މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އަލިފާން ނިއްވަން ދިޔަ ފުލުހުންނަށް ފެނުނީ ކެނެބިސް ދަނޑެއް

އަލިފާން ނިއްވަން ދިޔަ ފުލުހުންނަށް ފެނުނީ ކެނެބިސް ދަނޑެއް

އިނގިރޭސިވިލާތުގެ ބްރައިޓަން ސިޓީގައި ހުރި ގެއެއްގައި ރޯވި އަލިފާން ނިއްވުމަށް ދިޔަ ފުލުހުންނަށް އެތަނުން ކެނެބިސް ދަނޑެއް ފެނިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ބީކަންސްފީލްޑް މަގުގައި ހުރި އެޕާޓްމަންޓެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ލިބުނީ އިއްޔެ ހަވީރު 3:50 ގައެވެ. އަލިފާން ނިއްވުމަށް ދިޔަ ފަޔަރ އޮފިސަރުންނަށް ގެއަށް ވަދެވުނީ ވަރަށް އުނދަގޫކޮށް ކަމަށް ފަޔަރ އޮފިސަރުން ބުނެއެވެ. އަލިފާން ނިއްވުމަށްޓަކައި އެގެ ހުރިމަގު ބަންދުކުރަން ޖެހިފައިވާ...

އަޙްމަދު ދާއޫދު
އުރީދޫގެ ގޯލްޑަން ފުޓްސަލް ޓެންޓަށް ޒިޔާރަތް ފުރުސަތު

އުރީދޫގެ ގޯލްޑަން ފުޓްސަލް ޓެންޓަށް ޒިޔާރަތް ފުރުސަތު

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ސޭލް ޓެންޓަށް ޒިޔާރަތްކުރުމަސް ފުރުސަތު ހުޅުވާލައިފިއެވެ. މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖާ ގުޅިގެން ހުޅުމާލެ ރެހެންދި ޓާފްގައި ޤާއިމްކޮށްފައިވާ މި ސޭލް ޓެންޓުން އުރީދޫގެ އެކިއެކި ޚިދުމަތްތައް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އުރީދޫއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޚިދުމަތް ލިބެން ހުންނާނީ ކޮންމެ ރެއަކު 8:00 އިން 11:00 އާ ހަމައަށެވެ. އަދި ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށްދާ ދުވަސްތަކުގައި އުރީދޫ ޓެންޓުނ...

އިބްރާހިމް އަސްވާޤް
އެމްއެމްޕީއާރްސީގެ ބޯޑު ބައްދަލުވުން އުކުޅަހުގައި

އެމްއެމްޕީއާރްސީގެ ބޯޑު ބައްދަލުވުން އުކުޅަހުގައި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބޯޑުގެ ބައްދަލުވުން މިއަދު އއ. އުކުޅަހުގައި ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އުކުޅަސް ކޮންވެންޝަން ސެންޓަރުގަ އެވެ. އުކުޅަހުގެ ކައުންސިލުން ވަނީ އެމްއެމްޕީއާރްސީގެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި ބޯޑު ޑައިރެކްޓަރުން އެރަށުގެ ކައުންސިލްއާއި އަދި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ...

އަލީ އާދިލް
ސްޓެލްކޯ އާއި އާރްޑީސީގެ އެހީތެރިކަމާއެކު، ޕަމްޕް ހައްލުކޮށްފި

ސްޓެލްކޯ އާއި އާރްޑީސީގެ އެހީތެރިކަމާއެކު، ޕަމްޕް ހައްލުކޮށްފި

މާލޭގެ މާފަންނު ސަހަރާގައި ހަދާފައިވާ ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަން ނުވަތަ ފެން ހިންދާ ނިޒާމަށް ލިބުނު ގެއްލުން ވަގުތީގޮތުން ހައްލުކޮށްފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މާލެއަށް ވިއްސާރަކޮށް ފެންބޮޑުވާ ކޮންމެ ފަހަރަކު ވެސް އެކި ހިސާބުތަކުގައި ހުރި ވާރޭ ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް އިންސްޕެކްޓުކޮށް، އެ ތަންތަން ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލައެވެ. މިއަދު މާލޭގައި ފެންބޮޑުވުމާ ގުޅިގެން މާފަންނު ޕަމްޕް ސްޓޭޝަން ބެލި އިރު، އެ ސްޓޭޝަނާއި އެއާ ގުޅާފައ...

އަލީ އާދިލް
ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް 59 އަހަރު މީހަކު ފެނިއްޖެ

ގެސްޓް ހައުސްއެއްގައި މަރުވެފައި އޮތް 59 އަހަރު މީހަކު ފެނިއްޖެ

މާލޭގެ ހެންވޭރު ސަރަޙައްދުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފާޚާނާއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ ގެސްޓު ހައުސްއެއްގައި މީހަކު މަރުވެފައިވާކަމުގެ މަޢުލޫމާތު މިއަދު މެންދުރުފަހު 2:04 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮތް މީހާއަކީ އައްޑޫ ސިޓީ ހުޅުދޫ، ބޮކަރުމާގޭ، ޢަބްދުﷲ ޒަކީ (59 އަހަރު) އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން […]

އަލީ އާދިލް
އެސްޓިއޯ "ރަމަޟާން ބާޒާރު" ބޮޑެތި އިނާމުތަކާއެކު ފަށައިފި

އެސްޓިއޯ "ރަމަޟާން ބާޒާރު" ބޮޑެތި އިނާމުތަކާއެކު ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ޚާއްސަކޮށް ބާއްވާ “ރަމަޟާން ބާޒާރު” ޕްރޮމޯޝަން މިއަހަރު ވެސް ބޮޑެތި އިނާމުތަކާއެކު މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަހަރުގެ ރަމަޟާން ބާޒާރުގައި ޚާއްސަ ގިނަ ޑިސްކައުންޓްތަކަކާއި އިނާމުތަކެއް ހިމެނިފައިވެއެވެ. މީގެ ތެރޭގައި ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދިނުމާއި، 500 ރުފިޔާއިން މަތިން ކުރާ […]

އިބްރާހިމް އަސްވާޤް
ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި

ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ގެއްލުން ދީފި

ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ކަރަންޓު ޓްރާންސްފޯމަރުތަކަކަށް ބަޔަކު ރޭ ގެއްލުން ދީފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ހުޅުމާލެ 2 ގައި ހުންނަ ހައި-ވޯލްޓޭޖް (އެޗްވީ) ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްދުގައި ގެއްލުން ދިނުމުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުރީ ބައުންޑަރީ ފާރެއް ލައި، ޑަބަލް ލޮކެއް ވެސް ލައި ސެކިއުރިޓީ [...

އަލީ އާދިލް
ރައީސް ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާއަށް

ރައީސް ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާއަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާއަށް އަންނަ ހޯމަ ދުވަހު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވަނީ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅު ކުރިއަށްދާނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފ...

އަލީ އާދިލް
މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މާލޭގައި ފެންބޮޑުވުން: 7 ގޭބިސީ އެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ރޭ މާލެއަށް ވެހުނު ވާރޭގައި ފެންބޮޑުވެ އެހީތެރިކަމަށް ޖެހުނު 7 ގޭބިސީ އެއްގެ 44 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިންމުގެ އިންތިޒާމު ހަމަޖައްސައިދީފިއެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އެމީހުންނަށް މި އިންތިޒާމް ހަމަޖައްސައިދިނީ އެއް ދުވަހަށް ކަމަށެވެ. ”މިފަރާތްތައް ބަދަކުކުރެވުނީ މިގެތަކުގެ ފާޚާނާތަކުން ނަޖިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫ އަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަށް ގޮސްފައިވާތީ” އެންޑީއެމްއޭއިން ބުންޏެވެ. މި ވިއްސާރ...

ޙުސައިން ޝަހުދީ
މާލޭގައި ފެންބޮޑުވުން: 104 ގެއަކަށް ސިފައިން އެހީވެއްޖެ

މާލޭގައި ފެންބޮޑުވުން: 104 ގެއަކަށް ސިފައިން އެހީވެއްޖެ

ވިއްސާރާގައި މާލޭގައި ފެންބޮޑުވެ މިހާތަނަށް 104 ގޭބިސީއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ރޭ މެންދަމު މާލެއަށް ވެހެންފެށި ވާރެ ފަތިހު ވަނީ ހުއްޓާލާފައެވެ. ނަމަވެސް މި ވާރޭގައި މުޅި މާލޭގައި ހެން ފެންބޮޑުވިއެވެ. އެމްއެންޑީއެފުން މިއަދު ހެނދުނު 10:22 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން ގޭތަކަށް ފެންވަނުމުން ރަށްކާތެރިކޮށ...

ޙުސައިން ޝަހުދީ
ޓްރަމްޕާ ބައްދަލުކުރައްވަން ޕުޓިން ތައްޔާރު: ކްރެމްލިން

ޓްރަމްޕާ ބައްދަލުކުރައްވަން ޕުޓިން ތައްޔާރު: ކްރެމްލިން

ރަޝިޔާގެ ރައީސް ވްލަޑިމީރު ޕުޓިން، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ކްރެމްލިންގެ ސްޕޯކްސްޕާސަން ދިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެއެވެ. މޮސްކޯގައި ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި، މިފަދަ ބައްދަލުވުމަކަށް ރަޝިޔާއިން އެއްވެސް ޝަރުތެއް ކަނޑައަޅާފައިވޭތޯ އެއްސެވުމުން، ޕެސްކޮވް ވިދާޅުވީ ހަމައެކަނި ދެފަރާތުގެ ޝައުގުވެރިކަން އޮތުން ފުދޭނެ ކަމަށެވެ. “މިކަމަށް އެއްވެސް ޝަރުތެއް ބޭނުމެއް ނުވޭ. ބޭނުންވަނީ ހަމައެކަނި ދެފަރާތުން ވެސް...

އަޙްމަދު ދާއޫދު
ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި

ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 109 ގުރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން އަތުލައިގެން ފައި ވަނީ 109 ގުރާމުގެ ހިރޮއިންއެވެ. މިތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަގުން އެތެރެކުރަން އުޅެނިކޮށެވެ. ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އެކި ފަހަރުމަތިން ކަސްޓަމްސްގެ މަސައްކަތުން އަންނަނީ އަތުލައިގަންނަމުންނެވެ. ރާއްޖޭގެއަށް އައިސް ގޮސްވާ އުޅަނދުފަހަރާއި،...

ޔުމްނާ ޢަލީ
ޗައިނާގެ އަންހެނަކު ބަލިވެއިންކަން އެނގުނުތާ ހަތަރު ގަޑިއިރު ތެރޭ ވިހައިފި

ޗައިނާގެ އަންހެނަކު ބަލިވެއިންކަން އެނގުނުތާ ހަތަރު ގަޑިއިރު ތެރޭ ވިހައިފި

ޗައިނާގެ ހަންގްޒޯ ސިޓީގައި ދިރިއުޅޭ 36 އަހަރުގެ އަންހެނަކަށް އޭނާ ބަލިވެއިންކަން އެނގުނުތާ 4 ގަޑިއިރު ތެރޭގައި ފިރިހެން ކުއްޖަކު ވިހައިފިއެވެ. ގޮންގް ނަމަކަށް ކިޔާ މި އަންހެނާއަށް ކުރިން ޑޮކްޓަރުން ބުނެފައިވަނީ އޭނާއަކަށް ދަރިއަކު ލިބޭނެ ކަމަށް ނުފެންނަ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގޮސްފައިވަނީ ލޭގެ ޕްރެޝަރ ބޮޑުވެގެން ފަރުވާ ހޯދުމަށެވެ. ނަމަވެސް ޑޮކްޓަރުންނަށް ދެން އެނގުނީ އޭނާ ބަލިވެއިންތާ 34 ހަފްތާ ވެފައި ކަމެވެ. “ޗާއޯ ނިއުސް” އިން ރިޕޯޓު ކުރި ގޮތުގައި، ގޮންގް […]

އަޙްމަދު ދާއޫދު
ޓްރަމްޕް ކުށްވެރިވި ނަމަވެސް އަދަބެއް ނުދިން

ޓްރަމްޕް ކުށްވެރިވި ނަމަވެސް އަދަބެއް ނުދިން

އޮރިޔާން ފިލްމްކުޅޭ އަންހެނެއްކަމަށްވާ ސްޓޯމީ ޑޭނިއަލްސްއަށް ފައިސާ ދިން މައްސަލައިގައި އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުރި ވިޔަފާރި ފްރޯޑްގެ 34 ދަޢުވާއިން ކުށްވެރިވެފައިވާ އިއްޔެ އެމެރިކާގެ ކޯޓުން ނިންމައިފިއެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަޕް ކުރި މި ޢަމަލު ސާބިތުވަކަމަށް ނިންމިނަމަވެސް އޭނާގެ މައްޗަށް އެއްވެސް އަދަބެއް ނުދޭން ވަނީ ނިންމާފައެވެ. މިގޮތުން ފަނޑިޔާރު ޖުއާން މާޗަން އިއްވި ޙުކުމުގައި، ޖަލު އަދަބެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ  ޕްރޮބ...

އަޙްމަދު ދާއޫދު
މާލޭގައި ފެންބޮޑުވުން: 27 ގެއަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

މާލޭގައި ފެންބޮޑުވުން: 27 ގެއަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ވިއްސާރާގައި މާލޭގައި ފެންބޮޑުވެ 27 ގޭބިސީއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން މާލޭގެ ދެ ސަރަހައްދެއްގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މިހާތަނަށް 27 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ފަތިހު 5:31 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނެފަވެއެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން...

ޙުސައިން ޝަހުދީ