ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލް ތަސްދީގު ކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ތިން ވަނަ އިޞްލާޙުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި އިޞްލާޙުގެ ދަށުން، ޑްރަގް ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާއި، ވަކި ބަރުދަނަކަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. މި އިޞްލާޙުގެ މައިގަނޑު ބޭނުމަކީ މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވައި، ބޭނުންކުރާ މިންވަރު މަދުކުރުމުގެ އިތުރުން، ފަރުވާ ދިނުމަށް އިސްކަންދީ، މަސްތުވާތަކެއްޗަށް ދެ...