ރާއްޖެ ވިލާއިން ލަންކާ އަށް އެހީވުމަށް އެއްލައްކަ ޑޮލަރު ހަދިޔާކޮށްފި ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ކާރިސާއިން ލިބުނު ގެއްލުންތަކަށް އެހީވުމުގެ ގޮތުން، ރާއްޖޭގެ ވިލާ ގްރޫޕްގެ ފަރާތުން އެއްލައްކަ އެމެރިކާ ޑޮލަރު (100,000 ޑޮލަރު) ހަދިޔާކޮށްފިއެވެ. މި އެހީއާއި ގުޅިގެން ވިލާ ގްރޫޕްގެ ފަރާތުން މިއަދު ބުނެފައިވާ ގޮތުގައި، އެ ގްރޫޕްގެ ފަރާތުން، ސްރީ ލަންކާގެ ގުދުރަތީ ކާރިސާއާ ގުޅިގެން ކުރިއަށްގެންދާ އެހީތެރިކަމުގެ މަސައްކަތްތަކަށް 100,000 އެމެރިކާ ޑޮލަރު ވަނީ ހަދިޔާކޮށްފިއެވެ. މި އެހީއަކީ، ސްރީލަންކާއަށް ކުރި ވިއްސާރަ އާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ދިމާވ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ އެންމެ ބޮޑު އެއް ޑްރެޖަރާއެކު ރަސްމާލެ ހިއްކުން ތިން ގުނަ އަވަސްކޮށްފި ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނަ އަވަސްކުރުމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލަރ ސަކްޝަން ހޮޕަރ ޑްރެޖަރގެ ތެރޭގައި ހިމެނޭ، ޖަން ޑީ ނުލް ކުންފުނީގެ “ކްރިސްޓޯބަލް ކޮލޯން” ބޯޓުން މިއަދު ރަސްމާލޭ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. މި ޑްރެޖަރާއެކު، ރާއްޖޭގައި […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް: ރައީސް އެއިޑްސް ނައްތާލުމަކީ ދުނިޔޭގެ އެންމެންގެ ހިއްސާވާ ޒިންމާއެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ އެޑްސް ދުވަހާ ގުޅިގެން މިއަދު އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، މި ބަލި ނައްތާލުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި، “އެއިޑްސްއާ ކުރިމަތިލުމުގައި ދިމާވާ ހުރަސްތައް ގިރާކޮށް، އެކަމަށް އާ ބަދަލެއް ގެނައުން” މި ޝިޢާރުގެ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ސިލޯނާއެކު ދިވެހީން ޓެލެތޯނުން 11.4 މިލިޔަން ރުފިޔާ ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެހީތެރިވުމަށް ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނުގެ ވަގުތު ހަމަވައިރު، 11.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. ޕަބްލިކް ސާވިސް މީޑިއާ އިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ، ޕީއެސްއެމުން އާންމުކުރި މި ތެލެތޯނުން ލިބުނު އެހީގެ ޢަދަދުތައް ދައްކާގޮތުން ޖުމުލަ 11.4 މިލިޔަން ރުފިޔާ އާއި 43،000 ޑޮލަރު ވަނީ ލިބިފައެވެ. އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯނަށް، މިއަދު މެންދުރު 2:22 އާ […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ވިޔަފާރި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކް ހޮސްޕިޓަލަށް ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ހުޅުމާލޭ އިންޖީނުގޭގައި ހިނގި މި ހާދިސާގައި އެ މުވައްޒަފުގެ ގައިގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދެވުނީ ހުޅުމާލެ ހޮސްޕިޓަލުންނާއި އޭޑީކޭ ހޮސްޕިޓަލުންނެވެ. ޑ... އަލީ އާދިލް · 11 މަސް ކުރިން
މަޖިލިސް މަޖިލީހަށް އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭ ގޮތަށް ފާސްކޮށްފި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނެސް، އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭގޮތަށް މިއަދު ފާސްކޮށްފިއެވެ. މި އިސްލާހު ފާސްކުރީ ޢާންމު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، 57 މެންބަރުންގެ ތާއީދާއެކުގައެވެ. މި އިސްލާހާއެކު މަޖިލީހަށް ދެ ބާވަތެއްގެ ޕެޓިޝަން ހުށައެޅޭނެއެވެ. އެއީ ކަރުދާސް ޕެޓިޝަން އަދި އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން) އެވެ. ކަރުދާސް ޕެޓިޝަން ހުށައަޅަންޖެހޭނީ މަޖިލީހުގެ އިދާރާއަށް ކަމަށްވާއިރު، އީ-ޕެޓިޝަން ހުށައަޅާނީ ޚާއްސަކޮށް ތައްޔާރުކުރެވިފައިވާ އީ-ޕެޓިޝަން ޕޯޓަލ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލު ރައީސް ތަޞްދީޤުކުރައްވައިފި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 17 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި، 27 ނޮވެންބަރު 2025 ވީ ބުރާސްފަތި ދުވަހުއެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅި މި ބިލު ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ […] ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަޞްދީޤުކުރައްވައިފި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅު ކައުންސިލުތައް އުފެއްދުމަށް ޤާނޫނުއަސާސީން ލާޒިމްކުރާ ކުރުން އުވާލުމަށް ހުށަހެޅުނު ބިލެކެވެ. ރައީސް މި ބިލު ތަޞްދީޤުކުރެއްވުމާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައި، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ، 2025 ނޮވެންބަރު... ޔުމްނާ ޢަލީ · 11 މަސް ކުރިން
ޚަބަރު ހައިވަކަރު ގަހާއި ރުއް ހިމެނޭހެން ވިލިމާލޭގައި 500 ގަސް އިންދައިފި 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމުގެ މަޤުޞަދުގައި މިއަދު އެރަށުގައި 500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތަކީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ވުޒާރާއިން ބުނީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ ވިލިމާލޭގެ ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި އިތުރުކުރުން ކަމަށެވެ. މަދުން ފެންނަ ހައިވަކަރު ގަސްތައް އިތުރުކުރުން މިއަދު ވިލިމާލޭގައި ކުރިއަށްދިޔ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކުރަން ފާސްކޮށްފި ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އޮފީސް ހިންގުމުގެ ޚަރަދު ކުޑަކުރުމަށްފަހު، ކުރީގެ ނައިބު ރައީސުންނަށް ޢިނާޔަތްތަކެއް ދިނުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންމެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލަކީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާހެކެވެ. ސަރުކާރުގެ ފަރާތުން މި އިސްލާޙު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. ނޮވެންބަރު 27 ގައި މަޖިލީހަށް ހުށަހެޅި މި ބިލު ފާސްވީ، ވޯޓުގައި ބައިވެ... އަލީ އާދިލް · 11 މަސް ކުރިން
ވިޔަފާރި ސްރީލަންކާއަށް އެހީގެ ގޮތުގައި ސްޓެލްކޯ އިން 250،000 ރުފިޔާ ބާރުގަދަ ތޫފާން “ޑިޓްވާ” އާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ސްރީ ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިރާއްޖެއިން ކުރިއަށް ގެންދާ “ސިލޯނާއެކު ދިވެހީން” ޓެލެތޯނަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ. މި އެހީއަކީ ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ސްޓެލްކޯގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން ދެއްވި އެހީއެކެވެ. މި އެހީގެ ޗެކް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދުއެ... އިބްރާހިމް އަސްވާޤް · 11 މަސް ކުރިން
ރާއްޖެ ކުޅުދުއްފުށްޓަށް 50 ގްރާމް ޑައިމޯފިން ގެންދަން އުޅުނު މީހާ އުމުރަށް ޖަލަށް ހދ. ކުޅުދުއްފުށި ސިޓީ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލާގައި އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ކުޅުދުއްފުށީ ލޫނާ، އަލީ މުހައްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ހުކުމް އިއްވާފައިވަނީ އާދިއްތަ ދުވަހުއެވެ. އަލީ މުހައްމަދު ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު، ކުޅުދުއްފުށްޓަށް މަސްތުވާތަކެތި ގެންދަން އުޅުނުކަމުގެ... އަލީ އާދިލް · 11 މަސް ކުރިން
ރާއްޖެ ހިޔާ ފުލެޓެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކާއި އުޒްބެކިސްތާނުގެ ހަތަރު އަންހެނުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ރާއްޖެ ތިލަދެކުނު ފުޓްސަލް މުބާރާތުގައި 14 ޓީމު، ހަނިމާދޫ-ފިނޭ މެޗުން މާދަމާ މުބާރާތް ފަށަނީ ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. ހދ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވެފައިވެފައިވެއެވެ. ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ”ތިލަދުން” އަށް ވިދާޅުވީ، މި މުބާރާތަށް ނައިވާދޫ މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. މިގޮތުން މުބާރާތަށް ދަނޑު ތައްޔާރުކުރުމާއި، ޓީމުތަކަށް މަރުޙަބާ... ޔުމްނާ ޢަލީ · 11 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެންމެން އިންތިޒާރުކުރަމުން އައި ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ (ޔޫ-21) “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިއީ މި މުބާރާތް ބާއްވާ ހަވަނަ ފަހަރެވެ. މި މުބާރާތުގައި ޖުމްލަ ހަ ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަކަށާއި، ހއ. އަތޮޅުގެ ތެރެއިން ދައުވަތު ދީގެން އަންނަ ތިން ޓީމަކަށެވެ. މިގޮތުން ދައުވަތު ދީފައިވާ ރަށްތަކަކީ ހއ. އުލިގަން، ހއ. […] އިބްރާހިމް އަސްވާޤް · 11 މަސް ކުރިން