ރާއްޖެ ކޭއާރުއެޗް ޑަޔަލިސިސް ޔުނިޓު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް(ކޭއާރުއެޗް) ގެ ޑަޔަލިސިސް ޔުނިޓު ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ޕްލަސް ބީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި ފުޅާކުރުމުގެ މަސައްކަތް ނިމުމުން، މި ޔުނިޓުގެ އެނދުތަކުގެ ޢަދަދު އިތުރުވެގެންދާނެކަމަށް ކޭއާރުއެޗުން ބުންޏެވެ. މިގޮތުން މިހާރު 4 އެނދުގައި ޚިދުމަތްދެމުން އަންނައިރު، މަސައްކަތް ނިމުމުން ޖުމްލަ 10 އެނދުގައި ޚިދުމަތް ދެވޭނެއެވެ. މީގެ ތެރޭގައި އެކަހެރިކޮށް ފަރުވާ ދެވޭނެ ޚާއްސަ އެނދަކާއި، އައި.ސީ.ސީ.ޔޫގައި ބޭނުނ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ލަންކާ އަށް އެހީވާން ބޭއްވި ޓެލެތޯނަށް 800،352 ޑޮލަރު، ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ “ސިލޯނާއެކު ދިވެހީން” ޓެލެތޯނުން ލިބުނު 800،352 ޑޮލަރު، ޚާރިޖީ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި މި އެހީގެ ފައިސާ ހަވާލުކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. މި ޓެލެތޯން ފެށިފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ވިޔަފާރި "ކަށަވަރު ޕްރޮމޯ 2025" އިފްތިތާހްކޮށްފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރި “ކަށަވަރު ޕްރޮމޯ 2025” އިފްތިތާހްކޮށްފިއެވެ. މި ޕްރޮމޯ އިފްތިތާހްކޮށްފައި ވަނީ އިއްޔެ ކަށަވަރު ޝޯރޫމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮމޯ ފައްޓަވައިދެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިން އޮފިސާ (ސީއޯއޯ) ސިނާން އަލީއެވެ. މި ހަފްލާގައި އެމްޓީސީސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީން ވިދާޅުވީ މި ޕްރޮމޯޝަން ކުރ... އަލީ އާދިލް · 11 މަސް ކުރިން
ވިޔަފާރި ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އިއްޔެ ބާއްވައިފި އެވެ. މި ޖަލްސާގައި ކުންފުނީގެ މިދިޔަ އަހަރުގެ މުހިންމު ކާމިޔާބީތަކާއި، ކުރިއަށް އޮތް ތަނަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ. އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކުންފުނީގެ ހިއްސާދާރުންނަށް 2024 ވަނަ އަހަރުގެ އުސްއަލިތަކާއި ހޯދާފައިވާ ކުރިއެރުންތައް ހުށަހެޅުމެވެ. މި ޖަލްސާގައި 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ރަސްމީކޮށް ނެރެފައިވާއިރު، [... އަލީ އާދިލް · 11 މަސް ކުރިން
ރާއްޖެ "ނޯ ކެޕް ޖަސްޓް ފެކްޓްސް" ކެމްޕެއިންގެ ދަށުން ފޯރަމެއް ބާއްވައިފި ގައުމީ ޔުނިވާސިޓީގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ “ނޯ ކެޕް ޖަސްޓް ފެކްޓްސް” ކެމްޕެއިންގެ ދަށުން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް އިއްޔެ ބޮޑު ފޯރަމެއް ބާއްވައިފި އެވެ. މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 80 އެއްހާ ދަރިވަރުން ބައިވެރިވި އެ ފޯރަމްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ދާއިރާގެ ހަތަރު ތަޖުރިބާކާރުން ވަނީ […] އަލީ އާދިލް · 11 މަސް ކުރިން
ރާއްޖެ ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި ހދ. ކުޅުދުއްފުށި ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި އިއްޔެ ކުޅުދުއްފުށި ސިޓީ ޕޮލިހާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތު... އަލީ އާދިލް · 11 މަސް ކުރިން
ރާއްޖެ ކެލާގައި ގަސް އިންދުމުގެ ހަރަކާތެއް ހއ. ކެލާގައި ސަރުކާރުގެ “ފަސް މިލިއަން ގަސް އިންދުމުގެ” ގައުމީ މަޝްރޫޢުގެ ދަށުން ތިމާވެށި ހިމާޔަތްކޮށް ރަށުގެ ފެހިކަން އިތުރުކުރުމުގެ ޚާއްސަ ހަރަކާތެއް ފަށައިފިއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން އިސްކުރާ މަސައްކަތްތަކުގެ ތެރެއިން، ކެލާ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. މި ހަރަކާތުގެ ދަށުން މިހާރު ގަސް އިންދަން ފަށާފައިވާއިރު، މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކުގައި ޖު... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު “ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް އަވަސްކުރުމެވެ. މި ބައްދަލުވުމުގައި، ބައިނަލްއަ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (34) ކުރީގެ އަދަދާއި ގުޅޭ: ” ޔޫ ބުނީމެއްނު ޒިޔާދުގެ ބޮސްއެކޭ ކިޔައިގެން. އަޔާ ބުނީ އެކަމަކު ބޮސްއަކީ ޒިޔާދޯ. ޒިޔާދޯ ހުރިހާ ކަމެއްގެ އަޑީގައި ހުންނަނީ. ” ނޫރާ އެހެން ބުނުމުން އަަންނަށް ކޮޅަށް ތެދުވެވުނެވެ. ގަބޫލުކުރަން ދަތިވީ ވަރުން އިތުރަށް ކުރާނެ ސުވާލެއް ވެސް ނޭނގުނެވެ. ” ޔޫއަށް އެނގޭތަ؟ ޒިޔާދުގެ އޮފީހުގައި ބިންގަރާހެއް ހުރޭ. އެތާ އެ މީހުން ޖަގަހަ ހަދައިގެން އެ ވިޔަފާރި ކުރަނީ. އެ ތަނުގައި އެ އަންހެން ގުރޫޕާއެކު ބަރަހަނާކޮށް […] ސަލާމާ ޢަބްދުލް ޢަލީމް · 11 މަސް ކުރިން
ރާއްޖެ ސާފު ތާހިރު ކަމެއްނެތި ކުރުނބާ ފަނި ތައްޔާރުކޮށް ޑެލިވަރީ ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ސާފު ތާހިރު ނޫންގޮތެއްގައި ކުރުނބާ ފަނި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު އިއްޔެ ހައްޔަރުކޮށް، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކުރިއިރު، އެތަނުން ގިނަ އަދަދެއްގެ ކުރުނބާ، އަދި ކުރުނބާ ފަނި އަޅަން ތައްޔާރުކޮށްފައި ހުރި ހުސްފުޅިތަކ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ނޮޅިވަރަންފަރު ހުޅަނގުކޮޅު އަތިރިމަތީގައި ބީޗް ހަޓް ހަދަން ހަވާލުކޮށްފި ހދ. ނޮޅިވަރަންފަރުގެ ހުޅަނގުކޮޅު އަތިރިމަތީގައި ބީޗް ހަޓްތަކެއް އެޅުމުގެ މަސައްކަތް އެރަށު ކައުންސިލުން ބަޔަކާ ހަވާލުކޮށްފިއެވެ. ނޮޅިވަރަންފަރު ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލިރާ ޕްރައިވެޓް ލިމިޓެޑްއާ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 30 ނޮވެމްބަރު 2025 ވަނަ ދުވަހުއެވެ. ނޮޅިވަރަންފަރު ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މި މަސައްކަތުގެ ދަށުން ރަށުގެ ހުޅަނގުކޮޅު އަތިރިމަތީގައި ޖުމްލަ 04 ބީޗް ހަޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ އަގަކީ 395,000ރ (ތިންލައްކަ ނ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ރައީސް 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން' ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސް.އެމް.އައި.) އިން އިންތިޒާމްކުރި ‘ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން’ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތައް މެދުވެރިކޮށް އަމިއްލަ ފައިނޭންސް ހޯދުން އަވަސްކުރުމެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ އާދަޔާޚިލާފަށް ބަރުދަން މަތި މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރާ އޮޕަރޭޝަން މައި ދެ ހޮސްޕިޓަލްގައި ފަށައިފި އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ވަނީ ހާމަކުރަށްވާފައެވެ. ބެރިއަޓްރިކް ސަރޖަރީގެ ފައިދާތައް ބެރިއަޓްރިކް ސަރޖަރީ އަކީ ހަޖަމްކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ރާއްޖޭގައި އެއިޑްސްބަލި ތަހައްމަލުކުރާ 36 މީހަކު އެކުއައިޑް އިމިއުނޯޑެ ފިޝެންސީ ސިންޑްރޯމް (އެއިޑްސް) ޖެހިފައިވާ 36 މީހަކު ރާއްޖޭގައި ފަރުވާހޯދަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ބުނިއެވެ. ރާއްޖޭގައި އޭޑްސް ބަލީގެ މީހަކު އެންމެ ފުރަތަމަ ފެނުނުކަމަށް ރެކޯޑު ކުރެވިފައި ވަނީ 1991 ވަނަ އަހަރުއެވެ. ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން އެ މިނިސްޓްރީން އިއްޔެ އާންމުކުރި މައުލޫމާތަށްބަލާއިރު، މި އަހަރުގެ 30 ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 53 އެވެ. އެއީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ބައިނަލްއަގުވާމީ ލަންކާގެ އެންމެފަހުގެ ހާލަތު: ލަންކާގައި 218,000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކުގައި ސައިކްލޯން ދިތްވާގެ ބާރުގަދަ ވިއްސާރައާއި ގަދަ ވަޔާ ގުޅިގެން ސްރީލަންކާއަށް ކުރިމަތިވެފައިވަނީ ބޮޑެތި ތަބީޢީ ކާރިސާއެކެވެ. މި ކާރިސާގެ ސަބަބުން، ޚާއްސަކޮށް މެދުތެރޭގެ ހިމާލީ ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިސާތަކާއި ބޮޑެތި ފެންބޮޑުވުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ސްރީލަންކާގެ ތާރީޚުގައި މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި ތަބީޢީ ކާރިސާތަކުގެ ތެރޭގައި މިކަން ފާހަގަކުރެވެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް (2025 ޑިސެންބަރު 1-2 ގެ ނިޔަލަށް): ސްރީލަންކާގެ މީޑިއާ ރި... ނާޒިމާ އަލީ · 11 މަސް ކުރިން