވާކަން ޔުކްރެއިންގެ ސިފައިން ބުރާސްފަތި ދުވަހު އިއުލާން ކުރިކަމަށް ރޮއިޓާސް އިން ވަނީ ބުނެފައެވެ. މިއީ އެމެރިކާއިން އެހީގެ ގޮތުގައި ލިބުނު އެފް-16 ޖެޓްތައް މިމަހު ޔުކްރެއިނަށް ލިބުމަށްފަހު މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ. ޔުކްރެއިންގެ ޖެނެރަލް ސްޓާފުން ފޭސްބުކުގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހު ރަޝިއާގެ އަމާޒަކާ ދިމާއަށް ދަތުރުކުރަމުންދިޔަ ޖ...

އަޙްމަދު ދާއޫދު
މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފިއެވެ. އިސްރާއީލުގެ ސިފައިންގެ މި ހަމަލާގައި އީރާނުގެ އެހީތެރިކަން ލިބިގެން ހިންގާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ލޯކަލް ކޮމާންޑަރަކާއި އިތުރު 4 މީހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ތުލްކަރަމް ސިޓީގެ މިސްކިތެއްގައި ހިނގި ހަމަލާ ބަދަލު ކުރުމެއްގެތެރެއިންނެވެ. އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރާލެވުނު ކޮމާންޑަރަކީ މުޙައްމަދު ޖާބިރު ނ...

އަޙްމަދު ދާއޫދު
މާލީ މަންފާއަށްވުރެ ރައީސް އިސްކުރެއްވީ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް: ޝިޔާމް

މާލީ މަންފާއަށްވުރެ ރައީސް އިސްކުރެއްވީ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް: ޝިޔާމް

ލޭނު މަސްވެރިކަމުން ލިބެންއޮތް މާލީ މަންފާއަށްވުރެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްކުރެއްވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތައް ކަމުގައި ފިޝަރީސް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ވަޒީރުންގެ މަޖިލީހުން ނިންމެވީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ބޭއްވި، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ނަމަވެސް ލޭނު އަޅައިގެން މަސްވެރިކަން ކުރަން ސަރުކާރުން ހުޅުވައިލަނ...

އިބްރާހިމް ޚަލީލް
މިލިޔަނެއްހާ ރުފިޔާގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފި

މިލިޔަނެއްހާ ރުފިޔާގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި، މިމަހުގެ 20 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނެއްގައި އަތުލައިގަނެވުނު މި މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯންއެވެ. މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 0.666 ކިލޯގްރާމެވެ.ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 1,000,000.00 (އެއް މިލިއަން) ދިވެހި ރުފިޔާއެވެ. މިއީ ރާއްޖޭގެ މަ...

އަލީ އާދިލް
ގޮންޖެހުން ކުރިމަތިވިޔަސް ނަތީޖާ ނެރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: އެމްއެމްއޭ

ގޮންޖެހުން ކުރިމަތިވިޔަސް ނަތީޖާ ނެރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: އެމްއެމްއޭ

ދިވެހިރާއްޖޭގެ މާލީ ނިޒާމަށް ގޮންޖެހުން ކުރިމަތިވިޔަސް މާލީ ހާލަތު ރަނގަޅުވެ، ގުޅިގެން ކުރެވޭ މަސައްކަތުން އެދެވޭ ނަތީޖާއެއް ނެރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ. ފިޗް ރޭޓިންސް (ފިޗް) އިން މިއަދު ވަނީ ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން “ސީސީސީ+” އިން “ސީސީ” އަށް ބަދަލުކޮށްފައެވެ. މިއާއިއެކު ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން ފިޗުން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން […]

ޔުމްނާ ޢަލީ
އިމިގްރޭޝަނުން 2 ގަޑިއިރުތެރޭ 582 ތަނެއް ބަލާފާސްކޮށްފި

އިމިގްރޭޝަނުން 2 ގަޑިއިރުތެރޭ 582 ތަނެއް ބަލާފާސްކޮށްފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިއްޔެ މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ހަރަކާތުގައި ބިދޭސީން އުޅޭ 582 ބަލާފާސްކޮށްފިއެވެ. އިމިގްރޭޝަނުން އިއްޔެ ހަވީރު 16:00 އިން 18:00 އަށް ވަނީ މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހާއްސަ ޚަރަކާތެއް ހިންގާފައެވެ. އިމިގްރޭޝަނުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު އިއްޔެ މި ހަރަކާތް ހިންގި ދެ ގަޑިއިރުތެރޭ އެތަނުގެ އޮފިސަރުން ވަނީ މާލޭގެ އެކި ސަރަހ...

ޔުމްނާ ޢަލީ
ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ

ސްޓެލްކޯއިން ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވެސް ސަމާޓް މީޓަރާއި ދިމާއަށް މިސްރާބުޖަހައި، އަންނަ މަހުން ފެށިގެން އެ މަސައްކަތް ފަށަން ނިންމައިފިއެވެ. ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ ކުންފުނިން ވެސް ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެއެވެ. މިގޮތުން ސްޓެލްކޯއިން އަމާޒު ހިފާފައިވަނީ، އެ ކުންފުނިން ޚިދުމަތްދޭ ތަންތަނުގައި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްމާޓް މީޓަރަށް ބަދަލުކޮށް ނިން...

ޔުމްނާ ޢަލީ
ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެވިކަން އިޔާދަކުރެވޭނެ: މާލީ ވުޒާރާ

ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެވިކަން އިޔާދަކުރެވޭނެ: މާލީ ވުޒާރާ

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަންނަން ސަރުކާރުން އެކަށަހަޅާފައިވާ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުން އަޅާ ފިޔަވަޅުތަކާއެކު ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެވިކަން އިޔާދަކުރެވޭނެކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. ފިޗް ރޭޓިންސް (ފިޗް) އިން މިއަދު ވަނީ ރާއްޖޭގެ ލޯންގް ޓާމް ފޮރިން ކަރަންސީ އިޝޫއާ ޑިފޯލްޓް ރޭޓިން “ސީސީސީ+” އިން “ސީސީ” އަށް ބަދަލުކޮށްފައެވެ. މި ބަދަލުގެނައިކަން ފާހަގަކޮށް މާލީ ވިޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފިޗުން މި ރޭޓިން އެކްޝަން ނަގާފައި ވަނީ ރާއްޖ...

ޔުމްނާ ޢަލީ
ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ދިފާއީ ވަކީލަކަށް ޑެޕިއުޓީ މިނިސްޓަރެއް

ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ދިފާއީ ވަކީލަކަށް ޑެޕިއުޓީ މިނިސްޓަރެއް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކު ވަކާލާތު ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. ކުޑަކުއްޖަކާ ބެހުނުކަން ސާބިތުވެގެން ޖަލު ހުކުމެއް އިއްވާފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހައި ކޯޓަށް އިއްޔެ ވަޑައިގަތީ  އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޣިބު އަހުމަދެވެ.  ހައި ކޯޓުގައި އިއްޔެ އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ އެކަން ފާހަގަކޮށް, ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް...

ހުސައިން ހަބީބް
70 ބައިވެރިންނާއި އެކު ތިލައުތުރު ލާމަރުކަޒީ މަހާސިންތާ ދިއްދޫގައި ފަށައިފި

70 ބައިވެރިންނާއި އެކު ތިލައުތުރު ލާމަރުކަޒީ މަހާސިންތާ ދިއްދޫގައި ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ބާއްވާ “ތިލައުތުރު ލާމަރުކަޒީ މަހާސިންތާ” ފަށައިފިއެވެ. މި މަހާސިންތާއަކީ މި މަހުގެ 29 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ މިއަދު އަތޮޅު ކައުންސިލް ސްޓޭޓް ހައުސް ކޮންފަރެންސް ހޯލުގައި ވަނީ ފަށާފައެވެ. މި މަހާސިންތާގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެއެވެ. މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު  މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އިދާރީގޮތުންނާއި މާލީގޮތުން ހއ.އަތޮޅުގ...

އިބްރާހިމް ޚަލީލް