މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި

އެމްޑީޕީން ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން  މި މަހުގެ 31 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވަން  ނިންމައިފިއެވެ. އެމްޑީޕީން ސިޔާސީ ބޮޑު އެއްވުމެއް ބާއްވަން ނިންމީ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމު ގައެވެ. ރިޔާސަތުން އެ މައްސަލަ ހުށައެޅުމުން ހުރިހާ މެންބަރުން އެކަމަށް ތާޢީދު ކުރިއެވެ. މިހާރު ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތަކަކީ ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ގާނޫނުއަސާސީގެ ބާރު ކެނޑުވާލުމަށް ގެނެސް ފައިވާ ބަދަލުތަކެއް ކަމަށް އެމްޑީޕީއިން ބުނެއެވެ. […]

އިސްމާއިލް މޫސާ
ވަށަފަރާއި މުރައިދޫ އަދި މާރަންދުއަށް ފުރަތަމަ މޮޅު، އިހަވަންދޫއަށް ދަށް ފެށުމެއް

ވަށަފަރާއި މުރައިދޫ އަދި މާރަންދުއަށް ފުރަތަމަ މޮޅު، އިހަވަންދޫއަށް ދަށް ފެށުމެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ވަށަފަރާއި މުރައިދޫ އަދި މާރަންދޫއިން ފުރަތަމަ މޮޅު ހޯދިއިރު އިހަވަންދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ގްރޫޕް އެކެއްގައި ރޭ އިހަވަންދޫއާއި މުރައިދޫ ބައްދަލުކުރި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބުކުރީ މުރައިދޫންނެވެ. މި މެޗުގައި މުރައިދޫއަށް ލަނޑުތައް ޖަހައިދިނީ އިޔާން އަހްމަދު ރަޝީދު، އަހްމަދު ނައުފަލް، އައިރޫން އަހްމަދު ރަޝީދު އަދި އަބްދުﷲ ހިޝާމްއެވެ. ހިޝާމް […]

އިބްރާހިމް ޚަލީލް
ލުބުނާންގެ ސިފައިންގެ އިސްވެރިޔާ އެގައުމުގެ ރައީސަކަށް

ލުބުނާންގެ ސިފައިންގެ އިސްވެރިޔާ އެގައުމުގެ ރައީސަކަށް

ލުބުނާންގެ ޕާލަމެންޓުން މިއަދު އެ ޤައުމުގެ ސިފައިންގެ އިސްވެރިޔާ ޖޯސެފް އައުން ރައީސްކަމަށް އިންތިޚާބުކޮށްފިއެވެ. އައުން އެމަޤާމަށް އިސްކޮށްފައި މިވަނީ 2022 ވަނަ އަހަރުން ފެށިގެން ލުބުނާންގެ ރައީސްގެ މަޤާމް ހުސްވެފައި އޮތުމަށްފަހުގައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި 60 އަހަރުގެ އައުންގެ އެމަޤާމަށް އިންތިޚާބު ވުމުން ފާހަގަކޮށްދެނީ އިރާނުގެ ބާރުގަދަ އެހީތެރިޔާ، ހިޒްބުﷲގެ ނުފޫޒު އެގައުމުގައި މިހާރު ދަށްވެފައިވާކަމެވެ. މިއީ އިޒްރޭލާ އެކު ހިނގި ހަނގުރާމައިގައި ހިޒްބުﷲއަށް ލިބުނު ބޮޑު ގެއްލުމާއި، ސީ...

އަޙްމަދު ދާއޫދު
ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަނީ

ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަނީ

ސަފާރީއަކުން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ކަނޑަށް ވެއްޓިގެން ރިޕޯޓުކޮށްފައި ވަނީ “ނޯތު 07” ނަމަކަށް ކިޔާ ސަފާރީއެއްގައި މީހެކެވެ. އެމީހާ ކަނޑަށް ވެއްޓުނުއިރު ސަފާރީ އޮތީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައެވެ. “ނޯތު 7 ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ދަރުރުކުރަ...

ޔުމްނާ ޢަލީ
ޗާޑްގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލާއެއްގައި 19 މަރު

ޗާޑްގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލާއެއްގައި 19 މަރު

އެފްރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ޗާޑްގެ ރިޔާސީ ގަނޑުވަރަށް އިއްޔެ ރޭ ދިން ހަމަލާއެއްގައި 19 މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަމަލާދިން 18  މީހުންނާއި ސިފައިންގެ މީހަކެވެ. މި ހަމަލާ ދިން ވަގުތު ރައީސް މަހަމަތު ދެބީ އިޓްނޯ ހުންނެވީ ގަނޑުވަރުގައި ކަމަށް ޗެޑްގެ ސަރުކާރުން ބުނެފައިވެއެވެ. ސަރުކާރުގެ މީޑިއާއިން މިއަދު ހާމަކުރި ގޮތުގައި މި ހަމަލާގައި 6 މީހުން ހައްޔަރުކުރެވިފައިވާއިރު، ސިފައިންގެ 3 މީހަކަށް ޒަޚަމްތަކެއް ލިބިފައިވެއެވެ. ޗެޑްގެ ފޮރިން މިނިސްޓަރު […]

އަޙްމަދު ދާއޫދު
ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާ ބަޔަކު ސަލާމަތްކޮށްފި

ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާ ބަޔަކު ސަލާމަތްކޮށްފި

ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ 7 މީހަކު މިއަދު ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅެނިކޮށް ޗައިނާގެ 7 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 18:26 ގައެވެ. ގެއްލުނު ފީނުންތެރިން ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ވ. ފުލިދޫ ލޯންޗަކަށް ކަނޑުމަތިން އެ 7 މީހުން ފެނި، އެމީހުން ސަލާމަތްކޮށްފައިވާކަމަށް […]

ޔުމްނާ ޢަލީ
ހދ. އަތޮޅު ރައީސްކަމަށް ކުރިމަތިލީ ވަހީދު އެކަނި، އިންތިހާބު ވެއްޖެ

ހދ. އަތޮޅު ރައީސްކަމަށް ކުރިމަތިލީ ވަހީދު އެކަނި، އިންތިހާބު ވެއްޖެ

ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް މުޙައްމަދު ވަޙީދު އިންތިޚާބުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކޮށްފި އެވެ. މިއީ 2025 ފެބްރުއަރީ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ހަމައެކަނި ކުރިމަތިލާފައިވާ ފަރާތެވެ. ވަޙީދު ކުރިމަތި ލެއްވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ޓިކެޓުގަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އިންތިޚާބު ކުރަންޖެހޭ އ...

އަލީ އާދިލް
މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެ

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެ

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބުނެފި އެވެ. ސްޓެލްކޯއިން މީސްމީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި، އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސަކްކަތްތަކެއް ކުރަމުންދާތީ މާދަމާ މާލެއާއި ހުޅުމާލޭގެ އެކިސަރަހައްދުތަކުން ކަރަންޓް ކެނޑޭނެކަމަށެވެ. ހުޅުމާލޭގެ ފޭސް 2 ގައި ބަހައްޓާފައިހުރި 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒްކުރުމަށްޓަކައި މާދަމާ ހެނދުނު 6 އާއި 8 އާއި ދެމެދު ކަރަންޓްގެ ޚިދުމަ...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
މަޝްއަރު އުމްރާ ގުރޫޕުގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފި

މަޝްއަރު އުމްރާ ގުރޫޕުގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފި

މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރެއްވި ގޮތުގައި މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގެ ތަޙުޤީގު ނިންމާ މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާ ކުރުމަށް 2 ޑިސެމްބަރ 2024 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެކަމަށެވެ. މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްއާގުޅ...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
މިއަހަރަށް މަޖިލިސް ހުޅުވުން އަންނަ މަހުގެ 6ގައި

މިއަހަރަށް މަޖިލިސް ހުޅުވުން އަންނަ މަހުގެ 6ގައި

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާނީ އަންނަ މަހުގެ ހަ ވަނައަށް ވާ ބުރާސްފަތި ދުވަހު ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ. އެއިދާރާއިން ބުނެފައިވަނީ، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވާފައިވާކަމަށާއި މިޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ފެށިފައިވާ ކަމަށެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޤައުމުގެ ޙާލަތާއި، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން...

މުޙައްމަދު އިބްރާޙިމް (ފީރޯޒް)
އެމެރިކާގެ ލޮސް އެންޖެލަސްގައި ރޯވެފައިވާ އަލިފާންގަނޑު ބާރަށް ފެތުރެނީ

އެމެރިކާގެ ލޮސް އެންޖެލަސްގައި ރޯވެފައިވާ އަލިފާންގަނޑު ބާރަށް ފެތުރެނީ

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލަސް ސިޓީގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރެމުންދާއިރު މިހާތަނަށް 5 މީހުން މަރުވެއްޖެއެވެ. މިޑިއާ ރިޕޯޓުރައް ބުނާގޮތުގައި، ހާހަކަށްވުރެއް ގިނަ އިމާރާތް ހަލާކުވެ، 130،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެއެވެ. އަންގާރަ ދުވަހު ރޯވި މިއަލިފާންގަނޑުގައި ގޭގެއާއި މަގުތަކުގައި އަލިފާން ރޯވެ، 42 އަކަމޭލުގެ (108 އަކަ ކިލޯމީޓަރު) ސަރަހައްދެއް އަންދާލާފައިވެއެވެ. ބުދަ ދުވަހުގެ ރޭ ވަނީ ޕެސިފިކް ކަނޑުގެ އައްސޭރިފަށުން ފެށިގެން ޕަސަޑީނާއަށް...

އަލީ އާދިލް
އަލްހިޖްރައިގެ އުމްރާ ހުއްދަ ހިފަހައްޓައި ޖޫރިމަނާކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

އަލްހިޖްރައިގެ އުމްރާ ހުއްދަ ހިފަހައްޓައި ޖޫރިމަނާކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑުން ޢުމްރާވެރިން ހާލުގައި ޖައްސާފައިވާމައްސަލައެއް ފެންމަތިވުމުން، އެ ކުންފުންޏާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރަށް ފައިސާ ދެއްކި ނަމަވެސް، އެ ފައިސާއިން ޢުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އަލ...

އަލީ އާދިލް
ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް އެދިއްޖެ

ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް އެދިއްޖެ

ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން 2025 ޖަނަވަރީ 9 އަދި 10 ވަނަ ދުވަހު މާލޭގެ 1 ނަންބަރު ޖެޓީ އާއި 2 ނަންބަރު ޖެޓީން މާލެއަށް އަރާ ފޭބުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންވެ އެސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވާނެކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ. ‘’އެހެންކަމުން އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކު...

ޔުމްނާ ޢަލީ
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެ: ރައީސް

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ރޯދަ މަހުގެ ކުރިން އިއުލާންކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގަައި އިމާރަތްކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމުކުރަން މީގެ ކުރީން އެކި ތާރީޚްތައް ދިން ނަމަވެސް އަދިވެސް އެ ލިސްޓް އޮތީ އާންމު ނުކޮށެވެ. އެ ލިސްޓާމެދު ކުރިމަތިލި ފަރާތްތަކުން ދިގު އިންތިޒާރެއް ކުރަމުން އަންނައިރު، އެ ލިސްޓް އާންމު ނުކުރެވިދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 […]

ޔުމްނާ ޢަލީ
މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މީހުން އިތުރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މީހުން އިތުރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމުގެ މަސައްކަތް ފަށައިގެން މި ސަރުކާރުން މިހާރު ކުރިއަށް އެބަގެންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާާޅުވީ، ހުވަދު އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. ދެއްވަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދެއްވަދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސްވެރިނ...

ޔުމްނާ ޢަލީ