މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދިއްދޫ ފިޓްނަސް ސެންޓަރު ތަރައްޤީކުރަން އާރުޑީސީއަށް

ދިއްދޫ ފިޓްނަސް ސެންޓަރު ތަރައްޤީކުރަން އާރުޑީސީއަށް

ހއ. ދިއްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްޓަަކައި މިއަދު ވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މިގޮތުން މި ރަސްމިއްޔާތުގައި ދިއްދޫގައި ފިޓްނަސް ސެންޓަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޟް އެވެ މީގެ...

އައިޝަތު އައިނީ އާމިރު
ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އަށް ލޯ މެޑަލް

ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އަށް ލޯ މެޑަލް

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ތިންވަނަ މަގާމު ހޯދައި މުބާރާތުގެ ލޯ މެޑަލް ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމުން ހޯދައިފިއެވެ. މިގޮތުން، މި މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް ކާމިޔާބުކޮށްފައިވަނީ 25-20 ގެ ތަފާތަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުން ރަނގަޅު ފެށުމެއް ދައްކައި ރާއްޖެ ޓީމުން ވަނީ ކުރި ހޯދައި 22-12 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓު ބަންގްލަދޭޝް ޓީމުން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓުން ރާއްޖެ ކުރިހޯދައި، […]

އައިޝަތު އައިނީ އާމިރު
މީހުން ބަދަލުކުރުމުގެ އެއްވެސް ކަމެއް އެރަށެއްގެ ރައްޔިތުންގެ މަޝްވަރާއާއި އެކު ނޫނީ ނުކުރާނަން: ރައީސް

މީހުން ބަދަލުކުރުމުގެ އެއްވެސް ކަމެއް އެރަށެއްގެ ރައްޔިތުންގެ މަޝްވަރާއާއި އެކު ނޫނީ ނުކުރާނަން: ރައީސް

ރަށަކުން މީހުން ބަދަލުކުރުމުގެ އެއްވެސް ކަމެއް އެރަށެއްގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެކު ނޫނީ ނުކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު މުލަކުތޮޅު ރަތްމަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގައެވެ. ރަށު ކައުންސި...

ޔުމްނާ ޢަލީ
ބާރަށު މަސްޖެޓީ އާއި ލަފާފުރާ ޖެޓީގެ މަރާމާތު ސަރވޭ، ޑިޒައިން ރިޕޯޓް ސަރުކާރާއި ހަވާލުކޮށްފި

ބާރަށު މަސްޖެޓީ އާއި ލަފާފުރާ ޖެޓީގެ މަރާމާތު ސަރވޭ، ޑިޒައިން ރިޕޯޓް ސަރުކާރާއި ހަވާލުކޮށްފި

ހއ. ބާރަށު މަސްޖެޓީ އާއި މިހާރު ލަފާފުރުމަށް ބޭނުން ކުރަމުންގެންދާ ޖެޓީގެ މަރާމަތު މަސައްކަތުގެ ސަރވޭ އަދި ޑިޒައިން ރިޕޯޓު ސަރުކާރާއި ހަވާލުކުރެވިފައިވާކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. މެންބަރު ޝުޖާއު މިހެން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮތުން ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައެއެވެ. އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވެފައިވަނީ، ޑެންމާކް އެމް.ޓީ ހޯގަރޑް ކުންފުނީގެ ސީ.އެސް.އަރ ގެ ދަށުން ސަރވޭ އަދި ޑިޒައިންގެ މަސައްކަތް ކުރި ބާރަށު މަސްޖެޓީ އާއި، މި...

އައިޝަތު އައިނީ އާމިރު
ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ތަރައްގީއާއި އާބާދީ އެއްފަސްކުރުމަށްވެސް މުހިންމު ދުވަސްތަކެއް: ރައީސް

ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ތަރައްގީއާއި އާބާދީ އެއްފަސްކުރުމަށްވެސް މުހިންމު ދުވަސްތަކެއް: ރައީސް

ކުރިއަށް އޮތީ ގެދޮރުވެރިކަމުގެ ދާއިރާއިން ރަށުގެ ތަރައްޤީއަށް، އަދި އާބާދީ އެއްފަސްކުރުމަށްވެސް މުހިންމު ދުވަސްތަކެއްކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ދިއްގަރަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، މ. ދިއްގަރަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަ...

ޔުމްނާ ޢަލީ
އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް

އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް

އަންނަ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް، ރާއްޖޭގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން އުޅޭ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މުލަކަތޮޅު މުލަކަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ، 2028 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ރާއްޖޭގެ ހުރިހާ...

ޔުމްނާ ޢަލީ
ރައީސް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

ރައީސް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާއިން ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުން، “ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް” އެއް އުފައްދަވައިފިއެވެ. ރައީސް އޮފީހުން މިއަދު ޢާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި ކައުންސިލް އުފައްދާފައިވަނީ، ރާއްޖެއަކީ “ޑިޖިޓަލް-ފަސްޓް ނޭޝަން” އަކަށް ހެދުމުގެ ޤައުމީ ތަސައްވުރު، “މޯލްޑިވްސް 2.0” ޙަޤީޤަތަކަށް ހެދުމަށްޓަކައެވެ. މި ކައުންސިލް އުފައްދާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. މި ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ، “...

ޔުމްނާ ޢަލީ
ބާސާއިން ފަސޭހަކަމާއިއެކު ގެޓާފޭ ބަލިކޮށްފި

ބާސާއިން ފަސޭހަކަމާއިއެކު ގެޓާފޭ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިހާރު ރިނޮވޭޝަންގެ މަސައްކަތް ކުރަމުން އަންނަ ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މި ސީޒަން ފެށުނުއިރު މެޗުތައް ކުޅެން ފެށުމުގެ އުންމީދު އޮތް ނަމަވެސް ތާވަލުކޮށްފައިވާވަރަށް މަސައްކަތް ކުރިއަށް ނުދިޔުމާއި ގުޅިގެން އަދި އޮތީ އެ ދަނޑުގައި މެޗުތައް ކުޅެން ނުފެށިއެވެ. ވުމާއިއެކު ރޭ ބާސާގެ ހޯމް މެޗު […]

އިބްރާހިމް ޚަލީލް
މުލަކުގައި މަސްވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް

މުލަކުގައި މަސްވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް

ރައީސް ޑރ. މުހައްމަދު މުޢިއްޒު، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ އިޤްތިޞާދީ ތަރައްޤީއަށް، ޚާއްސަކޮށް މަސްވެރިކަން ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ގިނަގުނަ މަސައްކަތްތަކުގެ މައުލޫމާތު ދެއްވައިފިއެވެ.   މި ބައްދަލުވުން ބާއްވާފައިވަނީ އެމަނިކުފާނު މުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. މަސްވެރިކަން ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް: ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މުލަކުގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި މުހިންމު ބައެއް މަޝްރޫޢުތައް މިހާރުވެސް ކުރިއަށ...

ޔުމްނާ ޢަލީ
ގާޑިއޯލާއަށް ދަށް ރެކޯޑެއް، ޕޮއިންޓަކުން އާޓޭޓާއަށް ނުފުދުނު!

ގާޑިއޯލާއަށް ދަށް ރެކޯޑެއް، ޕޮއިންޓަކުން އާޓޭޓާއަށް ނުފުދުނު!

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަކީ، ޓީމް ލައްވައި ޕޮޒިޝަން ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ކޯޗެކެވެ. ނަމަވެސް ރޭ އާސެނަލްއާއި ދެކޮޅަށް ސިޓީއަށް ގޭމް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. މުޅި މެޗަށް ބަލާއިރު އެ ޓީމަށް ބޯލް ޕޮޒިޝަން ހިފެހެއްޓިފައި ވަނީ އެންމެ 33% އެވެ. މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިހާތަނަށް އެ ޓީމު އެންމެ ދަށްކޮށް […]

އިބްރާހިމް ޚަލީލް
މެގަ ހޯރަ ބޯޓު ފުންކޮށްފި

މެގަ ހޯރަ ބޯޓު ފުންކޮށްފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އެރި ހއ. ދިއްދޫ މެގަ ހޯރަ ބޯޓް މިއަދު ހެނދުނު ފުންކޮށްފިއެވެ. މި ބޯޓު ފުންކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުކަމަށް މައުލޫމާތު ލިބިއެވެ. ރޭ މި ބޯޓު ފަރަށް އެރިއިރު 61 މީހުން ބޯޓުގައި ދަތުރުކުރިއެވެ. މި ބޯޓު ފުން ކުރުމަށް ބޯޓުގައި ހުރި ބަރު މުދާތައް ވަނީ ކަންނެލި ދެ ދޯންޏަކަށް އަރުވާފައެވެ. ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން […]

ޔުމްނާ ޢަލީ
އދ.އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ބައިވެރިއެއް: ރައީސް

އދ.އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ބައިވެރިއެއް: ރައީސް

އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބައިވެރިއެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވަނީ، މީގެ ފަސްދޮޅަސް އަހަރު ކުރިން ދިވެހިރާއްޖެ އދ. ގެ މެމްބަރު ޤައުމަކަށް ވުމަކީ، ރާއްޖެއަށް ލިބުނު އުއްމީދަކާއި އަޒުމެއްގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން އެކި ޤައުމުތަކާ ގުޅުން ބަދަހިކު...

ޔުމްނާ ޢަލީ
ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ

ފ.މަގޫދޫ އެއާޕޯޓްގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަނީ

ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސްޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. މިކަމުގެ ޔަގީންކަން ދެއްވާފައިވަނީ އެމަނިކުފާނު ހުކުރު ދުވަހު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި، އިއްޔެ ފ. މަގޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފ. މަގޫދޫ އިޖުތިމާޢީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކ...

ޔުމްނާ ޢަލީ
މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި

މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އަރާފައިވާ ހއ. ދިއްދޫ މެގަ ހޯރަ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިފައިން ބުނެފިއެވެ. މެގަ ހޯރަ މާލޭގެ ނޯތު ހާބަރުން ފުރީ އިއްޔެ ހެނދުނު 11:59 ގައެވެ. އެ ބޯޓު ފަރަށް އަރާފައި ވަނީ ރޭ 12:10 ޖަހާކަށް ހާއިރުއެވެ. މި ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން ދަތުރުތައް ކުރަމުން އަންނަ 98 ފޫޓްގެ އުޅަނދެކެވެ. ދިއްދޫ މެގަ ހޯރަ ބޯޓު […]

ޔުމްނާ ޢަލީ
ޕޯޗުގަލުން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފި

ޕޯޗުގަލުން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފި

ޕޯޗުގަލުން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ. މިކަން އިއުލާނު ކުރީ އެ ގައުމުގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންގެލް އާދީއްތަ ދުވަހުއެވެ. ނިއު ޔޯކުގައި ހުންނަ އދ. އަށް ޕޯޗުގަލްގެ ދާއިމީ މިޝަންގެ މަރުކަޒުގައި ނޫސްވެރިންނާ މުޚާޠަބުކުރައްވަމުން ރަންގެލް ވިދާޅުވީ ފަލަސްޠީނު ދައުލަތް ގަބޫލުކުރުމަކީ ޕޯޗުގަލްގެ ޚާރިޖީ ސިޔާސަތުގެ އަސާސީ، ދެމެހެއްޓެނިވި އަދި މުހިންމު ސިޔާސަތެއް ތަންފީޒުކުރުން ކަމަށެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރަންގެލް ވިދާޅުވީ ދެމެހެއްޓެނިވި އަދި ޢަދުލުވެރި ސުލްޙައަ...

ނާޒިމާ އަލީ