ތިލަދުންމަތީ ޚަބަރު ހއ.އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ އަޅައިފި ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ މި ހޮސްޕިޓަލްގެ ބިންގާ އެޅުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމް އިބްރާހީމާއި، ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައޫދީ އަދި ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ ފަސް ބުރީގެ […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ރައީސް މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ފުރަތަމަ ބައްދަލުވުން ވިލިމާލެ ރައްޔިތުންނާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާދަމަ ރޭ (23 ވާ އާދީއްތަ ދުވަަހުގެރޭ) ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނެކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް މުޢިއްޒު ވަނީ، މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން، މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، 17 ނޮވެމްބަރު 2025 ގައި “ރައްޔިތުންނާއެކު ކުރިއަށް-... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް 12 ބިމެއް ބީލަމަށް ހދ. ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް 12 ބިމެއް ދޫކުރުމަށް އެރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. މި ބިންތައް ދޫކުރުމަށް ނޮޅިވަރަންފަރު ކައުންސިލުންކޮށްފައިވާ ޢިއުލާންގައި ބުނެފައި ވަނީ އެ ބިންތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 25 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ ކައުންސިލަށް ނުވަތަ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލިއްޖެ ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު ދެ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މިތަނުން ބަލަމުން އަންނަ ފުރަތަމަ މައްސަލައަކީ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން 23 މެއި 2025 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަން ސިނގިރޭޓްގެ ތެރެއިން 6 ކާޓަން ގެއްލުނު މައްސަލައެވެ. އެ 6 ކާޓަން ސިނގިރޭޓް މަދުކަން އެނގުނީ 12 […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ބައިނަލްއަގުވާމީ ލަންކާގެ ދެކުނު ކަނޑުން 376 ކިލޯ ޑްރަގާއެކު ބޯޓެއް އަތުލައިގެންފި، ހަތިޔާރު ވެސް ފެނުނު ސްރީލަންކާގެ ދެކުނު ސަރަޙައްދުގެ ކަނޑުން 376 ކިލޯ ޑްރަގާއެކު ދަތުރުކުރި ބޯޓެއް އަތުލައި، 6 މީހުން ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޭވީން ބުނެފިއެވެ. ލަންކާގެ ނޭވީން ބުނިގޮތުގައި މަސްތުވާތަކެތި އުފުލަމުން ދިޔަ ދިގު ދަތުރުކުރުމުގެ ގާބިލުކަން ހުރި މި މަސްބޯޓު އަތުލައިގެންފައި ވަނީ ނޭވީން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. 376 ކިލޯގެ މަސްތުވާތަކެތީގެ ބަސްތާތަކާއެކު ބޯޓުގައި ތިބި ހަ މީހުންނާއި ބޯޓު މި މަހުގެ 20 ވަނަ ދުވަހު ވަނީ ސްރީލަންކާގެ ތަންގައްލޭ މަސްބަނދަރަށް ވައްދާފައިކަމަށް ސްރީލަންކާގެ ނ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ބައިނަލްއަގުވާމީ މަމްދާނީ ހޯދީ ފުރިހަމަ ކާމިޔާބީއެއް، އޭނާ އަށް އަހަރެން އެއްބާރުލުން ދޭނަން: ޓްރަމްޕް ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ހޮވިފައިވާ ޒޮހޮރާން މަމްދާނީއާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމަކަށްފަހު، ދެބޭފުޅުން ވެސް އެއްބޭފުޅަކު އަނެއްބޭފުޅަކަށް ތަޢުރީފްކުރައްވައި، ނިއުޔޯކްގައި ދިރިއުޅުމުގެ ޚަރަދު ހެޔޮކުރުމާއި، ހައުސިންގ މަޝްރޫޢުތައް ހިންގުމާއި، އާންމު ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި އެއްބަސްވެފައިވާކަން ހާމަކުރައްވައިފިއެވެ. މި ބައްދަލުވުމުގެ ތެރެއިން، ކުރިން ހުރި ފިކުރީ ތަފާތުތަކާ ދެކޮޅަށް، ދެ ބޭފުޅުންގެ ދެމެދުގައި... ނާޒިމާ އަލީ · 11 މަސް ކުރިން
ރާއްޖެ އޮޅުވެލިފުށީގައި ހެޔޮ އެދޭ ފަރާތަކުން ބިނާކޮށްދިން މިސްކިތް ހުޅުވައިފި ޅ. އޮޅުވެލިފުށީގައި ހެޔޮ އެދޭ ފަރާތަކުން ބިނާ ކޮށްދިން އާ މިސްކިތް ހުޅުވައިފިއެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ ”މަސްޖިދުއް އިޚްލާޞް” އެވެ. މި މިސްކިތް ހުޅުވާފައި ވަނީ ހުކުރު ދުވަހުގެ ފަތިހު ފަތިސް ނަމާދަށްފަހުއެވެ. މި މިސްކިތް ހުޅުއްވައިދެއްވީ މަޝްހޫރު ދީނީ ޢިލްމްވެރިޔާ އިލްޔާސް ހުސައިނެވެ. ހުކުރު ދުވަހު އެ މިސްކިތުގައި އިމާމުވެ ހުކުރު ނަމާދުކޮށްދެއްވީ ވެސް ސައިޚް އިލްޔާސެވެ. މި މިސްކިތް ހުޅުވުމުގެ އުފަލުގައި ހުކުރު ދުވަހު މެންދު ހުކުރު ނަމާދަށްފަހު އޮޅުވެލިފުށީ ރައްޔިތުންގެ ފަރާތުން […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ވިޔަފާރި އާރްޑީސީގެ ލޯގޯ ރީބްރޭންޑްކޮށް އިފްތިތާހްކޮށްފި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ލޯގޯ އަލުން ރީބްރޭންޑްކޮށް، އައު ލޯގޯ އިފްތިތާހްކޮށްފިއެވެ. އާރުޑީސީގެ ލޯގޯ އަލުން ރީބްރޭންޑްކޮށް، އައު ލޯގޯ އިފްތިތާހްކޮށްކޮށްފައި ވަނީ އެ ކުންފުނި އުފެއްދިތާ 6 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އާރްޑީސީގެ އައު ލޯގޯ އިފްތިތާހްކޮށްދެއްވީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. އާރްޑީސީ އަކީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ، ސަރުކާރުގެ 100% ހިއް... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޚާއްސަ ސަމާލުކަމެއް ނުދެން: ޖޭއެސްސީ ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުނުކުރާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ. ޖޭއެސްސީން މިހެން ބުނެފައި ވަނީ ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައެވެ. ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނަކީ ޤާނޫނުއަސާސީއާއި، އެ ކޮމިޝަންގެ ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުސްތ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓް ހަދަން ބޮޑު ތިލަދުންމަތީގެ 4 ތަނެއް ބީލަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަލާލު ޓޫރިޒަމްގެ މޮޑެލް ތައާރަފުކުރުމުގެ ގޮތުން، ބޮޑު ތިލަދުންމަތީގެ ހަތަރު ތަނެއް ހިމެނޭހެން ޖުމްލަ ފަސް ތަނެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ރަށްތަކުގައި ރިސޯޓު ތަރައްގީކުރާނީ އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށެވެ. މި ބީލަމަށް ހުޅުވާލާފައިވާ ފަސް ތަނުގެ ތެރޭގައި ހިމެނެނީ ހއ. ބީނާފުށި (2.21 ހެކްޓަރުގެ ބިން، 100 އެނދު)، ހއ. ކަނޑާލިފިނޮޅު (5... ޔުމްނާ ޢަލީ · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށީ ސިޓީ އަށް މުދާ އުފުލުމުގެ ދަތުރުތައް ފަށައި، ފުރަތަމ މުދާ އުފުލާ ބޯޓު މިއަދު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފިއެވެ. އެމްޕީއެލުން ބުނިގޮތުގައި މިއީ ކުޅުދުއްފުއްޓާއި ޓުޓިކޮރިންނާ ދެމެދު މަހަކު އެއްފަހަރު ދަތުރުކުރުމަށް ހަމަޖައްސާފައިވާ ސީދާ މުދާ އުފުލުމުގެ ޚިދުމަތް ފެށުންކަމަށެވެ. ”އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން އައި ވީ.ބީ. ޕްރޮގްރެސް ނަމަކަށް ކިޔާ އާންމު މުދާ އުފުލާ ބޯޓު، 127 ޓަނުގެ މުދާއާއެކު ކުޅުދުއްފުށީ ބަނދަރަށް ލަފައިފި، މި މުދާގެ ތެރޭގައި […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ޑްރަގް ދީގެން ނަހަމަގުޅުން ބާއްވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުވައްޒަފުގެ ބަންދަށް 15 ދުވަސް ފަރުވާ ހޯދަމުން ދާ މީހުންނަށް ޑްރަގް ދީގެން ނަހަމަގުޅުން ބާއްވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނި ގޮތުގައި، އެންޑީއޭ އިން ފަރުވާ ހޯދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އެންޑީއޭ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ ފަރުވާ ހޯދަމުންދާ […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ބައިނަލްއަގުވާމީ ލަންކާގެ ލޯ ކޮލެޖުން ނަމަލް އަށް ފުރުސަތު ދިނީ އުސޫލުން ބޭރުންކަމުގެ ތުހުމަތު ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަ، ސްރީލަންކާގައި ގާނޫނީ ރޮނގުން މަތީ ތަޢުލީމް އުނގެނިވަޑައިގަތުމަށް އެ ގައުމުގެ ލޯ ކޮލެޖުގެ ކޯހުން ޖާގަ ދެއްވީ ގަވާއިދުތަކާ ޚިލާފަށް ކަމަށް، “ދި އެގްޒެމިނާ” ކުރި ތަހުގީގެއްގައި ބުނެފިއެވެ. “ދި އެގްޒެމިނާ” ނޫހުން ހާމަކޮށްފައިވާ ގޮތުން، ނަމަލް ރާޖަޕަކްސަ 2009 ވަނަ އަހަރު ލޯ ކޮލެޖަށް ވަނުމަށް އެދި ހުށަހެޅުއްވި، ލިޔުމަކީ އެ ވަގުތު ސައްހަކަން ލިބިގެންވާ ލިޔުމެއްނޫނެވެ. އެ ކޯހަށް ވަނުމަށް ނަމަލް ވަނީ […] ނާޒިމާ އަލީ · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަމަށް މިއަދު ހުޅުވާލައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި ބީލަމުގެ ފުރުސަތު ހުޅުވާލައި ކޮށްފައިވާ ޢިއުލާންގައިވާގޮތުން ހދ. އަތޮޅުގެ ފަސް ތަނަކާއި، ހއ. އަތޮޅުގެ ފަސްތަނަކާއި އަދި ށ.އަތޮޅުގެ ތިން ތަނެއްގައި ރިސޯޓު ހަދައި ހިންގަން ވަނީ ހުޅުވާލާފައެވެ. އެއީ، ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށާއި، ހއ. މާދުނީގެ ފަރުގައި ތިން ރިސޯޓު ތަރައްގީ ކުރުމަށާއި، ހދ. މަކުނުދޫގެ ފަރުގައި ދެ […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ އިސްލާމްދީނުގެ އިމުން ބޭރުވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައީސް އެދިވަޑައިގެންފި ރާއްޖޭގައި އިސްލާމްދީނުގެ ޙުދޫދުން ބޭރުވާފަދަ ކަންކަން އެއްވެސް ބަޔަކު ނުކުރުމަށް ރައީސް މުޙައްމައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމު “ލިލީ” ގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ފިރިހެނަކު ދިޔަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މު... ޔުމްނާ ޢަލީ · 11 މަސް ކުރިން