ޣައްޒާއަށް އެހީ ހިފައިގެންދާ އުޅަނދުތަކަށް ހަމަލާދޭތީ ރައްކާތެރިކަން ދޭން އިޓަލީން މަނަވަރެއް ފޮނުވައިފި
ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދާ ބޯޓުފަހަރަކަށް އިސްރާއީލުން ޑްރޯން ހަމަލާއެއް ދިނުމާއި ގުޅިގެން، އެ ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިޓަލީވިލާތުން އެޤައުމުގެ ނޭވީގެ މަނަވަރެއް ފޮނުވައިފިއެވެ. ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ބޯޓުފަަހަރަށް ހަމަލާދީފައިވަނީ ގްރީސްގެ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ރޭގަނޑެއްގެ ވަގުތެއްގައެވެ. “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ ނަމުގައި އޮޕަރޭޓްކުރާ މި ބޯޓުފަހަރުގައި 50 އަށް...