މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
''ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް މިއަދު ޢަޒުމް ކަނޑައަޅަންޖެހޭ''

''ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް މިއަދު ޢަޒުމް ކަނޑައަޅަންޖެހޭ''

ކޮންމެ އަންހެނަކާއި އަންހެންކުއްޖަކު ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިކުރުމަށް މިއަދު ޢަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. މިއީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސްކަމަށް ވުމާއެކު، ރައީސް މިކަމަށް ގޮވާލެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤުވާމީ މި ދުވަހު، ކޮންމެ އަނ...

ޔުމްނާ ޢަލީ
ވިހެއުމުގެ ތެރޭގައި ނަޒާހަތު ނިޔާވުމަކީ ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވިކަމެއް: ރައީސް

ވިހެއުމުގެ ތެރޭގައި ނަޒާހަތު ނިޔާވުމަކީ ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވިކަމެއް: ރައީސް

އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)އަށް ވިހަން ގޮސް ހުއްޓައި ކުއްލިއަކަށް ހާލު ދެރަވެ، ކުއްލި ސިޒޭރިއަނެއް ހެދި އާއިޝަތު ނަޒާހަތު އަހްމަދުދީދީ ނިޔާވި ހާދިސާއަކީ ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވިކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ނަޒާހަތު ނިޔާވީ ސިޒޭރިއަނަށް ފަހުއެވެ. އޭނާ އަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރެއްގެ މަގާމު ފުރަމުން ދިޔަ މީހެކ...

ޔުމްނާ ޢަލީ
ޕިކްނިކް ދާން ހާއްސަކުރިފަހުން އުއްދޫ އަށް 3178 މީހުން ޒިޔާރަތްކޮށްފި

ޕިކްނިކް ދާން ހާއްސަކުރިފަހުން އުއްދޫ އަށް 3178 މީހުން ޒިޔާރަތްކޮށްފި

ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ އެއަތޮޅު އުއްދޫ އަށް، ޕިކްނިކްދާން ހުޅުވާލިފަހުން 3178 މީހުން ޒިޔާރަތްކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާ އިން ބުނެފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވުޒާރާ އިން ބުނީ، ދ.އަތޮޅު ރައްޔިތުން ޕިކްނިކް ދިޔުމަށް ރައީސް އެ ރަށް ހަމަޖެއްސެވުމާއެކު، ރަށް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސައި، އެ ރަށަށް ދަތުރުދާ...

ޔުމްނާ ޢަލީ
ކުރިއަށް އޮތީ މޫސުންގޯސް ތިން ދުވަސް، ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސް

ކުރިއަށް އޮތީ މޫސުންގޯސް ތިން ދުވަސް، ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސް

މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު  ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ވަނީ މި ތިންދުވަހު އެކި ހިސާބުތަކަށް ގުގުރައި، ބައެއް ރަށްތ...

ޔުމްނާ ޢަލީ
ޑްރަގް ބޭނުންކުރިކަމުގެ ތުހުމަތުގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި

ޑްރަގް ބޭނުންކުރިކަމުގެ ތުހުމަތުގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި، އުމުރުން 42 އަހަރުގެ މި މީހާ ހައްޔަރުކުރީ އޭނާގެ ޔޫރިން ޓީއެޗްސީއަށް ޕޮޒިޓިވް ވެފައިވާތީއާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އޭނާގެ އަތުން ފެނިފައިވާތީއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި މީހާ ހައްޔަރުކުރީ އޭނާ ވައްޓާލި އެއްޗެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފިންކޮޅެއް ފެނުމާ ގުޅިގެންނެވެ. މި މައްސަލައިގެ ހ...

ޔުމްނާ ޢަލީ
ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް

ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް

ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025”ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުށީގެ ހޯރަ ޔުނައިޓެޑް ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި ހޯރަ ޔުނައިޓެޑް ޗެމްޕިއަންކަން ސީދާ ތިން ސެޓުން ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަތުން މޮޅުވެގެންނެވެ. ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ހޯރަ ޔުނައިޓެޑް މޮޅުވިނަމަވެސް ސާއްބައިން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް […]

ޔުމްނާ ޢަލީ
ރައީސް މުޢިއްޒު މާދަމާ ރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް މުޢިއްޒު މާދަމާ ރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާދަމާ ރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. މިއީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެވި ސިލްސިލާގެ ދެވަނަ ބައްދަލުވުމެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން އޮތީ އާދީއްތަ ދުވަހުގެ ރޭ ވިލިމާލޭގައި ވިލިމާލޭގައި ދިރިއުޅޭ...

ޔުމްނާ ޢަލީ
އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމަކީ ބޮޑެތި ބަދަލުތައް ގެނުވާނެ ކަމެއް: ސާޖިދާ

އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމަކީ ބޮޑެތި ބަދަލުތައް ގެނުވާނެ ކަމެއް: ސާޖިދާ

އަންހެނުންނަކީ އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް ގޭތެރޭގެ ވަރަށް ބޮޑު އަދި ބުރަ ޒިންމާތަކެއް އުފުލާ ބައެއް ކަމަށާއި، މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން މުޖުތަމަޢަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަޤީންކުރައްވާ ކަމަށް ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ސްޓެލްކޯއިން އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން” ގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުނ...

ޔުމްނާ ޢަލީ
ބޮޑުކުރި ފުލް މުސާރަ ލިބެން ފަށާނީ ޑިސެމްބަރު މުސާރައާއިއެކު: ފިނޭންސް

ބޮޑުކުރި ފުލް މުސާރަ ލިބެން ފަށާނީ ޑިސެމްބަރު މުސާރައާއިއެކު: ފިނޭންސް

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ (ޕޭ ހާމަނައިޒްކުރުމުގެ) ފުރިހަމަ ކުރިއެރުން ލިބެން ފަށާނީ މި އަހަރުގެ ޑިސެންބަރު މަހުގެ މުސާރައާއިއެކުގައި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ފިނޭނުންސުން ބުނެފައިވާއިރު، މިއީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ އޮނިގަނޑެކެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާގޮތުގައި ނޮވެނ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ލާމިގަސް ޕާކް ތަރައްޤީކުރަން ހަވާލުކޮށްފި

ނޮޅިވަރަންފަރު ލާމިގަސް ޕާކް ތަރައްޤީކުރަން ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ލާމިގަސް ޕާކްގެ މަސައްކަތް، މިއަދު ރަސްމީކޮށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މައިބަދަ ޕްރައިވެޓް ލިމިޓެޑްއާއެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަސް، ބުރާސްފަތި ދުވަހުއެވެ. ނޮޅިވަރަންފަރު ކައުންސިލުން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 2,184,717.75ރ (ދެމިލިއަން އެއްލައްކަ އަށްޑިހަހަތަރުހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ ހަތްދިހަ ފަސް ލާރި) އެވެ. މި އަގަކީ ޕާކް ތ...

ޔުމްނާ ޢަލީ
ކުޑަކުދިންނަށްދޭ ފޯމިއުލާއަކުން ބައްޔެއް ފަތުރާ ޖަރާސީމު ފެނިގެން ވިއްކުން މަނާކޮށްފި

ކުޑަކުދިންނަށްދޭ ފޯމިއުލާއަކުން ބައްޔެއް ފަތުރާ ޖަރާސީމު ފެނިގެން ވިއްކުން މަނާކޮށްފި

ކުޑަކުދިންނަށް ދިނުމަށް ބޭނުންކުރާ ފޯމިއުލާއެއްގައި ބައްޔެއް ފަތުރާ ޖަރާސީމެއް ހުރިކަން ފާހަގަވުމާ ގުޅިގެން، އެ އުފެއްދުން ރާއްޖޭގައި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ. މި ފިޔަވަޅު އަޅާފައިވަނީ، އެމެރިކާގެ އުފެއްދުމެއް ކަމަށްވާ ”ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ“ އިން ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމު ފެނިފައިވާތީ އެވެ. އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ޖަރާސީމަކީ ބޮޓުލިޒަމް ކިޔާ ނުރައްކާތެރި ބައްޔެއް ފަތުރާ...

އިބްރާހިމް އަސްވާޤް
ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް، އުތުރަށް ޔެލޯ އެލާޓް

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް، އުތުރަށް ޔެލޯ އެލާޓް

މޫސުން ގޯސްވުމާ ގުޅިގެން ރާއްޖޭގެ އުތުރުގެ ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ. މި އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މި ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށެވެ. މި ސަރަޙައްދުތަކުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މެޓުން […]

އިބްރާހިމް އަސްވާޤް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (30)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (30)

ކުރީގެ އަދަދާއި ގުޅޭ: ” ހުސެން އަހަރެންދެކެ ހާދަ ރުޅި އައިސްފައޭ ހުރީ. ހުސެން ހީކުރީ އަހަރެން ގަސްތުގައި އޭނާއަށް ދިން ލަނޑެއް ކަމަށް. އެކަމަކު އަހަރެން ކިހިނެއް ދެން ބުނާނީ ވެސް؟” އަހަންނަށް ބުނެވުނެވެ. ހަމަ އެ ވަގުތެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނުގެ ސްކްރީން ފެނުމާއެކު ބިރުން ގޮސް ދެ ލޯ ބޮޑުކޮއްލެވުނެވެ. ޒިޔާދު މިހާރު އަހަންނަށް ގުޅަމުން އެ ދަނީ ފޭސްބުކްގެ މެސެންޖާއިންނެވެ. ” ކާކު؟” އަހަރެން އިން ގޮތް […]

ސަލާމާ ޢަބްދުލް ޢަލީމް
ކުރީގެ ފަނޑިޔާރު ފައިސަލްގެ މައްޗަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ

ކުރީގެ ފަނޑިޔާރު ފައިސަލްގެ މައްޗަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ

ހައި ކޯޓުގެ ފަނޑިޔާރުކަމުން އާދީއްތަ ދުވަހު (އިއްޔެ) އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްގެ މައްޗަށް ތުހުމަތުވާ މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ރޭ ބުނެފި އެވެ. އޭސީސީން ހާމަކުރި ގޮތުގައި، ފައިސަލްގެ މައްޗަށް ތުހުމަތުވާ މި މައްސަލަތައް އެ ތަނަށް ހުށަހެޅުނީ ފުލުހުންގެ ފަރާތުންނެވެ. އެއީ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފަވެއެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަކަމަށް ވެސް ބުނެފަވެއެވެ. ފަނޑިޔާރު...

ޔުމްނާ ޢަލީ
"ލަންޑަން ފަލަސްޠީން ފެސްޓިވަލް"ގައި ޣައްޒާގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވައިލައިފި

"ލަންޑަން ފަލަސްޠީން ފެސްޓިވަލް"ގައި ޣައްޒާގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވައިލައިފި

ޣައްޒާއަށް އިންސާފު ކަށަވަރުކޮށްދީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ގޮވައިލުމުގެ ރޫޙުގައި، “ލަންޑަން ފަލަސްޠީން ފެސްޓިވަލް” ގެ 20 ވަނަ އަހަރު ފާހަގަކޮށްފިއެވެ. މި ފެސްޓިވަލް ބާއްވާފައި ވަނީ ލަންޑަންގެ ހެރޯގައި ހުންނަ ބައިރަން ހޯލުގައެވެ. “ޕަލެސްޓީނިއަން ފޯރަމް އިން ބްރިޓެއިން” އިން އިންތިޒާމުކޮށްގެން ބޭއްވި މިއަހަރުގެ ފެސްޓިވަލްގެ މައިގަނޑު މަޤްސަދަކީ ޣައްޒާއަށް އިންސާފު ހޯދައިދިނުމާއި، އެ ސަރަޙައްދަށް އ...

ޔުމްނާ ޢަލީ