މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހއ.އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އައު އިމާރާތެއް

ހއ.އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އައު އިމާރާތެއް

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ އަދި އެކްސްރޭގެ ޚިދުމަތްތައް ދިނުމަށްޓަކައި އިތުރުކުރާ ޢިމާރާތުގެ މަސައްކަތް މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް އެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމުގައިވާ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޢިމާދެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސ...

ޔުމްނާ ޢަލީ
ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

ހުޅުމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް ”ދާރުއްސަލާމް”ގެ ބިންގާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަޅުއްވައިދެއްވައިފިއެވެ. މި މަޝްރޫޢަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދަކާ އެއްގޮތަށް، ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ. މި އިމާރާތް ޢިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝ...

ޙުސައިން ޝަހުދީ
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހްލޫފް

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހްލޫފް

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހަމަޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޚްލޫފްގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. މަޚްލޫފް އެ މަގާމަށް ޢައްޔަނުކުރުމަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީފުޅު މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވާފައިވާއިރު، އޭނާ  އެ މަގާމަށް ޢައްޔަނުކުރުމުގެ މައްސަލަ މިއަދު ވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީ އަށް ފޮނުވާފައެވެ. މަހްލޫފް ވަނީ 14 ނޮވެމްބަރު 2025 ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް […]

ޔުމްނާ ޢަލީ
ކަރަންޓް މައްސަލަ ހައްލުކުރުމުގެ ތެރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެއްޖެ

ކަރަންޓް މައްސަލަ ހައްލުކުރުމުގެ ތެރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ސްޓެލްކޯގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރއަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުން ދަނިކޮށެވެ. ސްޓެލްކޯއިން ބުނިގޮތުގައި، މި ހާދިސާގައި އަނިޔާވި މުވައްޒަފަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑެނ...

ޔުމްނާ ޢަލީ
ސަރުކާރުގެ މަޝްރޫއުތަކަށް ލޯނު ދޫކުރާނީ ގާނޫނާއެއްގޮތަށް، ވާހަކަ ފަތުރަނީ ސިޔާސީ މަގުސަދެއްގައި: ބީއެމްއެލް

ސަރުކާރުގެ މަޝްރޫއުތަކަށް ލޯނު ދޫކުރާނީ ގާނޫނާއެއްގޮތަށް، ވާހަކަ ފަތުރަނީ ސިޔާސީ މަގުސަދެއްގައި: ބީއެމްއެލް

ސަރުކާރުގެ މަޝްރޫއުތަކަށް ލޯނު ދޫކުރަމުން ދަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި، ބޭންކާ ގުޅޭގޮތުން ފެތުރެމުންދާ ހަގީގަތާ ޚިލާފު ވާހަކަތަކަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ފަތުރާ ވާހަކަތަކެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފިއެވެ. ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކުން ފައިނޭންސް ދޫކުރަނީ ބޭންކިންގ ގާނޫނާ ޚިލާފަށް ކަމަށް ފަތުރ...

ޔުމްނާ ޢަލީ
ޓެކްސް ޓްރައިބިއުނަލަށް އައްޔަން ފަސް ބޭފުޅަކަށް ރުހުން ދީފި

ޓެކްސް ޓްރައިބިއުނަލަށް އައްޔަން ފަސް ބޭފުޅަކަށް ރުހުން ދީފި

ދިވެހިރާއްޖޭގެ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ، ޓެކްސް އެޕީލް ޓްރައިބިއުނަލް (ޓީއޭޓީ) ގެ މެމްބަރުކަމަށް އައްޔަންކުރަން ފަސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މި ބޭފުޅުންނަށް ރުހުން ދީފައި ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާގައެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެމްބަރެއްގެ މަގާމުގެ މުއްދަތު އަންނަ ހޮނިހުރު ދުވަހު ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލި...

ޔުމްނާ ޢަލީ
މަޖިލީހުގެ ދައުރު އިތުރުކުރަން ފާސްކޮށްފި

މަޖިލީހުގެ ދައުރު އިތުރުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް، ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވީ މި ދައުރުގެ މުއްދަތު ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަ...

އަލީ އާދިލް
ރަސްމާލެ ހިއްކަން ބޮޑު ޑްރެޖަރެއް ގެނެސް އަންނަ އޭޕްރީލްގައި ހިއްކައި ނިންމޭނެ: ރައީސް 

ރަސްމާލެ ހިއްކަން ބޮޑު ޑްރެޖަރެއް ގެނެސް އަންނަ އޭޕްރީލްގައި ހިއްކައި ނިންމޭނެ: ރައީސް 

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން ނިންމާފައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ގެނެވޭ ބޮޑު ޑްރެޖަރަކާއެކު އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ މާލޭ ސިޓީގެ މައްޗަންގޮޅީގެ ރައްޔިތުންނާއެކު އަމީނިއްޔާ ސްކޫލްގައި ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ދާއިމީ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު ދިއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28ވާ ދުވަހު ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ހުޅުވަން ވަނީ ނިންމާފައެވެ. އެކަމަށް ބާއްވާ ރަސްމިއްޔާތާއި ގުޅުވައި ޖާފަތެއް ބޭއްވުމަށް ދިއްދޫ ކައުންސިލުން ނިންމާފައިވާއިރު، އެ ޖާފަތުގައި ބައިވެރިވުމަށް ރައްޔިތުން އެދެމުން އަންނަކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ. އެހެންވެ، ރައްޔިތުންނަށް އެ ފުރުސަތު ދިނ...

ޔުމްނާ ޢަލީ
ބިންހިއްކަން އަވަސްކުރަން އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފި

ބިންހިއްކަން އަވަސްކުރަން އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފި

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން، ހުޅުމާލޭ ފޭސް 3 ހިއްކުމަށް ބޭނުންވާ އިތުރު ޑްރެޖަރެއް މިއަދު ރާއްޖެ ގެނެސްފިއެވެ. މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މާދަމާއިން ފެށިގެން ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ހުޅުމާލޭ ފޭސް 3 މަސައްކަތް އަވަސްކުރުން ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހ...

ޔުމްނާ ޢަލީ
ސޮރީނޮޓްސޮރީ: އުރީދޫއިންވެސް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ޓްރެންޑްގައި ބައިވެރިވެއްޖެ

ސޮރީނޮޓްސޮރީ: އުރީދޫއިންވެސް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ޓްރެންޑްގައި ބައިވެރިވެއްޖެ

މިހާރު ސޯޝަލް މީޑިއާގައި ގިނަ ކުންފުނިތަކަކުން މައާފަށް އެދުމުގެ ސްޓައިލް ‘އޮފިޝަލް އެޕޮލޮޖީ ސްޓޭޓްމަންޓް’ ޓްރެންޑަކީ ކަސްޓަމަރުންނާއި އެންގޭޖް ކުރުމަށް ބޭނުންކުރާ މަޤުބޫލު ޓްރެންޑެކެވެ. މި ޓްރެންޑުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ބައިވެރިވެފައެވެ. އެއީ މި އަހަރުގެ ފަން ރަން ކިޓްތައް އުންމީދު ކުރި ވަރަށް ވުރެ ހަލުވި ސްޕީޑެއްގައި ވިކި ހުސްވުމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން މައާފަށް އެދުމުގެ ގޮތުގައެވެ. އުރީދޫން މީސްމިޑިއާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޖިސްޓްރޭޝަން ނިމުމުގެ ކުރިން ކިޓް...

އިބްރާހިމް އަސްވާޤް
ބޮޑު ޑްރަގް އޮޕަރޭޝަން: ބޮޑުތިލަދުންމަތީގެ ހަ މީހަކު ހިމެނޭހެން 110 މީހުން ބަންދުގައި

ބޮޑު ޑްރަގް އޮޕަރޭޝަން: ބޮޑުތިލަދުންމަތީގެ ހަ މީހަކު ހިމެނޭހެން 110 މީހުން ބަންދުގައި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް ފުލުހުންގެ ޚިދުމަތުން 13 ނޮވެމްބަރު 2025 ގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަން ”އޮޕަރޭޝަން އަލިމަގު”ގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޖުމްލަ 110 މީހުން ބަންދުގެ މުއްދަތު އިތުރުކޮށް، މިވަގުތު ބަންދުގައި އެބަތިބިކަމަށް ފުލުހުން ބުނެފިއެވެ. މި އޮޕަރޭޝަންގެ މައުލޫމާތު މިއަދު ފުލުހުން އާންމުކޮށްފައިވާއިރު، މި އޮޕަރޭޝަން ވަނީ 39 ރަށެއްގައި ހިންގާފައެވެ. މި ރަށްތަކުގެ ތެރެއިން ބޮޑުތިލަދުންމަތީގައި އޮޕަރޭޝަން ހިންގާ...

ޔުމްނާ ޢަލީ
އައިނު އެހީ ބޮޑުކުރިފަހުން ޚަރަދުވި އަދަދު 47 މިލިޔަން ރުފިޔާއަށް، އަމިއްލަ ތަންތަނަށް 32 މިލިއަން

އައިނު އެހީ ބޮޑުކުރިފަހުން ޚަރަދުވި އަދަދު 47 މިލިޔަން ރުފިޔާއަށް، އަމިއްލަ ތަންތަނަށް 32 މިލިއަން

އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދުމަށް ދޭ އެހީ ބޮޑުކުރުމަށް ފަހު، މިދިޔަ ޖޫން މަހުން ފެށިގެން މިހާތަނަށް 47.4 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ޚަރަދުތައް ބޮޑުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައިނު ހެއްދުމަށް ދޭ އެހީގެ މިންވަރު އިތުރުކުރެއްވުމާ ގުޅިގެންނެވެ. މީގެ ކުރިން ދެއަހަރުން އެއްފަހަރު ދެމުން އައި 1000 ރުފިޔާގެ އެހީ، މިއަހަރުގެ ޖޫން މަހުން […]

ޔުމްނާ ޢަލީ
ސްޓެލްކޯ އިން އަންހެނުންނަށް ހިންގި އިލެކްޓްރިޝަން ކޯސް ނިންމާލައިފި

ސްޓެލްކޯ އިން އަންހެނުންނަށް ހިންގި އިލެކްޓްރިޝަން ކޯސް ނިންމާލައިފި

އަންހެނުންގެ ހުނަރު އިތުރުކުރުމަށް ހާއްސަކޮށްގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިންގި އިލެކްޓްރިޝަން ކޯސް ނިންމާލައިފި އެވެ. މި ކޯހަކީ ކަރަންޓުގެ ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، ފިރިހެނުންނާ އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ އަންހެނުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ ހަތް ބެޗަކަށް ބަހާލައިގެން 116 ބަ...

އިބްރާހިމް އަސްވާޤް
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (31)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (31)

ކުރީގެ އަދަދާއިގުޅޭ: ” ކިތަންމެ ވަރެއް ވިޔަސް، އަނެއްކާ ޖަޒްބާތުގައި ޖެހިގެން އެ ތަނަށް ނުދައްޗޭ. އަހަރެން ބޭނުމެއް ނޫން ތި ކަމުގެ ތެރެއަށް ތައިބާ ވަންނާކަށް. ކުޑަކުޑަ ކުއްޖަކު ހުރީމަ މި ކިޔަނީ. ” ނޫރާ ބުންޏެވެ. ބައެއް ފަހަރު ނޫރާގެ ވާހަކަތައް ހުންނަ ގޮތުން އަހަރެން ހިތްހަމަ ވެސް ނުޖެހެއެވެ. ނަމަވެސް ނޫރާގެ އެއްވެސް ބަހަކަށް ދެކޮޅު ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތްވަރުކޮއްފައި ކެތްކުރާނަމޭ އަބަދުވެސް ހިތަށް އަރައެވެ. ” ޒިޔާދުގެ ގޭ […]

ސަލާމާ ޢަބްދުލް ޢަލީމް