ރާއްޖޭގައި އިސްލާމްދީނުގެ ޙުދޫދުން ބޭރުވާފަދަ ކަންކަން އެއްވެސް ބަޔަކު ނުކުރުމަށް ރައީސް މުޙައްމައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

އޮލިމްޕަހުގައި ރޭ އެޅުވި ދިވެހި ފިލްމު "ލިލީ" ގެ ކާޕެޓް އިވެންޓަށް އިސްލާމްދީނާއި ދިވެހި ސަގާފަތާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން ފިރިހެނަކު ދިޔަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ad
rt

ރައީސް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށެވެ.

''މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ. ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް'' ރައީސް ވިދާޅުވެފަވެއެވެ.

ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.