އިންތިޚާބުގެ ކުރިން އީރާނަށް ހަމަލާދޭން ޓްރަމްޕާއި ނަތަންޔާހޫ ބޭއްވި ސިއްރު މަޝްވަރާތަކެއް ފަޅާއަރައިފި
އެމެރިކާއާއި އިސްރާއީލުގައި ކުރިއަށް އޮތް އިންތިޚާބުތަކުގެ ކުރިން، އީރާނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފެށުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަޝްވަރާކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޚަބަރު ފަތުރާ މަސްދަރެއް ކަމަށްވާ “އެކްސިއޮސް” އިންނެވެ. އެމެރިކާ ސަރުކާރުގެ ދެ އޮފިޝަލަކާއި މި މައްސަލައިގެ މަޢުލޫމާތު އެނގޭ އިތުރު މަސްދަރުތަކާ ހަވާލާދީ އެކްސިއޮސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި...