މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ބޮޑެތި މަހުޖަނުންގެ ޖުމުލަ މިލްކިއްޔާތު 10 ޓްރިލިއަން ޑޮލަރަށް

ބޮޑެތި މަހުޖަނުންގެ ޖުމުލަ މިލްކިއްޔާތު 10 ޓްރިލިއަން ޑޮލަރަށް

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ސާފު މުދާ ނުވަތަ ޖުމުލަ މިލްކިއްޔާތު 10 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ. ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ޖުމްލަ މުދާ 10 ޓްރިލިއަން ޑޮލަރަށް އަރައިފައިވާއިރު، މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ. މި ލިސްޓުގެ އެންމެ މަތީގައިވަނީ ޓެސްލާ އާއި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކެވެ. އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގު މައްޗަށް ދިއުމާ […]

އަޙްމަދު ދާއޫދު
މަރާއި ގުޅޭގޮތުން، އިމާމު ޝާފިޢީގެ ހިކުމަތުގެ ތިން ޅެން!

މަރާއި ގުޅޭގޮތުން، އިމާމު ޝާފިޢީގެ ހިކުމަތުގެ ތިން ޅެން!

މަރަކީ އިންސާނާގެ ދިރިހުރުމުގެ ނިމުމެވެ. އެހެންނަމަވެސް، އެއީ އާޚިރަތުގެ ދިރިއުޅުމުގެ ފެށުމެވެ. މަރާ ގުޅޭގޮތުން އިސްލާމީ އިލްމުވެރިން ވަނީ ގިނަގުނަ ދަރުސްތަކެއް ދެއްވަވާފަ އެވެ. އޭގެ ތެރެއިން، މަޝްހޫރު އިސްލާމީ އިލްމުވެރިއެއް ކަމުގައިވާ އިމާމު ޝާފިއީގެ ތިން ޅެމެއް މި މަޒުމޫނުގައި ބަލައިލާނަމެވެ. ފުރަތަމަ ޅެމުގައި އިމާމު ޝާފިއީ ވިދާޅުވަނީ: “އޭނާގެ ގޯތި ތެރެއަށް މަރު އައިސް ވަދެއްޖެ މީހާ، (މަރުން) ސަލާމަތް ކުރާނެ (އެހެން) ބިމެއް ނޫނީ އުޑެއް ވެސް ނުވެއެވެ.” މި ޅެމުގައި އިމާމު […]

ތިލަދުން
މެންބަރު އައްބާސް ވެލިދޫ ދާއިރާއަށް 1.1 މިލިއަން ހޭދަކޮށްފި

މެންބަރު އައްބާސް ވެލިދޫ ދާއިރާއަށް 1.1 މިލިއަން ހޭދަކޮށްފި

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް، ފާއިތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި އެ ދާއިރާއަށް ޖުމްލަ 1,177,072 ރުފިޔާ ހޭދަކޮށްފައިވާކަން ހާމަކޮށްފި އެވެ. މިއީ އޭނާއަށް މުސާރައިގެ ގޮތުގައި ލިބުނު 615,200 ރުފިޔާއަށްވުރެ ގިނަ އަދަދެކެވެ. އައްބާސް ޓްވިޓަރގައި ހިއްސާކުރި މަޢުލޫމާތުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނ. ޅޮހީގައި ހިނަވާގެއެއް ބިނާކުރުމަށް ކަމަށްވާއިރު، އެކަމަށް 478,342 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން، ދާއިރާގެ ތިން ރަށުގެ ރައްޔިތުން ކޮންމެ 15 ދުވަހަކުނ...

އަލީ އާދިލް
މިލާނުގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފި

މިލާނުގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފި

އިޓަލީގެ އުތުރުގައި އޮންނަ މަޝްހޫރު ސިޓީ އެއްކަމުގައިވާ މިލާނުގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފިއެވެ. މިއީ މި ސިޓީގެ ވައި ސާފުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ. މި އައު ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް 40 އާއި 240 ޔޫރޯ (41 އާއި 249 ޑޮލަރު) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް މި ފިޔަވަޅާ މެދު އެސިޓީގެ ބައެއް ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. “އަޅުގަނޑަށް ހީވަނީ މިއީ […]

އަޙްމަދު ދާއޫދު
އެމެރިކާގެ ސިޓީއެއްގައި ޓްރަކް ހަމަލާއެއްދީ 10 މީހުން މަރާލައިފި

އެމެރިކާގެ ސިޓީއެއްގައި ޓްރަކް ހަމަލާއެއްދީ 10 މީހުން މަރާލައިފި

އެމެރިކާގެ ދެކުނުގައިވާ ލުއިޒިއާނާ ސްޓޭޓުގައި، މިސިސިޕީ އިންވެގެން އޮންނަ ސިޓީއެއް ކަމަށްވާ ނިއު އޯލިއަންސްގައި އައު އަހަރު ފާހަގަ ކުރަމުންދިޔަ ބައެއްގެ ތެރެއަށް ޓްރަކެއް ވައްދާލައިގެން ހަމަލާދީ 10 މީހުން މަރާލައިފިއެވެ. ސްކައި ނިއުސްގެ އެމެރިކާގެ ޕާޓްނަރު ނެޓްވޯކް އެން.ބީ.ސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތުރުވެރިން ގިނައިން ޒިޔާރަތްކުރާ ސަރަހައްދެއްގަ އެވެ. ހަމަލާ ދިން ފަރާތުން ގިނަ ބަޔަކު މަރާލުމަށް ނުވަތަ ޒަހަމް ކޮށްލުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވެއެވެ...

އަޙްމަދު ދާއޫދު
ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދޭ ދޭގޮތުގެ އުސޫލު ނެރެފި

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދޭ ދޭގޮތުގެ އުސޫލު ނެރެފި

ޒަކާތު ފަންޑުން މަތީ ތަޢުލީމު ހާސިލުކުރުމަށް އެހީދިނުމުގައި ޢަމަލުކުރާނެ އައު އުސޫލެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފައެވެ. މި އުސޫލުގެ ދަށުން، ރާއްޖެއިން ބޭރަށް ކިޔަވަން ދާ ދަރިވަރުންނަށް ދެކޮޅު ޓިކެޓުގެ ޚަރަދާއި، ކޯހުގެ ޓިއުޝަން ފީ، ވިސާގެ ޚަރަދު، ކޯސް ރަޖިސްޓްރޭޝަން ޚަރަދު، އަދި ހެލްތު އިންޝުއަރެންސްގެ އިތުރުން އެސްޓެބްލިޝްމެންޓް އެލަވަންސް ދެވޭނެއެވެ. މީގެ އިތުރުން، ސްޓައިޕެންޑާއި ފޮތްތަކަށް ކުރަންޖެހޭ ޚަރަދު ވެސް މި އެހީގެ ތެރޭގައި ހިމެނޭނެއެވެ. ރާއްޖޭގައި ކިޔަވަން ހޮވޭ ދަރިވަރ...

ޔުމްނާ ޢަލީ
އަދީބަށް ހުކުމެއް، މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން މަހެއް

އަދީބަށް ހުކުމެއް، މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކަން މަހެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވި އެވެ. އޭގެ […]

ހުސައިން ހަބީބް
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފި

ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފި

ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިމަޢުލޫމާތު ދޭގޮތުގައި މިތަކެތި ވަގަށް ނަގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއަކުންނެވެ. މިމައްސަލަ ހުށަހެޅުމާއެކު، ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން މިތަކެތި ވަނީ ހޯދާފައެވެ. ވަގަށް ނެގުނު ތަކެތީގެ ތެރޭގައި އަގުބޮޑު...

އަލީ އާދިލް
މަޝްރޫއުތައް ނުފެށި އޮތުމަކީ މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުން

މަޝްރޫއުތައް ނުފެށި އޮތުމަކީ މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުން

2024 ވަނަ އަހަރު ފާއިތުވެގެންދިޔައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ އަހަރު ބަޖެޓުގައި ހިމަނައިގެން ކުޅުދުއްފުށީގައި ފެށުމަށް ނިންމާފައިވާ އެއްވެސް ކަމެއް ކުރިއަށް ގޮސްފައި ނުވުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި 2024 ވަނަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހިމަނާފައިވާ މަޝްރޫއުތަކުގެތެރެއިން ހަމަ އެންމެ މަޝްރޫއުއެއް ވެސް ނުފެށި، މައިސަރުކާރުން ކުރިން ހިންގަމުންއައި...

އިބްރާހިމް ޚަލީލް
ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ

ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެންވީކޭ އިން ކުރި ހޯދީ 6-5 ގެ ނަތީޖާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ އަލީ […]

އިބްރާހިމް ޚަލީލް
ރައީސްގެ އާ އަހަރުގެ ތަހުނިޔާ ބޭރު ޤައުމުތަކުގެ އިސްވެރިންނަށް

ރައީސްގެ އާ އަހަރުގެ ތަހުނިޔާ ބޭރު ޤައުމުތަކުގެ އިސްވެރިންނަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މީލާދީ އައު އަހަރުގެ ތަހުނިޔާ، އެކުވެރި ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށް ފޮނުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، ރައީސް ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވާނޭ ކަމުގެ އުންމީދު ކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓ...

ޔުމްނާ ޢަލީ
ޑޮލަރު މާރުކުރަން ލާޒިމްކުރާ ގާނޫނަށް އަމަލުކުރަން ފަށައިފި

ޑޮލަރު މާރުކުރަން ލާޒިމްކުރާ ގާނޫނަށް އަމަލުކުރަން ފަށައިފި

ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފާސްކުރި ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ 14 ޑިސެމްބަރު 2024 ގައެވެ. މި އައު ޤާނޫނުގެ ދަށުން، ވަކި ފަރާތްތަކަކަށް ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ މާރުކުރުން ލާޒިމްކުރެއެވެ. މި ގޮތުން މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން އަހަރަކު މަދުވެގެން 15 […]

ޔުމްނާ ޢަލީ
އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔައިފިއެވެ. އައު އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާ އަށް ވީއައިއޭ އިން މަރުހަބާކިޔާފައިވާއިރު، މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާއިން ވަނީ މީގެ ކުރީން ދިވެހިރާއްޖެއަށް 11 ފަހަރު ޒިޔާރަތްކޮށްފައެވެ. އެހެންކަމުން އެ ޢާއިލާއަކީ ޙަޤީޤަތުގައިވެސް ދިވެހި އާއިލާގެ ބައެއްކަމަށް ވީއައިއޭން ސިފަކޮށްފައިވާއިރު، ރާއްޖޭގެ ކަނޑާއި، ފަސްގަނޑާއި، ރައްޔިތުންދެކެ އެ ޢާ...

ޔުމްނާ ޢަލީ
2025 ގައި ފުރި ފުލައިޓަކަށް ދެވުނީ 2024 ވަނަ އަހަރު!

2025 ގައި ފުރި ފުލައިޓަކަށް ދެވުނީ 2024 ވަނަ އަހަރު!

ކޭތީ ޕެސިފިކްގެ ފްލައިޓެއް ހޮންގކޮންގުން 2025 ވަނަ އަހަރު ފުރައިގެން، ލޮސްއެންޖެލެސްއަށް ޖެއްސުނީ 2024 ވަނަ އަހަރުގައެވެ. އިންޓަރނޭޝަނަލް ޑޭޓް ލައިން (އައިޑީއެލް) ހުރަސްކުރަން ޖެހުމުން، މި ފްލައިޓްގައި ދަތުރުކުރި ފަސިންޖަރުންނަށް އައު އަހަރަށް ދެފަހަރު މަރުޙަބާ ކިޔުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އައިޑީއެލްއަކީ ޕެސިފިކް ކަނޑުގެ މެދުން ދަމާލެވިފައިވާ ހިޔާލީ ރޮނގެކެވެ. މި ރޮނގުން ވިދިވިދިގެން އަންނަ ދެ ތާރީޚު ވަކިކޮށްދެއެވެ. މި ފްލައިޓްގައި ދަތުރުކުރާ ފަސިންޖަރުން ހޮންގކޮންގުން ފުރީ އައު އަހަރުގެ...

އަލީ އާދިލް
ގަދަ ފިނިން ޣައްޒާގެ ރައްޔިތުންނަށް އިތުރު ވޭނެއް

ގަދަ ފިނިން ޣައްޒާގެ ރައްޔިތުންނަށް އިތުރު ވޭނެއް

ފަލަސްތީނުގެ ޣައްޒާގައި ހައްދުފަހަނަ އެޅި އިޒްރާއީލުން ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ގަދަ ފިނީގެ ސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އދ. ގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) އިން އަންގާރަ ދުވަހު ބުނެފައިވަނީ ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ޓެންޓްތަކުގައި ދިރިއުޅެމުންދާ މީހުންގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. “ހަނގުރާމައިގެ ސަބަބުން ދިރިއުޅެން ނުކުޅެދިފައިވާ މީހުން މިހާރު...

އަޙްމަދު ދާއޫދު