މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށްގެން ފޭރުނު މީހަކު ހައްޔަރުކޮށްފި
އެހެން މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަޙްމަދު ޙައްސާން ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ވައިބަރ އެކައުންޓެއް މެދުވެރިކޮށް 150,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހީލަތުން ހޯދިކަމުގެ ތުހުމަތުގައެވެ. ފުލުހުން ހާމަކުރާ ގޮތުގައި، މި މައްސަލައިގައި ޖުމްލަ 150,300 ރުފިޔާ މަކަރަށް ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭގެ ތެރެއިން...