ޔަމަންގެ ސަންއާއިން އާންމުން ހުސްކުރުމަށް ސައުދީ ކޯލިޝަނުން ކުއްލި އިންޒާރެއް ދީފި
ޔަމަނުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ވެރިރަށް ސަންއާގައި އަސްކަރީ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާތީ، އެ ސަރަހައްދުގައި އަމާޒުކުރާ ތަނުން އާންމުން ދުރަށް ދިއުމަށް ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ކުއްލި އިންޒާރެއް ދީފިއެވެ. ކޯލިޝަނުގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވީ، ހަމަލާތައް ދިނުމުގެ ކުރިން އެ ތަނުގައި ތިބި އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގާ އިންޒާރު ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. ކޯލިޝަނުން މި އޮޕަރޭޝަން ސިފަކޮށްފައިވަނީ ސީދާ ވަކި އަމާޒުތަކަކަށް...