ވިޔަފާރި އުރީދޫގެ އޭ.އައި ޗެޓްބޮޓު މެދުވެރިކޮށް ކުއްޅަވަށްފަލު ރަނިންއާ ވާހަކަ ދައްކައިފިންތަ؟ އުރީދޫ މޯލްޑިވްސްއިން މި ޑިސެމްބަރު މަހު އެ ކުންފުނީގެ ކަލަންޑަރު އަދި އޭ.އައި ޗެޓްބޮޓުން ވާހަކަ ދައްކާލެވޭނެ ކެރެކްޓަރަކީ ކުއްޅަވަށްފަލު ރަނިއެވެ. އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ބިނާކުރެވިފައިވަނީ ދިވެހި ފޯކްލޯރ ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އަދި އޭ.އައި މެދުވެރިކޮށް މި ޝަހުސިއްޔަތުތަކާ ވާހަކަ ދެކެވޭ ގޮތް ވަނީ ފަހިކޮށްދީފައެވެ. މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، ޓެކްނޮލޮޖީގެ އެހީގައި ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓައި، ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫއ... އަލީ އާދިލް · 11 މަސް ކުރިން
ރާއްޖެ ހެލްތް ސެޓްފިކެޓާ ނުލައި ކާބޯތަކެތި އެތެރެކުރަން ހުއްދަދިން މުވައްޒަފުންތަކެއްގެ މައްޗަށް ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން، ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ހުއްދަދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފިއެވެ. މި ދެ މުވައްޒަފުންގެ މައްޗަށް ދައުވާކޮށްފައިވަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ ދަށުންނެވެ. ޕީޖީ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ހިނގާދިޔަ ކަމަކާ ގުޅި... ޔުމްނާ ޢަލީ · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީގެ މުސާރަ ކަނޑައަޅައި އިތުރު ނިންމުންތަކެއް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި، އެ މަޤާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅައި ޢިއުލާންކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 234 ވަނަ އާންމު ބައްދަލުވުމުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ މި މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ އަދަދަކީ 35,000 ރުފިޔާ ކަމަށެވެ. ކައުންސިލުން މިހާރު ވަނީ މި މަޤާމަށް އެކަށީގެ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު މަރާމާތުކުރުމުގެ މަސައްކަތަށް ހއ.އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ ވަގުތީގޮތުން ބަންދު ހއ.އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ މަރާމާތު ކުރުމުގެ މުހިންމު މަސައްކަތަށް އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ ވަގުތީގޮތުން ބަންދުކޮށްފިއެވެ. އެ މަސައްކަތް އަތޮޅު ހޮސްޕިޓަލުން މިއަދު ވަނީ އެމްއެންބީ ކޮންސްޓްރަކްޝަންސްއާ ހަވާލުކޮށްފައެވެ. މި މަސައްކަތަކީ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި މަރާމާތަކީ ހޮސްޕިޓަލުން ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރަމުންދިޔަ މަސައްކަތެކެވެ. އެއީ އޮޕަރޭޝަން... ޔުމްނާ ޢަލީ · 11 މަސް ކުރިން
ބައިނަލްއަގުވާމީ ރާއްޖެއިން ދައްކުވައިދިން އެކުވެރިކަމަކީ ލަންކާގެ ރައްޔިތުންނަށް ލިބުނު ބޮޑުހިތްހަމަޖެހުމެއް: ލަންކާގެ ރައީސް ސްރީލަންކާ އަށް ކުރިމަތިވި މޫސުމީ ކާރިސާގެ ވަގުތުގައި ރާއްޖެއިން ދައްކުވައިދިން އެކުވެރިކަމަކީ ލަންކާގެ ރައްޔިތުންނަށް ލިބުނު ބޮޑުހިތްހަމަޖެހުމެއްކަމަށް ލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ރައީސް ޑިސަނާޔަކަ ވަނީ މީސްމީޑިއާގައި ޚާއްސަ ޕޯސްޓެއް ވެސް ކުރައްވާފައެވެ. މި ޕޯސްޓުގައި ރައީސް އަނޫރާ ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހެޔޮފުޅު މެސެޖަށާއި، ސްރީލަންކާއަށް ދިވެހިރާއްޖެއިން ދެއްވި ދީލަތި އެހީތެރިކަމަ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ޒަކާތު ފަންޑުން އިންވެސްޓުކުރާ ފައިސާ އެމްއެމްއޭއިން ބަލަހައްޓާ ގޮތަށް ބިލު ފާސްކޮށްފި ޒަކާތު ފަންޑު ބަލަހައްޓާނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން ކަމަށް ކަނޑައަޅައި، ޒަކާތް ދެއްކުން ގާނޫނީ ގޮތުން ލާޒިމުކުރާ ޒަކާތާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަން ނުވަތަ ބެލެހެއްޓުމާ ގުޅޭ މާއްދާއެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަނީ ބިލަށް އިތުރުކޮށްފައެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ޒަކާތު ފަންޑު ބެލެހެއްޓުމާއި، އެ ފަންޑުގެ އެކި އެކައުންޓްތައް ހުޅުވައި ހިންގުމުގެ އިތުރުން، އެކައުންޓަށް ޖަމާވާ އަދި އެކައުންޓުން ބޭރުވާ ފަ... އިބްރާހިމް އަސްވާޤް · 11 މަސް ކުރިން
ރާއްޖެ ސަނީ ޢުމަރުގެ ބަންދަށް 30 ދުވަސް، ޝަރީޢަތް ނިމެންދަން ބަންދުކުރަން ވިސްނަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޑރ. ހުސައިން ސަނީ ޢުމަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހާފައިވާކަމަށެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ސަނީ ޢުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ މ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ސަޢޫދީ ވިޔަފާރި ވަފުދެއް ރައީސާއި ބައްދަލުކުރަށްވައިފި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުން ފޮނުއްވި މަތީ ފެންވަރުގެ ވިޔަފާރި ވަފުދެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ސާރާ އަލް-ސަޢީދެވެ. މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ރައީސް ޙައްޖަށް ވަޑައިގެން ސަޢޫދީ ވަލީޢަހުދާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރ... ޔުމްނާ ޢަލީ · 11 މަސް ކުރިން
މަޖިލިސް ޑްރަގް ވިޔަފާރިން ހޯދާ މުދަލާ ފައިސާ ދައުލަތަށް، ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް މަގުފަހިކުރާ ގޮތަށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި މި ބިލު ފާސްކުރަން ފެނޭތޯ ނެގި ވޯޓުގައި، މި ބިލު ފާސްވީ މަޖިލީހުގެ 65 މެންބަރުންގެ އިއްތިފާޤުންނެވެ. މި އިސްލާޙުތަކުގެ އެންމެ ބޮޑު ބަދަލަކީ، ކަނޑައެޅިފައިވާ ވަކި މިނ... ޔުމްނާ ޢަލީ · 11 މަސް ކުރިން
މަޖިލިސް ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަޚްލޫފް އައްޔަންކުރަން ރުހުންދީފި ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފާސްކުރީ، 60 މެންބަރުންގެ ވޯޓުންނެވެ. މަހްލޫފްގެ އިތުރުން އުރުދުންއާއި ފަލަސްޠީނަށް ދިވެހިރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންނަށް ވެސް މިއަދު މަޖިލީހުން ވަނީ ރުހުން ދީފައެވެ. ޖަޕާނުގައި ހުންނަވާ ރާއްޖޭގެ... ޔުމްނާ ޢަލީ · 11 މަސް ކުރިން
މަޖިލިސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް، ބިލު ފާސްކޮށްފި ޒަމާނީ އޮނިގަނޑަކާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވުނު ފުރަތަމަ ޒަކާތުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު އޮގަސްޓް 11 ގައި މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ. މި ބިލުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ޒަކާތް ދައްކަންޖެހޭ ފަރާތްތަކާއި، މުދަލުގެ ބާވަތްތައް ކަނޑައެޅުމާއި، ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަނ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރީގެ ވަޒީރު ރަމީލާ ޢައްޔަނުކުރަށްވައިފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، ގ.އާބިން، ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ. މި ޢައްޔަންކުރެއްވުމާ ގުޅިގެން، ޑރ. ޢާއިޝަތު ރަމީލާ ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، އެޗްއާރުސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. މި މަޤާމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ. ރައީސ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ބައިނަލްއަގުވާމީ އެޕަލްއިން ލަންކާއާއި ތޫފާނުގެ އަސަރުކުރި އެހެންގައުމުތަކަށް އެހީ ވަނީ ސްރީލަންކާ، ތައިލެންޑް، އިންޑޮނޭޝިއާ އަދި މެލޭޝިއާ އަށް ކުރިމަތިވި މޫސުމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަަކަށް އެހީތެރިވާނެކަމަށް މަޝްހޫރު ޓެކް ކުންފުނި އެޕަލުން ބުނެފިއެވެ. އެޕަލްގެ ސީއީއޯ ޓިމް ކޫކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތައިލެންޑް، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ސްރީލަންކާގެ އެކި ހިސާބުތަކަށް އެރި ތޫފާންތަކުގެ ސަބަބުން ގިނަ ރަށްތަކާއި މުޖުތަމަޢުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެހެންވެ، މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ހުރިހާ އެންމެ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫގެ މައްޗަށް ފިނޭ ހޯދި މޮޅާއެކު ތިލަދެކުނު ފުޓްސަލް މުބާރާތް ފަށައިފި ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025” އިއްޔެ ފަށައިފިއެވެ. ނައިވާދޫގައި ކުރިއަށްދާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުތައް ފަށާފައި ވަނީ އަންހެން ޑިވިޜަންގެ ބައިންނެވެ. މިގޮތުން ފުރަތަމަ ބައްދަލުކޮށްފައި ވަނީ ފިނޭގެ ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) އާއި ހަނިމާދޫގެ ޓީމް ހަނިމާދޫއެވެ. މި މެޗު ފިނޭ ވަނީ 3-1 އިން ހަނިމާދޫގެ މައްޗަށް ކުރި ހޯދާފައެވެ. އަންހެން ޑިވިޜަންގެ ދެވަނަ މެޗެއް […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ އައިޖީއެމްއެޗުގައި ކުރި ފުރަތަމަ ބެރިއަޓްރިކް ސަރޖަރީ ކާމިޔާބު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކުރި ފުރަތަމަ ބެރިއަޓްރިކް އޮޕަރޭޝަން (ސްލީވް ގަސްޓްރެކްޓޮމީ) ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރާ މި ސާޖަރީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ރަސްމީކޮށް ފެށީ އިއްޔެއެވެ. އެއަށްފަހު އައިޖީއެމްއެޗްގައި މިފަދަ ފުރަތަމަ އޮޕަރޭޝަން މިއަދުކޮށްފައިވާއިރު، މި އޮޕަރޭޝަން... ޔުމްނާ ޢަލީ · 11 މަސް ކުރިން