އޮސްޓްރޭލިއާގެ މޮޑެލްއަކަށް ކުޅުދުއްފުށީގައި ނަފްސާނީ ސިއްހަތަށް ހާއްސަ "މަނަސް ހަބް" ހުޅުވައިފި
ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި، ހާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ ރައްކާތެރި އިޖުތިމާއީ މާހައުލެއް ބިނާކުރުމުގެ މަގުސަދުގައި، އެ ސިޓީ ކައުންސިލުން އިސްނަގައިގެން ގާއިމުކުރި “މަނަސް ހަބް” ރަސްމީކޮށް ހުޅުވައިފިއެވެ. ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހުޅުވި މި ހަބް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ. މި މަރުކަޒަކީ މުޖުތަމައުގެ އިޖ...