ރާއްޖެ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން، ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އެދިއްޖެ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން، ގާނޫނާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު އާންމުންގެ ކިބައިން އެދިއްޖެއެވެ. މިކަމަށް އެދި މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ. މައިގަނޑު ގޮތެއްގައި މިފަދަ ވިޔަފާރިތައް ހިންގަނީ ދެ ގޮތަކަށް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތ... އަލީ އާދިލް · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑު ތިލަދުންމަތީގެ ފުރަތަމަ އިސްލާމީ މަރުކަޒު ދިއްދޫގައި މާދަމާ ހުޅުވާނެ ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވަން ހަމަޖައްސާފައި ވަނީ މާދަމާގެ ހުކުރު ކުރިން 11:30 ހާއިރުއެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް މިއަދު ވިދާޅުވީ، އެރަށުގައި ގާއިމުކުރި އިސްލާމީ މަރުކަޒު ހުޅުވުމުގެ އެންމެފަހުގެ ވަމުން އަންނަކަމަށެވެ. ”މިއަދު ހަވީރު ރައްޔިތުން ނުކުމެ އިސްލާމީ މަރުކ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ މޫޑީޒް އިން ރާއްޖޭގެ އައުޓްލުކް "ސްޓޭބްލް"އަށް ބަދަލުކޮށްފި މޫޑީޒް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް ކުރިން އޮތް “ނެގެޓިވް” އިން “ސްޓޭބަލް” އަށް ބަދަލުކޮށްފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ވަނީ ދަމަހައްޓާފަ އެވެ. މޫޑީޒްގެ މި ނިންމުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފެށުމުގެ ހެއްކެއް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ބަދަލަކީ ފާއިތުވި […] އަލީ އާދިލް · 11 މަސް ކުރިން
މަޖިލިސް އަތޮޅު ކައުންސިލްތައް އުވާލުމަށާއި ކައުންސިލަރުންގެ އަދަދު މަދުކުރަން ފާސްކޮށްފި ސަރުކާރުން ހުށަހެޅުއްވި، އަތޮޅު ކައުންސިލްތައް އުވާލުމަށާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގެނައި ޤާނޫނީ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިސްލާޙުތައް ފާސްކުރީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅުނު ބިލުތައް މަޖިލީހުގެ ވަގުތީ ކޮމިޓީން ދިރާސާކުރުމަށް ފަހު މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދަ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ހއ.އަތޮޅުގެ 7 ރަށެއް ބައިވެރިންނާއެކު އިހަވަންދޫ ''ރަސްތަރި ޤުރްއާން މުބާރާތް'' ފަށައިފި ހއ. އިހަވަންދޫ ކައުންސިލުން އެރަށުގައި ބާއްވާ “ރަސްތަރި ޤުރްއާން މުބާރާތް 2025” މިއަދު ފަށައިފިއެވެ. ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ބައިވެރިވުމުގެ ފުރުސަތުދިން މި މުބާރާތުގައި އެ އަތޮޅުގެ ޖުމްލަ 7 ރަށަކަކުން ބައިވެރިވެއެވެ. އެއީ އިހަވަންދޫގެ އިތުރުން، މޮޅަދޫ، ކެލާ، އުތީމު، މާރަންދޫ، ބާރަށް އަދި ދިއްދޫ އެވެ. މި މުބާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނުއެވެ. މި މުބަރާތް މިމަހުގެ 29 އާއި ހަމައަށް ކުރިއަށްދާނެއެވެ. މި މުބާރާތަށް ބައިވެރިން ހޮވީ […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް، ހޫނު މަރުހަބާއެއް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ބެތަނީ ސޭރާ ކެރްސްވެލް އެވެ. އޭނާ ރާއްޖެއައީ ފުރަތަމަ ފަހަރަށް ފިރިމީހާއާއެކު ހަނީމޫނަށެވެ. މި ލަޤަބު ލިބުމުން އުފާފާޅުކޮށް، ބެތަނީ ސޭރާ ވަނީ ދިވެހިންގެ ހިތްހެޔޮކަން ފާހަގަކޮށްފައެވެ. ދެ މިލިއަން ވަނަ ފަތުރުވެރިތާ އަށް މަރުޙަބާ ކިޔުމަށް ކުލަ ގަދަ ހަރަކާތްތަކެއް ބާއްވާފައިވާއިރު، މި ފަތުރުވެެރ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (32) ކުރީގެ އަދަދާއި ގުޅޭ: ފަތިސް ނަމާދު ބަންގިއާއެކު އަހަންނަށް ލޯ ހުޅުވާލެވުނީ ވަރުބަލިކަމާއެކުއެވެ. އޭރު ކައިރީގައި އޮތް ފޯނުން ބަންގީގެ އަޑު ނުކެނޑެއެވެ. މަޑުމަޑުން ތެދުވެ، ފާރުގައި ބުރަކަށި ޖައްސާލައިގެން އިނދެ އާދައިގެ މަތިން ހަބަރުތައް ބަލައިލީ މާ ބޮޑު އުއްމީދެއް އޮވެގެންނެއް ނޫނެވެ.. ނަމަވެސް އެންމެ ފުރަަތަމަ ވެސް އަހަންނަށް ފެނުނީ ނޫހެއްގައި ޖަހާފައި އޮތް ހުސެންގެ ފޮޓޯއެކެވެ. އެ ފޮޓޯ ފެނިފައި ވެސް އަހަރެންގެ މެޔަށް ދިޔައީ ހޫނު ވެގެންނެވެ. ހަބަރު ކިޔާލުމަށްފަހު އަހަންނަކަށް […] ސަލާމާ ޢަބްދުލް ޢަލީމް · 11 މަސް ކުރިން
ބައިނަލްއަގުވާމީ އިންޑޮނޭޝިޔާގެ ސުމަޓްރާގެ އައްސޭރި ފަށަށް 6.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް 27 ނޮވެމްބަރު 2025 ބުރާސްފަތި ދުވަހުގެ ހެނދުނު އިންޑޮނޭޝިޔާގެ އުތުރު ސުމަޓްރާގެ އައްސޭރިފަށާ ކައިރިއަށް 6.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. މި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީގެ އެއްވެސް އިންޒާރެއް ނެރެފައެއް ނުވެއެވެ. އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ ބޮޑު ގެއްލުމެއް ވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ބިންހެލުމުގެ ތަފްސީލުތައް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (USGS) އިން މި ބިންހެލުމުގެ ބާރުމިން ފުރަތަމަ ރެކޯޑުކޮށްފައިވަނީ 6.6 މެގްނިޓ... ނާޒިމާ އަލީ · 11 މަސް ކުރިން
ވިޔަފާރި އުރީދޫ ގެ އޭ.އައި ޕަވަރޑް އީކޭވައިސީ ދޯހާ، މޮބައިލް ވޯލްޑް ކޮންގްރެސްގައި ދައްކާލައިފި އުރީދޫ މޯލްޑިވްސް އިން ބޭނުންކުރަމުންދާ އޭ.އައި. ޕަވަރޑް އިލެކްޓްރޯނިކް ނޯ ޔުއަރ ކަސްޓަމަރ (eKYC) ސޮލިއުޝަން، ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސް (MWC) ގައި ދައްކާލައިފިއެވެ. މި ސޮލިއުޝަނަކީ އުރީދޫގެ ޑިޖިޓަލް ސިމް އެކްޓިވޭޝަން ޗެނަލްތަކުގައި ބޭނުންކުރަމުން އަންނަ، އިންޑަސްޓްރީ ލީޑިން ސްޕީޑް އަދި ފްރޯޑް ރެސިސްޓެންޓް އައިޑެންޓިޓީ ވެރިފިކޭޝަން ބޭނުންކުރާ ނިޒާމެކެވެ. މި ސިސްޓަމް ބޭނުންކޮށްގެން އައިޑީ މައުލޫމާތު ނަގައި، ލައިވްނެސް ޗެކްކޮށް، ފޭޝަލް އައިޑެންޓިޓީއާ އެއްގޮތްކޮށ... އިބްރާހިމް އަސްވާޤް · 11 މަސް ކުރިން
ރާއްޖެ ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދޭ ފައިސާ އުނިކޮށް، ކުރީގެ ނައިބުންނަށް އިނާޔަތް ދެނީ ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 25،000ރ. ގެ އިނާޔަތެއް ދިނުމާ ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި އިސްލާހަކީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކެކެވެ. މި ބިލުގެ މަގުސަދަކީ ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދެވޭ އިނާޔަ... އަލީ އާދިލް · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު މުރައިދޫގައި ޕޭސްޓްރީ ކޯހެއް ހއ. މުރައިދޫގައި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ޕޭސްޓްރީ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ. މި ކޯހަކީ މުރައިދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. 16 ނޮވެންބަރު 2025 އިން 24 ނޮވެންބަރު 2025 އަށް ކުރިއަށް ގެންދިޔަ މި ޕޭސްޓްރީ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ބާއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން މިހާރު ދީފައިވާއިރު، އެރަށުގެ 17 އަންހެން ބޭފުޅުން ވަނީ މި ކޯސް ފުރިހަމަކޮށްފައެވެ. މި ކޯހުގައި ކިޔަވައިދެއްވީ މައި […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ވިޔަފާރި ފިހި ސީރިއަސް އަނިޔާތަކެއް ލިބުނު ސްޓެލްކޯގެ މުވައްޒަފު އޭޑީކޭ އަށް ބަދަލުކޮށްފި ހުޅުމާލޭގައި ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ. މި ހާދިސާގައި އެ މުވައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ވަނީ ހާމަކޮށްފައެވެ. ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިމާރާތް އަޅަން ހަވާލުކޮށްފި ރ. ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތަކީ ދުވާފަރުގެ ރައްޔިތުންނަށް އިތުރު ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ފަސޭހަކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އެވެ. އަދި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކު... ޔުމްނާ ޢަލީ · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ތިލަ އުތުރު މަސްރޭސް ކެލާގައި، ބައިވެރިވުމަށް ހުޅުވާލައިފިި ހއ.އަތޮޅުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ “ތިލައުތުރު މަސްރޭސް 2025” ގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅު ކެލާ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ. މި މަސްރޭސް އަކީ އަތޮޅުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ.އަތޮޅު ކައުންސިލާއި ކެލާ ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މަސްރޭސް ބާއްވަން ނިންމާފައި ވަނީ ކެލާގައެވެ. ކެލާ ކައުންސިލުން މިކަމާއި ގުޅިގެން ކުރި ޢިއުލާނުގައި ބުނެފައިވަނީ، ހއ.އަތޮޅު މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ތިލައުތުރު މަސްރޭހުގައ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ 20 ގައުމެއްގެ ނޭވީ ބައިވެރިވާ ފްލީޓް ރިވިއުގައި ބައިވެރިވުމަށް ކޯސްޓްގާޑް ޝިޕް ހުރަވީ ލަންކާއަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފްލީޓް ރިވިއު (އައިއެފްއާރް2025) ގައި ބައިވެރިވުމަށް، ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމްއެންޑީއެފް) ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް ފުރައިފިއެވެ. މި ހަރަކާތަކީ ސްރީލަންކާގެ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ބޮޑު އިވެންޓެކެވެ. މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއާއި ޓްރިންކޮމަލީގައެވެ. ދިފާއީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، ނޮވެންބަރު 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވ... ޔުމްނާ ޢަލީ · 11 މަސް ކުރިން