ބައިނަލްއަގުވާމީ ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް އިނގިރޭސިވިލާތުގެ އާންމުންގެ ތާއީދު މައްޗަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް އެގައުމުގެ އާންމު ރައްޔިތުންގެ ތާއީދު އިތުރުވަމުންދާކަމަށް އިނގިރޭސިވިލާތުގެ މަޝްހޫރު ހޯދުންތަކާއި ތަފާސްހިސާބުގެ ކުންފުންޏެއް ކަމަށްވާ ޔޫގޮވްއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މިކަމާ ދެކޮޅަށް ތިބި މީހުންގެ އަދަދަށްވުރެ މިކަމަށް ތާއީދުކުރާ މީހުންގެ އަދަދު މަތިވެފައިވާކަން މި ދިރާސާއިން ވަނީ ދައްކާފައެވެ. ޔޫގޮވްއިން 17-18 ސެޕްޓެމްބަރުގައި އިނގިރޭސިވިލާތުގެ 2،077 ބޮޑެތި މީހުންގެ މެދުގައި ކުރި މި ދިރާސާއިން ދައްކާގޮތުގައި، އިނގިރޭސި ސަރުކާރުން ފަލ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު: ދިވެހީންގެ އާދަކާދައާއި ފަންނުވެރިކަމުގެ މިސާލެއް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިއަދު ބޭއްވި މަސައްކަތްތެރީންގެ މައުރަޒުން ކުޅުދުއްފުށީގެ ރައްޔިތުންގެ ހުނަރުން ފުރިގެންވާ މަސައްކަތްތެރިކަމާއި، ދިވެހީންގެ އާދަކާދައާއި ސަޤާފީ ފަންނުވެރިކަމުގެ މަސައްކަތްތަކާއި ގުޅުންހުރި ޒަމާނީ އެތައް ކަމެއް ދައްކުވައިދީފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީީ ރައްމަތިފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި މަސައްކަތްތެރީންގެ މައުރަޒަކީ، ސިޓީގެ ރައްޔިތުންނަށް ހުނަރާއި މަސައްކަތްތެރިކަން ޤައުމީ ފެންވަރުގައި ދައްކާލުމަށް ފުރުސަތު ހޯދައިދީ، ރައްޔިތ... އައިޝަތު އައިނީ އާމިރު · 1 އަހަރު ކުރިން
ޚަބަރު އެމެރިކާއިން ވިސާ ނުދިނުމުން، އދ.ގެ ބައްދަލުވުމުގައި އައްބާސް އޮންލައިންކޮށް ބައިވެރިކުރަން ފާސްކޮށްފި މެރިކާއިން ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްއަށް ވީސާ ދޫނުކުރުމާ ގުޅިގެން، އދ. ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި އެމަނިކުފާނު ވީޑިއޯ މެދުވެރިކޮށް ބައިވެރިވުމަށް އދ. ގެ އާންމު މަޖިލީހުން ވޯޓު ދީ، ފާސްކޮށްފިއެވެ. މި ނިންމުމާއެކު، ރައީސް އައްބާސްއަށް ޔޫއެންޖީއޭގެ ޢާންމު މަޖިލީހަށް ވީޑިއޯ މެދުވެރިކޮށް މުޚާތަބުކުރެއްވުމުގެ މަގު ފަހިވެގެން ވަނީ ގޮސްފައެވެ. މި ގަރާރަށް 145 ޤައުމަކުން ތާއީދުކުރިއިރު، 5 ޤައުމަކުން ވަނީ ދެކޮޅަށް ވޯޓު ދީފައެވެ. އަދި 6 ޤައުމަކުން ވަނީ ވޯޓު […] ނާޒިމާ އަލީ · 1 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ޗެނަލް ސަރަޙައްދުގައި އެންމެހައި އިންޖީނުލީ އުޅަނދުތައް ދުއްވުން މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ. މި ފިޔަވަޅު އަޅާފައިވަނީ އެ ސަރަޙައްދުގައި މޫދަށް އެރި ކުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މުރަކަ އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެޗްޑީސީން ފާހަގަކުރި ގޮތުގައި، މި ޗެނަލް ސަރަޙައްދަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ފުލިދޫގެ ބަނދަރުގެ މަސައްކަތާއި އެކު ބާރަ ހެކްޓަރުގެ ބިން ހިއްކައިދޭނެކަމުގެ ޔަގީންކަން ވ.އަތޮޅު (ފެލިދެއަތޮޅު) ފުލިދޫގެ ބަނދަރުގެ މަސައްކަތާ އެކު ބާރަ ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، މިއަދު ފުލިދޫ އަށް ވަަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެއީ ރައްޔިތުން... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕްގެ އިންޒާރު: އަހަރެންނާ ދެކޮޅަށް ޚަބަރު ފަތުރާ މީޑިއާތަކުގެ ލައިސަންސްތައް ބާތިލުކުރަން ޖެހިދާނެ! އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމަނިކުފާނާ ދެކޮޅަށް ޚަބަރު ގެނެސްދޭ ޓެލެވިޜަން ނެޓްވޯކްތަކަށް ފާޅުގައި އިންޒާރު ދެއްވައިފިއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، އެ ނެޓްވޯކްތައް ތިބީ އެމަނިކުފާނާ ދެކޮޅަށް ކަމަށާއި، އެމީހުންގެ ބްރޯޑްކާސްޓިންގ ލައިސަންސްތައް ބާތިލުކުރަންޖެހިދާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕް މިފަދައިން ވިދާޅުވެފައިވަނީ، ކޮންސަވޭޓިވް އެކްޓިވިސްޓް ޗާލީ ކާކްގެ މަރާ ގުޅޭގޮތުން ކޮމީޑިއަން ޖިމީ ކިމަލް ދެއްކި ވާހަކަތަކަކާ ގުޅިގެން އޭބީސީ ނެޓްވޯކުން އޭނާ ސަސްޕެންޑްކުރުމަށްފަހުގ... ނާޒިމާ އަލީ · 1 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ.އަތޮޅު ކައުންސިލަށް 13 ބަގީ ހޯދަނީ ހދ.އަތޮޅު ކައުންސިލަށް 13 ބަގީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ 11:00 ގައި އެ އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިން […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ރާއްޖެ ރައީސް ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އަށް ދުވަހުގެ ދަތުރުފުޅެއް ފައްޓަވައިފި ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރައްވާނީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި މި ދަތުރުފުޅުގައި ރައީސް، އެ އަތޮޅުތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ކުޅިވަރު ސިޓީ މޮޅުވިއިރު ހާލަންޑަށް ރެކޯޑެއް ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ނަޕޯލީ ބައްދަލުކުރި މެޗު، 2-0 ގެ ނަތީޖާއިން ސިޓީ ކާމިޔާބު ކޮށްފިއެވެ. ސިޓީއަށް ގިނަ އަހަރުތަކެއްގައި ކުޅެ އެ ޓީމް ކެޕްޓަންކަން ވެސް ކޮށްފައިވާ ކެވިން ޑިބްރޭނާ ސިޓީ ދޫކޮށް ނަޕޯލީއަށް ބަދަލުވީ މި ސީޒަނަށެވެ. ޗެމްޕިއަންސް ލީގުގައި ނަޕޯލީއާއި ސިޓީ ވާދަކުރަން ޖެހުނުއިރު، ގިނަބައެއްގެ ލޯތައް އަމާޒުވީ ޑިބްރޭނާއަށެވެ. ސަބަބަކީ އޭނާގެ ފުޓްބޯޅައިގެ ގިނަ ކާމިޔާބީތަކާއި ގިނަ ހަނދާންތަކުގައި ސިޓީ ޝާމިލުވުމެވެ. އަދި ސިޓީގެ ސަޕޯޓަރުންގެ މެދުގައި […] އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ކުޅިވަރު ރަޝްފޯޑްގެ ލަނޑުތަކުން ބާސާއަށް މޮޅެއް ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއާއި ނިއުކާސަލް ބައްދަލުކުރި މެޗު، ބާސާއިން ކާމިޔާބު ކޮށްފިއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ތަރިއަކަށްވީ މި ސީޒަނަށް ބާސާއާއި ގުޅުނު އިނގިރޭސި އެޓޭކަރ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑްގެ ޓްރާންސްފާއަކީ ވަރަށްގިނަ ބަޔަކަށް ހައިރާންކަން ލިބުނު ޓްރާންސްފާއަކަށްވީއިރު، ސީޒަން ފަށައިގެން ބާސާއިން އޭނާއަށް ކުޅުމަށް ދިން ފުރުސަތުތަކުގައި މާއެދ... އިބްރާހިމް ޚަލީލް · 1 އަހަރު ކުރިން
ކޮލަމް ''މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާވަޞިއްޔަތެއް'' މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ކުރައްވައިފައިވާ މަތިވެރި ވަޞިއްޔަތެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫއަށް މިއަދު ގެނެސްދިން ހުތުބާގައި މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައިފައެވެ. ހުތުބާގައި ބުނެފައި ވަނީ، އަހަރެމެންނަކީ ޒަމާނުއްސުރެން މާތް ﷲގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގައި ހަނގުރާމަ ހުއްޓާލަން ގޮވާލާ ޤަރާރު އެމެރިކާއިން ވީޓޯކޮށް ފެއިލްކޮށްލައިފި ފަލަސްތީނުގެ ޣައްޒާގައި އަނިޔާވެރި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ގަތުލްއާންމު ވަގުތުން ހުއްޓާލުމަށް ގޮވާލާ ހުށަހެޅުނު ޤަރާރު އެމެރިކާއިން ވީޓޯކޮށް މިފަހަރުވެސް ފެއިލްކޮށްލައިފިއެވެ. އދ. ގެ ސެކިއުރިޓީ ކައުންސިލްގެ 10،000 ވަނަ ޖަލްސާގައި މި ޤަރާރު ވީޓޯކުރީ ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރެމުންދާ ދަނޑިވަޅެއްގައި އަދި އިސްރާއީލުން ޣައްޒާ ސިޓީ އެކީ ކޮންޓްރޯލްކުރުމަށް ހިންގަމުންދާ ހަނގުރާމައިގެ ތެރޭގައެވެ. މިއަދު ވޯޓަށް އެހި ގަރާރަކީ ޣައްޒާގެ މައްސަލައިގައި މިދިޔަ ޖޫންމަހާއި މިދިޔައަހަރުގެ ނޮ... އަލީ އާދިލް · 1 އަހަރު ކުރިން
ރާއްޖެ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް: ރައީސް ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ، “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” އިއްޔެ ހަވީ ވަނީ ކުޅުދުއްފުށި ސިޓީގައި ފަށާފައެވެ. މި ކަމާއި ގުޅިގެން ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމަންވެލްތު ޤައުމުތ... ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ ރަޝިޔާގެ ކަމްޗަޓްކާ އަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް، އިންޑިއާ ކަނޑުގައި ސުނާމީއެއް ނުއުފެދޭނެ ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް ރިޕޯޓްކޮށްފިއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނީ ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ރިކްޓަރ މިންގަނޑުން 7.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ. މެޓް އޮފީހުން ބުނިގޮތުގައި މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރާއްޖޭގެ ގަނޑިން ރޭ 23:58 ގައެވެ. އަދި މި ބިންހެލުން އައީ ރާއްޖޭގެ ވެރިރަށް މާލެ […] ޔުމްނާ ޢަލީ · 1 އަހަރު ކުރިން
ރާއްޖެ މީޑިއާ ރެގިއުލޭޓް ކުރަން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އުފައްދައިފި މީޑިއާ ރެގިއުލޭޓް ކުރުމަށް އިއްޔެ ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ހާއްސަ ކޮމިޝަން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނާ އެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފައެވެ. މި ދެ އިދާރާގެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ އަލަށް [... އަލީ އާދިލް · 1 އަހަރު ކުރިން