މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ޕަޕުއާ ނިއު ގިނީއަށް M5.2 ގެ ބިންހެލުމެއް އަތުވެއްޖެ - 22 މިނިޓު ކުރިން
  • ބިންހެލުމުގެ ޚަބަރު މިޑް-އިންޑިއަން ރިޖަށް M5.2 ގެ ބިންހެލުމެއް އަތުވެއްޖެ - 22 މިނިޓު ކުރިން

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫއަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދޭނަން: ރައީސް

އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫއަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދޭނަން: ރައީސް

އަންނަ އަހަރުގެ ބަޖެޓުގައި ބިލެތްދޫގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަންދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ހުކުރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހި...

ޔުމްނާ ޢަލީ
ޗެލްސީ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަޖެހުމެއް

ޗެލްސީ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަޖެހުމެއް

މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ރޭ ދުނިޔޭގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް ހޯދި މޮޅާއިއެކު އެ ޓީމަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ފާއިތުވި ސީޒަންތަކުގައި ޔުނައިޓެޑްގެ ފަރާތުން ޖުމްލަ ގޮތެއްގައި އަމިއްލަ ދަނޑުގައި ވެސް ފެނިގެން ގޮސްފައިވަނީ ދަށް ނަތީޖާ ތަކެކެވެ. ނަމަވެސް އެ ޓީމުން އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ […]

އިބްރާހިމް ޚަލީލް
ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ވ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ގާއިމުކޮށްފި އެވެ. ރަކީދޫގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން...

އަލީ އާދިލް
ކުޅުދުއްފުށީ ސަޕޯޓަރުންގެ ނުގުޑާ އަޒުމާއި ޖޯޝުން މުޅި ޕިޗު ކުޅިވަރުގެ ރޫހުން ގުގުމާލައިފި

ކުޅުދުއްފުށީ ސަޕޯޓަރުންގެ ނުގުޑާ އަޒުމާއި ޖޯޝުން މުޅި ޕިޗު ކުޅިވަރުގެ ރޫހުން ގުގުމާލައިފި

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް 2025 ގައި، ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ޖޯޝާއި ރޫހުން މުޅި ކުޅޭ ބިމަށް ވަނީ ހޫނުކަމެއް ގެނެސްދީފައެވެ. މި މުބާރާތަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތް ކަމަށް ވުމުން، މި މުބާރާތް ކުޅުދުއްފުށީގައި ހޯސްޓު ކުރަން ލިބުނު ފުރުސަތާއެކު، ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ. މި ސެޕްޓެމްބަރ މަހު 22 އާއި ހަމައަށް […]

އައިޝަތު އައިނީ އާމިރު
ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިއްޖެ

ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިއްޖެ

ވ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަށް މިއަދު ދަންނަވައިފިއެވެ. އެރަށު ރައްޔިތުން މިގޮތަށް އެދުނީ ރައީސް މިއަދު އެރަށަށް ކުރެއްވި ޒިޔާރާތުގައި ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ބޭއްވެވި މަޝްވަރާގައެވެ. ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު ރަކީދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ އިޖުތިމާޢީ ތަރައްޤީ...

ޔުމްނާ ޢަލީ
މިލަންދޫގައި "އާބާދު 25 ރަސްމީ ޖަލްސާ" ބާއްވައިފި

މިލަންދޫގައި "އާބާދު 25 ރަސްމީ ޖަލްސާ" ބާއްވައިފި

ށ. މާކަނޑޫދޫ މީހުން ށ. މިލަންދޫއަށް ބަދަލުވިތާ 25 އަހަރު ފުރުމާއި ގުޅިގެން އެ ރަށުގައި ރިހި ޔޫބިލް ފާހަގަކުރުމަށް “އާބާދު ރަސްމީ ޖަލްސާ” ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. މިގޮތުން މި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލާއި، މިލަންދޫ ކައުންސިލްގެ ރައީސް ގެ އިތުރުން ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގައި [...

އައިޝަތު އައިނީ އާމިރު
ކެޔޮދޫގެ ބިންހިއްކަން ފެށުން އަންނަ އަހަރު، ޑޮލަރު އޭޓީއެމެއް ވެސް ބަހައްޓާނެ

ކެޔޮދޫގެ ބިންހިއްކަން ފެށުން އަންނަ އަހަރު، ޑޮލަރު އޭޓީއެމެއް ވެސް ބަހައްޓާނެ

ވ. (ފެލިދެއަތޮޅު) ކެޔޮދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ފެލިދެއޮތޮޅު ކެޔޮދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢ...

ޔުމްނާ ޢަލީ
ޑްރަގު ބޭނުންކުރަމުންދާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުންދާ މައްސަލައެއް

ޑްރަގު ބޭނުންކުރަމުންދާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުންދާ މައްސަލައެއް

ކޮންޓްރޯލްކުރެވޭ ބޭހެއް ކަމުގައިވާ ބިއުޕްރެނޯފިން މަސްތުވާތަކެއްޗަށް ދެވިހިފާ ފަރާތްތަކަށް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ. އެ އެޖެންސީއިން މިކަން ހާމަކުރެއްވީ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ލުބްނާ ވިދާޅުވެފައިވާ ގޮތުގައި، އެންޑީއޭއަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ބިއުޕްރެނޯފިން ބޭސް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ވިއްކ...

ޔުމްނާ ޢަލީ
ޤާނޫނާއި ޚިލާފު ކަންކަންކުރަން އެއްވެސް ބަޔަކަށް ފުރުޞަތެއް ނުދޭނަން: ރައީސް

ޤާނޫނާއި ޚިލާފު ކަންކަންކުރަން އެއްވެސް ބަޔަކަށް ފުރުޞަތެއް ނުދޭނަން: ރައީސް

ޤާނޫނު މުގުރާފައި، ޤާނޫނާ ޚިލާފަށް ކަންކުރަން، މި ޤައުމުގައި އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއޮތޮޅު ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެމަނ...

ޔުމްނާ ޢަލީ
ޕޯޗުގަލުން ވެސް ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

ޕޯޗުގަލުން ވެސް ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް އަދި އިނގިރޭސިވިލާތާއެކު، ޕޯޗުގަލުން ވެސް ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފިއެވެ. ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި، ޕޯޗުގަލްގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ މި ބަލައިގަތުން އޮންނާނީ އާދީއްތަ ދުވަހު ކަމަށެވެ. އެއީ އދ. ގެ ޢާންމު މަޖިލީހުގައި ފަލަސްޠީނު ދައުލަތަކަށް ހެދުމާ ގުޅޭ މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމުގެ ކުރީ ދުވަހެވެ. “ފަލަސްޠީނު ދައުލަތް ޕޯޗުގަލުން ބަލައިގަންނާނެކަން ޚާރިޖީ ވުޒާރާއިން ކަށަވަރުކުރަން، ރަސްމީކޮށް ބަލައިގަތުން އ...

ނާޒިމާ އަލީ
ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތެއް ނުދޭނަން: ރައީސް

ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތެއް ނުދޭނަން: ރައީސް

ސިޔާސީ ބޭނުމެއްގައި ތަކެތީގެ އަގުބޮޑުކުރުމަށް ދެން ފުރުޞަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު އިއްޔެ ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއޮތޮޅު ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފެލިދޫގައި އައިޑީކާޑުގެ ޚިދުމަތް ފެށިގެން ދިޔުމުން ރާއްޖޭގެ ހުރިހާ އަތޮޅެއ...

ޔުމްނާ ޢަލީ
އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ ޖެނޮސައިޑް މައްސަލައިގައި ބްރެޒިލް އިން ރަސްމީކޮށް ބައިވެރިވެއްޖެ

އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ ޖެނޮސައިޑް މައްސަލައިގައި ބްރެޒިލް އިން ރަސްމީކޮށް ބައިވެރިވެއްޖެ

ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓު (އައި.ސީ.ޖޭ) ގައި ދެކުނު އެފްރިކާ އިން އިސްރާއީލާ ދެކޮޅަށް ޣައްޒާ ސަރަޙައްދުގައި ޖެނޮސައިޑް ކޮންވެންޝަންގެ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އުފުލާފައިވާ މައްސަލައިގައި، ބްރެޒިލް އިން ރަސްމީކޮށް ތަދައްޚުލުވުމުގެ އިޢުލާނެއް (އިންޓަވެންޝަން) ހުށަހަޅާފައިވާ ކަމަށް ހުކުރު ދުވަހު ކޯޓުން އިޢުލާނުކޮށްފިއެވެ. މިކަމުގެ ސަބަބުން، ޣައްޒާގެ މައްސަލައަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން އިތުރުވެ، ޤާނޫނީ ގޮތުން އިތުރު ބާރެއް ލިބިގެންދާނެއެވެ. އައި.ސީ....

ނާޒިމާ އަލީ
ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ފަށައިފި، ހުރިހާ އަތޮޅަކުން މިހާރު އައިޑީކާޑުގެ ޚިދުމަތް ލިބޭނެ

ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ފަށައިފި، ހުރިހާ އަތޮޅަކުން މިހާރު އައިޑީކާޑުގެ ޚިދުމަތް ލިބޭނެ

ފެލިދެއަތޮޅު ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް މިހާރުވަނީ ޤާއިމުކުރެވިފައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައެވެ. މި ޖަލްސާގައި ފެލިދޫގައި އައި.ޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ވަނީ ރަސްމީކޮށް އިފްތިތާޙުކުރު...

ޔުމްނާ ޢަލީ
ފެލިދޫގައި އަންނަ އަހަރު 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފަށަނީ

ފެލިދޫގައި އަންނަ އަހަރު 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފަށަނީ

ވ. ފެލިދޫގައި އަންނަ އަހަރު 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއޮތޮޅު (ވ.އަތޮޅު) ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ފެލިދޫގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ މ...

ޔުމްނާ ޢަލީ
ވ.ތިނަދޫގައި އަންނަ މާރިޗުމަހުގެ ކުރިން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްދެނީ

ވ.ތިނަދޫގައި އަންނަ މާރިޗުމަހުގެ ކުރިން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްދެނީ

ފެލިދެ އަތޮޅު (ވ.އަތޮޅު) ތިނަދޫގައި އަންނަ މާރިޗުމަހުގެ ކުރިން ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތް ގާއިމުކޮށްދެއްވައި، އެރަށު ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސްދެއްވާނެކަމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ވ. ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ. ވ. ތިނަދޫ ބަނދަރު ސަރަޙައްދުގަ...

ޔުމްނާ ޢަލީ