ބައިނަލްއަގުވާމީ 29،000 އޭކަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށް ލޮސް އެންޖެލަސްގައި މިވަގުތު ގިނަ ސަރަހައްދުތަކެއް އަނދަމުންދާ އަލިފާނުގެ ހާދިސާއިން މިހާތަނަށް 29،000 އެކަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި އަޅިއަށްވެއްޖެއެވެ. މިއީ 20،000 ފުޓްބޯޅަ ދަނޑަށްވުރެ ބޮޑު ސަރަހައްދެކެވެ. ގަދަ ވައިގެ ސަބަބުން އަލިފާން އިތުރަށް ފެތުރެމުންދާއިރު، މިވަގުތާ ހަމައަށްވެސް އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި، މިސަރަހައްދުގެ ގިނަ ގޭބިސީތަކުގެ އަލިފާނުގެ އިންޝުއަރެންސް ކުރިން އުވާލެވިފައިވުމާއެކު، ގެދޮރު ގެއްލުނު އާއިލާތަކަށް އެ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ކުޅިވަރު ޕެނަލްޓީ ޖަހައިގެން ބަލިވެ، ޔުނައިޓެޑް އަތުން އާސެނަލް ކަޓައިފި އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ އާސެނަލްއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބަލިވެ، މުބާރާތުން އާސެނަލް ކަޓައިފިއެވެ. ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. އިތުރުވަގުތުގެ ދެހާފު ކުޅެ ނިމުނުއިރު ވެސް ނަތީޖާއަށް ބަދަލުނައުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޔުނައިޓެޑުން އާސެނަލްގެ މައްޗަށް ކުރި ހޯދީ 5-3 ގެ ނަތީޖާއިންނެވެ. މި […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްލާމްދީނަށް ފުރައްސާރަކުރި ލަންކާގެ ހަރުކަށި ބުޑިސްޓަކު ޖަލަށް ސްރީލަންކާގެ ހަރުކަށި ބުޑިސްޓް ދީނީ އިސްވެރިއެއް ކަމުގައިވާ ގަލަގޮޑައާތޭ ގްނާނަސާރާ އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނީ ރުޅިވެރިކަން އުފެއްދުމުގެ ކުށް ސާބިތުވެ 9 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. ކޮލޮމްބޯ މެޖިސްޓްރޭޓް ކޯޓުން މި ޙުކުމް ކޮށްފައިވަނީ، އޭނާ 2016 ވަނަ އަހަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ބޯޑު ބަލަ ސޭނާ ކިޔާ ގައުމިއްޔަތުވާދީ ޖަމާއަތުގެ އިސްވެރިއެއް ކަމުގައިވާ ގްނާނަސާރާއަކީ، ކުރިންވެސް މުސްލިމުންނާ ދެކޮޅު އަނިޔާވެރި ޢަމަ... އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ ދޫކޮށް، ދޮންކޮޅު ޕީއެންސީއަށް ސޮއިކޮށްފި އަހުމަދު ރަޝީދު (ދޮންކޮޅު) މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދޫކޮށް، ސަރުކާރުގެ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިއްޖެ އެވެ. ޕާޓީގެ ފޯމު އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހަވާލު ކޮށްފައިކަމަށް ޕީއެންސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. މި ކަމަށްޓަކައި މުލިއާގޭގައި ވަނީ ކުޑަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ […] އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދާތާ މަސް ދުވަސް ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ މަހެއްހާ ދުވަސް ވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާތަނަށް މަހެއްހާ ދުވަސްވެފައިވާއިރުވެސް އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ހޯދަމުންދަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 41 އަހަރުގެ އުމޭޝް މާންޖީއެވެ. އޭނާ ގެއްލިފައިވަނީ 2024 ޑިސެންބަރު 14 ވަނަ ދުވަހުގެ ހެނދުނު 7:00 އެހާކަންހާއިރު، އޭނ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ކުރިއަށް އޮތް 6 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ރީތިވިނަމަވެސް، ކުރިއަށް އޮތް 6 ދުވަހު މޫސުން ގޯސްވާނެ ކަމަށެވެ. މެޓް އޮފީހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ އިރުމައްޗަށް ވާގޮތަށް ސްރީލަންކާގެ ދެކުނުގައިއާއި ރާއްޖޭގެ ހުޅަނގުގައި ވެސް ކޮޅިގަނޑެއް އުފެދިފައިވެއެވެ. މި ކޮޅިގަނޑުގެ ބާރު […] އިބްރާހިމް އަސްވާޤް · 1 އަހަރު ކުރިން
ރާއްޖެ އިސްލާމިކް މިނިސްޓަރު ސަޢޫދީގެ ޙައްޖު މިނިސްޓަރާ ބައްދަލުކުރައްވައިފި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު އަދި ޢުމްރާ މިނިސްޓަރު ޑރ. ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވައިފި އެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިޑިއާތަކަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، މި ބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފަ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ މައަންހެން ކުދިންތަކެއްގެ އަތުގައި ހިފުމުން ޖޫރިމަނާއެއް މަގުމަތިން ދިޔަ އަންހެން ކުދިންތަކެއްގެ އަތުގައި ހިފި މީހަކު 6,000ރ. އިން ޖޫރިމަނާކުރަން ސ. ފޭދޫ ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ ހަފުތާގައި ފޭދޫ ކޯޓުން އެގޮތަށް ހުކުމްކުރީ އެރަށު ޒުވާނަކު އޮގަސްޓް, 2022 ގައި ސައިކަލަކުން ދިޔަ ދެ އަންހެން ކުއްޖެއްގެ އަތުގައި ހިފައި އަދި އެއް ކުއްޖެއްގެ މޭމަތީގައި އަތްލި މައްސަލާގަ އެވެ. އެ މީހާގެ މައްޗަށް ދައުލަތުން ކުރީ ގައިގައި އަތްލުމުގެ ދައުވާ އެވެ. އެ މީހާއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ ހިޔާ ޓަވަރަކުން މީހަކު ވެއްޓިއްޖެ ހުޅުމާލޭ ފޭސް ދެއެއްގައި ހުންނަ ހިޔާޓަވަރަކުން މީހަކު ވެއްޓިއްޖެއެވެ. ފުލުހުން ބުނިގޮތުގައި މީހަކު ވެއްޓިފައި ވަނީ ހިޔާ ދެވަނަ ޓަވަރުގެ ތިންވަނަ ފަންގިފިލާއިންނެވެ. އެމީހާއަށް އަނިޔާވެފައިވާއިރު، މިހާރު އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ފުލުހުން ބުނީ މިކަން ތަހްގީގުކުރަމުން އަންނަކަމަށެވެ. ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ސްޕޯޓްސް ކާރު އެކްސިޑެންޓް: ކާރު ދުއްވި މީހާ ތިން މަހަށް ޖަލަށް ހުޅުމާލޭގައި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ކާރު ދުވި މީހާގެ މައްޗަށް ތިން މަހުގެ ޖަލު ހުކުމެއް އިއްވައި، 70،000ރ. އިން ޖޫރިމަނާކޮށްފި އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ކާރު ދުއްވަން […] ހުސައިން ހަބީބް · 1 އަހަރު ކުރިން
ރާއްޖެ ޕެކޭޖެއްގެ ތެރޭ ފޮރުވައިގެން ޑްރަގް އެތެރެކުރި މީހަކު ހައްޔަރުކޮށްފި ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްތެރޭ ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ / ހ. ކަފުރުތޮޅިގެ، ޢަލީ އަމީން (32އ) ކަމަށެވެ. އޭނާގެ މައްޗަށް ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކޮށް ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. މި ތުހުމަތާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ފެޑްއެކްސް ކުރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފަ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ 128 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ސަޢޫދީ އެއަރޕޯޓަށް 2024 ވަނަ އަހަރު 128 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ސަޢޫދީ އެއަރޕޯޓުން ދަތުރުކޮށްފިއެވެ. ރިޔާދުގައި ބޭއްވުނު 15 ވަނަ އެވިއޭޝަން ސެކްޓަރ ސްޓިއަރިންގ ކޮމިޓީގައި ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރު ސައުދީ އެރޭބިއާގެ އެއަރޕޯޓުތަކުން ދަތުރުކުރި ފަސިންޖަރުންގެ އަދަދު 15 އިންސައްތަ އިތުރުވެ، 128 މިލިއަނަށް އަރާފައިވެއެވެ. މިއީ ކޮވިޑް-19 ކުރިން ހުރި އަދަދަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2024 ގައި ފްލައިޓްތަކުގެ އަދަދު 11 އިންސައްތަ އިތުރުވެ 902،000 އަށް އަރާފައިވާއިރު، […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވިޔަސް (37) ” ދަރިފުޅު މާ އަވަހަށް އުއްމީދު ކަނޑާލަނީ. ބައްޕަ ބުނާ ގޮތެއް ހަދާ. ތި ރުޅިގަނޑު މައިތިރިކޮށްފައި ނަދީމްއާ ވާހަކަ ދައްކަބަލަ. ދެ އަނތްބަށް އިނދެގެން ވެސް އެކުގައި އުޅެން ބޭނުމޭ ބުނޭ. ނަދީމްގެ ބޮލަށް އެރިގެން މިކޮޅަށް އޭނަ ގެނެވޭތޯ ބަލާ! އޭރުން އޭނަ އަނބުރާ ރާއްޖެއެއް ނުފޮނުވާނަން.! އަވަހަށް މި ބުނި ގޮތަށް ކަންތައް ކުރޭ.” މަހުދީ ހިޔާލު ދިނެވެ. ލޮލުން ކަރުނަ ފުހެލަމުން ޒައިނާ ފޯނު ބޭއްވީ ބައްޕަ ދިން ހިޔާލަށް ރުހިގެންނެވެ. […] ސަލާމާ ޢަބްދުލް ޢަލީމް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ސިޓީ، ޗެލްސީ އަދި ލިވަޕޫލް ހަތަރުވަނަ ބުރަށް އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީއާއި ލިވަޕޫލާއި ޗެލްސީ، މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ސިޓީ ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއިން ތިން ވަނަ ޑިވިޝަނުގެ ސަލްފޯޑް ބަލިކޮށްފައެވެ. މިއީ ސިޓީން 2019 ވަނަ އަހަރަށް ފަހު މުބާރާތެއްގައި ހޯދި އެންމެ ބޮޑު މޮޅެވެ. ރޭ މެޗުގައި މެކަޓީ ތިން ލަނޑުޖަހައި ހެޓްރިކް ހެދިއިރު، ޑޮކޫ ވަނީ ދެ […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ މެލޭޝިއާގެ ދެޑޮކްޓަރަކު ހަ މިލިއަން ރިންގިޓް އިން ޖޫރިމަނާކޮށްފި ޑޮކްޓަރުންގެ އިހުމާލުން އަންހެނަކު މަރުވި މައްސަލާގައި މެލޭޝިއާގެ ދެ ޑޮކްޓަރަކު ހަ މިލިއަން ރިންގިޓް އިން ޖޫރިމަނާކޮށްފިއެވެ. މެލޭޝިއާގެ ކްލާންގ ހައިކޯޓުން އިއްޔެ ނިންމި ޙުކުމެއްގައި، 2019 ވަނަ އަހަރު ޝާން ކްލިނިކް އެންޑް ބަރތް ސެންޓަރުގައި ދެވަނަ ދަރިފުޅު ވިހެއުމަށްފަހު ޕުނިތާ މޯހަން ނަމަކަށް ކިޔާ އަންހެނަކު ނިޔާވި މައްސަލާގައި ދެ ޑޮކްޓަރުންނާއި ތިން ނަރުހުންގެ މައްޗަށް ކުށް ސާބިތުވެފައި ވެއެވެ. މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި ގޮތުގައި، ޑރ. މުނިއާންޑި ޝަންމުގަމް އަދި ޑރ. […] އަޙްމަދު ދާއޫދު · 1 އަހަރު ކުރިން