ތިލަދުންމަތީ ޚަބަރު ކުޅުދުއްފުއްޓަށް ފުރަން އޮތް ފުލައިޓު 16 ގަޑިއިރު ޑިލޭ! މާލެއިން ކުޅުދުއްފުއްޓަށް އިއްޔެ (ހުކުރު ދުވަހު) ހެނދުނު ފުރަން ހަމަޖެހިފައި އޮތް މޯލްޑިވިއަން އެއަރލައިންސްގެ ފުލައިޓު Q2 442 ގެ ދަތުރު 16 ގަޑިއިރަށް ޑިލޭ ވެއްޖެ އެވެ. އިއްޔެ ހެނދުނުން ފެށިގެން ވާރޭ ވެހުމުގެ ސަބަބުން މެދުރާއްޖެ ތެރޭގެ ރަށްރަށުގައި އަދި މާލޭގެ މަގުތަކާއި ހުޅުލޭގައި ވެސް ފެންބޮޑުވެފައި އޮތުމުން ދަތުރުފަތުރަށް ވަނީ ހުރަސްއެޅިފަ އެވެ. އެ ދަތުރުގައި ބައިވެރިވި ޒުވާނަކު މީސްމީޑިޔާގައި ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އެދަތުރުގެ ބައިވެރިން ހެނދުނު 07:30 ގައި ޗެކް-އިން ފަށާއި […... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ޒަރޫރީކަމެއްގައި ނޫނީ ބޮޑެތި އުޅަނދުތައް ނުދުއްވަން އެދިއްޖެ މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން އެދޭކަމަށް ފުލުހުން ބުންޏެވެ.... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ވީއައިއޭ އަށް މިރޭ ބާއްވާ ބަސް ދަތުރުތައް އިތުރުކޮށްފި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް، އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތުގެ ވަގު މިރޭ 1:00 އާއި ހަމައަށް އިތުރުކޮށްފިއެވެ. އެމްޓީސީސީން ބުނީ މިއަދަކީ ވީއައިއޭ އަށް ވަރަށް ބާރުބޮޑު ދުވަހަކަށްވެފައި އަދި މޫސުން ވެސް ގޯސް ދުވަހަކަށްވުމުން، އެ ކުންފުނިން ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތުގެ ވަގު މިރޭ 1:00 އާއި ހަމައަށް ދެމުންދާނެ ކަމަށެވެ. މިގޮތަށް ދަތުރުތަކުގެ ވަގުތު އިތުރުކުރީ އަދިވެސް ގިނަ ބަޔަކު އެއާޕޯޓުން ގެއަށް ދިޔުމަށް ދަތިތައް […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފްލެމިންގޯތައް އަނެއްކާވެސް ކުޅުދުއްފުއްޓަށް ކުޅުދުއްފުށި ސިޓީގައި އޮންނަ ހިތްގައިމު މަށިކުޅިއަށް ފްލެމިންގޯ ޒިޔާރަތްކުރަން ފަށައިފިއެވެ. އިއްޔެ ރާއްޖެއަށް އިރުވައި މޫސުން ފެށިފައިވާއިރު، މޫސުން ބަދަލުވުމާއި ގުޅިގެން ރާއްޖެއަށް އެކިބާވަތުގެ ދޫނި އަބަދުވެސް ހިޖުރަކުރެއެވެ. ރާއްޖެއަށް ފުރަތަމަ ފްލެމިންގޯ ހިޖުރަކޮށްފައި ވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު ފުރަތަމަ މި ދޫނި ފެނިފައި ވަނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ އަތޮޅުންނެވެ. އެއަށްފަހު ކުޅުދުއްފުށީ ކުޅިންނާއި ފުނަދޫ ކުޅިން ވެސް މި ދޫނި ވަނީ ފެނިފައެވެ. މި ދޫނި މި […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ މުޅި މާލޭގައި ފެން ބޮޑުވެއްޖެ މިހާރު ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ހެން ފެން ބޮޑުވެއްޖެއެވެ. މާލެ އަށް ދަނީ މިއަދު ހެނދުނުއްސުރެ ހެން ވާރޭ ވެހެމުންނެވެ. މި ވިއްސާރާގައި މާލޭގެ ގިނަ ސަރައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ބޮޑުތަކުރުފާނުމަގުން ފަތާ ޓްރެކް ސަރައްދުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި ހަަމައަށް ވަރަށްބޮޑަށް ފެން ބޮޑުވެފައިވާއިރު، އައިޖީއެމްއެޗް ހޮސްޕިޓަލުން ފެށިގެން ވެސް ބޮޑު ސަރަހައްދަކަށް ކަކުލާއި ހަމައަށް ވަނީ ފެން ބޮޑުވެފައެވެ. ވާރޭ ވެހެމުން އާންމުގޮތެއްގައި ފެންބޮޑުވާ އައިޖީއެމްއެޗް ހޮސްޕިޓަލާއި،... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ދީން ޤުރްއާނާ ދުރުވުމުން މުސްލިމުން ދީނާ ދުރުވެފައި: ހުކުރު ޚުޠުބާ މިއަދު އަހުރެމެން ދީނާ ދުރުވެފައިވަނީ، ޤުރްއާން ކިޔަވައި ތިލާވަތު ކުރުމާއި ދުރުވުމުންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މުސްލިމުން ކީރިތި ޤުރްއާން ކިޔެވުމާއި ތިލާވަތު ކުރުމުން ދުރުވެފައިވާކަމަށް ފާހަގަކުރެވޭކަމަށާއި މިކަމުގެ ސަބަބުން މުސްލިމުން ދީނާ ދުރުވެ، ޣައިރު މުސްލިމުންގެ ކުރިމަތީގައި ނިކަމެތިވެފައިވާކަމަށް ޚަޠީބު ވިދާޅުވިއެވެ. ޚުޠުބާގައި، ކީރިތި ޤުރްއާނަކީ މުސްލިމުންގެ ހިތާއި ފުރާނައިގެ ކާނާކަމަށާއި، ބަލިތަކަށް އޮތް ޝިފާއެއްކަމަށް ބަޔާންކުރެވުނެވެ. އަދި ޤުރްއާނަކީ މާތްﷲ އި... އަލީ އާދިލް · 1 އަހަރު ކުރިން
ކޮލަމް މަނަދޫގެ ތިން މީހަކު ގެއްލި އެކަކު ސަލާމަތްވި ހާދިސާ ދުވަހަކީ މީލާދީން 1957 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހެވެ. އެއީ ހިޖުރައިން 1376 ވަނަ އަހަރުގެ ޖުމާދަލްއައްވަލް މަހުގެ 29 ވަނަ ދުވަހެވެ. ވެލިދޫގޭ މޫސައިދީ (މޫސާ ދީދީ) ގެ “ކުރަނގި” ދޯނިން 9 މީހަކު މަހަށް ދިޔައެވެ. އޭގެތެރޭގައި ހިމެނެނީ މަނަދޫ ހަތަރު މީހުންނާއި ކަނޑޫދޫ ދެ މީހުންނާއި މިލަދޫ މީހަކާއި ފޯކައިދޫ މީހަކާއި ގުޅީ މީހެކެވެ. މި އެންމެންނަކީ ވެސް އާންމުކޮށް މަހަށްގޮސް އުޅޭ ކަނޑުމައްޗަށް ފަރިތަ ބައެކެވެ. ހުރިހާ […] ޢަބްދުﷲ ސަޢީދު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަލިފާންރޯވެ ހިރިމަރަދޫ ސްކޫލް އޮފީސް އަނދާ ހުލިވެއްޖެ ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާއެއްހިނގައި، އެތަން އަނދާ ހުލިވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބުނީ، ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ވަގުތު ކަމަށާއި، އެ އޮފީހުގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތުލިބި އަލިފާން ނިއްވުމުގެ މަސައްކަތް ފެށިފައި ވަނީ 1:30 ހާއިރު ކަމަށެވެ. ވަހީދު އިތުރަށް ބުނީ ރަށުގެ ކުދިބޮޑު އެންމެން ނުކުމެ ބާލިދީން ފެންޖަހައިގެންނާއި، ކަ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ބައެއް އަތޮޅުތަކަށް އޮރެންޖު އިންޒާރު، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގައި ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އިންޒާރު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި އަތޮޅުތަކަށް ނެރުނު ސަމާލުގެ މެސެޖުގެ ޗަގުތަކީ 15:00 އިން މިރޭ 19:00 އަށެވެ. މި ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ފެން ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ. މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް: ހުދު ސަމާލު: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ދެ ރަށަކަށް އުދައަރައިގެން، ހަތަރު ރަށެއްގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދެ ރަށަކަށް އުދައަރައިގެން، ހަތަރު ރަށެއްގައި ފެން ބޮޑުވެގެން މިހާތަނަށް ރިޕޯޓު ލިބިފައިވާކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ. އެންޑީއެމްއޭ އިން ބުނީ، ބޯކޮށް ވާރޭ ވެހުމާާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް ހަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓު ލިބިފައިވާ ކަމަށެވެ. އުދައަރައިގެން ފެން ބޮޑުވެގެން ރިޕޯޓުކޮށްފައި ވަނީ ށ.ނަރުދޫ އަދި ރ. އިނގުރައިދޫ އަށެވެ. ވާރޭ ވެހި ފެންބޮޑުވެގެން ރިޕޯޓުކޮށްފައި ވަނީ ދ. ކުޑަހުވަދޫ، ދ.މީދޫ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ނަރުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ ށ.ނަރުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ނަރުދޫއަށް އުދައަރަމުންދާތާ ތިން ދުވަސްވަރު ވެފައިވާއިރު، ރޭ އެރި އުދާގައި ރަށުގެ 12 ވަރަކަށް ގެއަށާއި، ކައުންސިލް އިމާރާތަށާއި އަދި ފެނަކަ އިމާރާތަށް ވަނީ ލޮނުވަދެފައެވެ. މީގެ އިތުރުން ރަށުގެ ދަނޑުބިންތަކަށް، ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަނީ ވަރަށް ބޮޑަށް ލޮނުގެ އަސަރުކޮށް، ގެއްލުންތައް ވެފައެވެ. މިކަމާއި ގުޅިގެން ނަރުދޫން ”ތިލަދުން” އަށް މައުލޫމާތު ދިން މީހަކު ބުނީ ގެތަކަށް ވަންނަމުން ދިޔަ ލޮނު ރައްކާތެރިވުމަށް ރަށުގެ ރައްޔިތުން […... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ކުޑަކުދިންގެ ފޮޓޯ މީސްމިޑިޔާއަށް ނުލާން ޖަރުމަނު ފުލުހުން އެދެފި ފޭސްބުކްފަދަ މީސްމިޑިޔާގެ މަންސަތަކަށް އާންމުކޮށް ފެންނާނެހެން ކުޑަކުދިންގެ ފޮޓޯތައް ނުލުމަށް އެދި ޖަރުމަނު ފުލުހުން ބެލެނިވެރިންނަށް އިންޒާރުކޮށްފި އެވެ. ޖަރުމަނު ފުލުހުން މިގޮތަށް އިންޒާރުކޮށްފައި ވަނީ އެ އިދާރާގެ ފޭސްބުކް ޕޭޖް ގައެވެ. ޖަރުމަނު ފުލުހުން ބުނީ ކުޑަކުދިންނާބެހޭ މީހުން ކުދިންގެ ފޮޓޯ އެކި ގޮތްގޮތަށް ބޭނުން ކޮށްފާނެ ކަމަށެވެ. އަދި ކުދިން ބޮޑުވެގެން އަންނައިރު، އާންމުވެފައިވާ އެކުދިންގެ ތުއްތު އިރުގެ ފޮޓޯ އަކާއި މެދު ލަދުގަންނަން ޖެހިދާނެ ކަމަށާއި މިއީވެސް ބެލެނިވެރިން ވިސްނަންޖެހޭ ކ... މުޙައްމަދު އިބްރާޙިމް (ފީރޯޒް) · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކަނޑުތައް ވަރަށް ގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށްފި މިއަދު އުދަ އަރާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ހުދު ސަމާލު ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ށ އަތޮޅުން ފެށިގެން މ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މީގެ އިތުރުން ރ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ރީނދޫ ސަމާލުވެސް ވަނީ ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 6:00 އިން 10:00 އާ ދެމެދު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށެވެ. އަދި […] އަލީ އާދިލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާގައި އައިފޯނުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެމެރިކާގެ ޓެކްނޮލޮޖީ މައި ކުންފުނި އެޕަލްއިން ޗައިނާގެ މާކެޓުގައި ވާދަވެރިކަން އިތުރުވަމުން ދިޔުމާ ގުޅިގެން، އެ ގައުމުގައި އައިފޯނުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ. މިގޮތުން އެންމެ ފަހުގެ އައިފޯން މޮޑެލްތަކުގެ އަގުން 500 ޗައިނާ ޔުއާން (68.50 ޑޮލަރު) އަށްވުރެ ބޮޑު އަދަދެއް ހެޔޮކޮށްފައިވެއެވެ. އެޕަލްގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޕްރޮމޯޝަން 4 ޖެނުއަރީން ފެށިގެން 7 ޖެނުއަރީއާ ހަމައަށް ކުރިއަށްދާނެ އެވެ. އަދި ވަކި ޕޭމަންޓް މެތަޑްތަކެއް ބޭނުންކޮށްގެން ގަންނަ އައިފޯނުތަކަށް މި […... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ އަތޮޅު ކައުންސިލަށް ވޭނެއް ހޯދަނީ ހދ. އަތޮޅު ކައުންސިލަށް ވޭނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ބާޠިލްކޮށް، އަލުން މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ރަޖިސްޓަރ ވާންޖެހޭނެއެވެ. ރަޖިސްޓަރ ވުމަށް ހދ. އަތޮޅު ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ […] އަލީ އާދިލް · 1 އަހަރު ކުރިން