މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ ދައްފަޅު ކައިރީގައި އައު ބެންޗުތަކެއް ބަހައްޓައިފި

ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ ދައްފަޅު ކައިރީގައި އައު ބެންޗުތަކެއް ބަހައްޓައިފި

ށ. ފުނަދޫ ސްކޫލާ ކައިރީގައި ހިތްފަސޭހަ މާހައުލެއްގައި، ގުދުރަތީ ރީތިކަން ފެންނަން ހުންނަ “ދައްފަޅު” ކައިރީގައި، އެރަށު ޔުނިޓީ ސްޕޯޓްސް އެކަޑަމީން އާ ބެންޗުތަކެއް ބަހައްޓައިފިއެވެ. އެ އެކަޑަމީން ބުނީ، މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނާއި ބެލެނިވެރިންނަށް ހިތްފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމެއް ވަނީ ހަމަޖެހިފައިކަމަށެވެ. ފުނަދޫ ޔުނިޓީ އެކަޑަމީން ކުރިއަށް ގެންދިޔަ މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. އ...

ޔުމްނާ ޢަލީ
ޗައިނާއިން ޣައްޒާއަށް 100 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ޗައިނާއިން ޣައްޒާއަށް 100 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅުކުރުމަށް އެހީވުމުގެ ގޮތުން ފަލަސްތީނަށް 100 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެއްވާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވއިޢުލާން ކުރައްވައިފިއެވެ. ރައީސް ޝީ މި އެހީގެ އިޢުލާން ކުރެއްވީ، ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިންނެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ބެއިޖިންގްގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ރައީސް ޝީ ވިދާޅުވީ، ޣައްޒާގެ އިންސާނީ ކާރިސާގެ ނުރައ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާ ނިންމައި ހުޅުވާލައިފި

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާ ނިންމައި ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ނިންމާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ހޮނިހިރު ބާޒާރު ސަރަހައްދުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިމި ބޭނުންކުރުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. ސިޓީ ކައުންސިލުން މި މަސައްކަތްކޮށްފައި ވަނީ  ބާޒާރުގެ އަސްލު ނުގެއްލޭގޮތައް އެތަނުން ޚިދުމަތް ފޯރުކޮށްދޭ މީހުންނަށާއި، ޚިދުމަތް ހޯދާ މީހުންނަށް ވަރަށްބޮޑު ލުއިކަން ލިބޭނެގޮތަށެވެ. ހޮނިހިރު ބާޒާރު ތަރައްޤީކުރާނީ އަސްލު ނުގެއްލޭ ގޮތަށް:...

ޔުމްނާ ޢަލީ
ފަޒުލްގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް: ޕީޖީ

ފަޒުލްގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް: ޕީޖީ

އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އައިޓީ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ދައުވާ ކުރެވޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ. ފަޒުލާއި ޝުހޫދުގެ މައްޗަށް ތުހުމަތު ކުރަނީ އެޗްޑީސީގެ ސާވާގައި ހުރި ލިޔުންތަކެއް ނައްތާލި ކަމަށް ބުނެ އެވެ. ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ފަޒުލާއި ޝުހޫދުގެ މައްޗަށް […]

ހުސައިން ހަބީބް
ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ދައްކާ ވާހަކަ ހުއްޓައެއްނުލާނަން: އދ.ގެ ވެރިޔާ

ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ދައްކާ ވާހަކަ ހުއްޓައެއްނުލާނަން: އދ.ގެ ވެރިޔާ

ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް، ދެ ދައުލަތުގެ ހައްލެއް ހޯދުމުގެ މުސްތަޤްބަލާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކެވުން ހުއްޓައިނުލައްވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވެއްޖެއެވެ. ގުޓެރޭސް މި ވާހަކަފުޅު ދެއްކެވީ ހުކުރު ދުވަހު ބޭއްވި 2025 ވަނަ އަހަރުގެ އ.ދ. ގެ ރެހަމް އަލް-ފައްރާ (އާރްއޭއެފް) ފެލޯޝިޕްގެ ސެޝަނެއްގައެވެ. އެތަނުގައި އޭނާ ޒުވާން ނޫސްވެރިންނަށް އިންޒާރު ދެއްވަމުން ވިދާޅުވީ، މިހާރު ދުނިޔެއަށް ކުރިމަތިވަމުން މިދަނީ ހަނގުރާމަތަކާއި، މޫސުމަށް އަންނަ ބަދަލުތަ...

ނާޒިމާ އަލީ
ކޭބަލަކަށް ގެއްލުންވެ ތޮއިބާ މިސްކިތް ހުންނަ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ

ކޭބަލަކަށް ގެއްލުންވެ ތޮއިބާ މިސްކިތް ހުންނަ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ

‏މާލޭގެ މާފަންނުގައި ހުންނަ ތޮއިބާ މިސްކިތް ހުންނަ ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ހުނީ އެ ސަރަހައްދުން ކަރަންޓް ކެނޑެން ދިމާވީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ. އެކަން ދިމާވެ، ތޮއިބާ މިސްކިތް ހުންނަ ސަރަހައްދުން މިވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު، ކޭބަލަށް ދިމާވި މައްސަލަ ދެނަގަނެ ވީއެންމެ އަވަހަކަށް އެމައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ހިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުންކަމަށް ސްޓެލްކޯއިން ބ...

ޔުމްނާ ޢަލީ
މާލޭގައި މިކްސްޑް ޔޫސް މާރުކޭޓަކާއި މަސްވެރި ސިނާޢަތަށް ޚާއްޞަ އޮފީސް އިމާރާތެއް އަޅަނީ

މާލޭގައި މިކްސްޑް ޔޫސް މާރުކޭޓަކާއި މަސްވެރި ސިނާޢަތަށް ޚާއްޞަ އޮފީސް އިމާރާތެއް އަޅަނީ

މާލޭގައި މިކްސްޑް ޔޫސް މާރުކޭޓަކާއި މަސްވެރި ސިނާޢަތަށް ޚާއްޞަ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ހެންވޭރު ރައްޔިތުންނާއެކު ކަލާފާނު ސްކޫލްގައި ބޭއްވެވި ބައްދަލުވުމުގައި ރައްޔިތުންގެ އިހްސާސްތައް އަޑުއެއްސެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި...

ޔުމްނާ ޢަލީ
ފޭވަރިޓް ގަތަރަށް ނާކާމިޔާބު، ފަލަސްތީނު ޢަރަބް ކަޕްގެ ކުއާޓަރ ފައިނަލަށް

ފޭވަރިޓް ގަތަރަށް ނާކާމިޔާބު، ފަލަސްތީނު ޢަރަބް ކަޕްގެ ކުއާޓަރ ފައިނަލަށް

އޭޝިއާގެ ޗެމްޕިއަން ގަތަރު، ޓިއުނީޝިއާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ، ފީފާ ޢަރަބް ކަޕް 2025 އިން ކަޓައިފިއެވެ. މި ނަތީޖާއާއެކު، ސީރިއާއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެގެން ފަލަސްތީނު ވަނީ އެންމެ ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ފުރުސަތު ހޯދާފައެވެ. މުބާރާތް ބާއްވާ ގައުމުކަމަށްވާ ފޭވަރިޓް ގަތަރު، ގްރޫޕް އޭ އިން ކުރިއަށް ދިއުމަށްޓަކައި ޓިއުނީޝިއާ އަތުން ބޮޑު ތަފާތަކުން މޮޅުވާން މަޖުބޫރުވެފައިއޮތްއިރު، ގްރޫޕްގެ އެންމެ ކުރީގައި އޮތީ ފަލަސްތީނާއި […]

ނާޒިމާ އަލީ
ބައްސާމް ނެގި ފީފާގެ ދިފާއު ހައި ކޯޓުން ވެސް ނާކާމިޔާބު

ބައްސާމް ނެގި ފީފާގެ ދިފާއު ހައި ކޯޓުން ވެސް ނާކާމިޔާބު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާ އިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ ފީފާގެ ހުއްދަ ނެތި ނުބެލޭނެ ކަމަށް ބުނެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނެގި ދިފާއު ބަލައިނުގަތުމަށް ހައި ކޯޓުން ވެސް ނިންމައިފި އެވެ. ފީފާއިން އެފްއޭއެމްއަށް ދިން ފައިސާތައް އަމިއްލަ ބޭނުމަށް ބޭނުންކުރިކަން ސާބިތުވެ, ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ […]

ހުސައިން ހަބީބް
ކުރީގެ ސްކީމްތަކުގެ ދަށުން އެއްކޮޓަރީގެ ފްލެޓް ލިބުނު މީހުންނަށް ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭގޮތް ހަދަނީ

ކުރީގެ ސްކީމްތަކުގެ ދަށުން އެއްކޮޓަރީގެ ފްލެޓް ލިބުނު މީހުންނަށް ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭގޮތް ހަދަނީ

ބޯހިޔާވަހިކަމުގެ ކުރީގެ ސްކީމްތަކުގެ ދަށުން އެއްކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިޞްލާޙުކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، މާލޭ ސިޓީގެ ހެންވޭރު ރައްޔިތުންނާއެކު ކަލާފާނު ސްކޫލްގައި ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމެއްގައެވެ. މާލޭގެ އެހެން އަވަށްތަކާއެކު މީގެ ކުރިން ރައީސް ބޭއްވެވި ބައްދަލުވުންތަކެކޭ އެއްގޮތަށް ރޭގެ ބައްދަލުވުމުގައިވެސް، އެންމެ ގިނަ ރ...

ޔުމްނާ ޢަލީ
ވައިގެ މަގުން އެތެރެކުރަން އުޅުނު މިލިއަނެއްހާ ރުފިޔާގެ ޑުރަގު އަތުލައިފި

ވައިގެ މަގުން އެތެރެކުރަން އުޅުނު މިލިއަނެއްހާ ރުފިޔާގެ ޑުރަގު އަތުލައިފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނި ގޮތުގައި، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 1.2 ކިލޯގްރާމްގެ ކެނަބިސް މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ވަނީ އެ އިދާރާއިން އަތުލައިގެންފައެވެ. މިގޮތުން ހިފެހެއްޓި މަސްތުވާތަކެތީގެ މަގުމަތީ އަގު 936,000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. މި އީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މަ...

ޔުމްނާ ޢަލީ
އަލިކޮ އިންވެސްޓްމެންޓުގެ މުރުމުރާއި މުރާލި ފެކްޓަރީއަށް ރެއިޑެއް، ބުޅާވެސް އުޅޭ!

އަލިކޮ އިންވެސްޓްމެންޓުގެ މުރުމުރާއި މުރާލި ފެކްޓަރީއަށް ރެއިޑެއް، ބުޅާވެސް އުޅޭ!

ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރޭގައިތޯއާއި، އެމީހުން ވިޔަފާރިކުރަމުން ދަނީ ޤާނޫނީ އިމުގެ ތެރެއިންތޯބަލައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އިމިގްރޭޝަން އިން މަޢުލޫމާތުދިން ގޮތުގައި، ޓާސްކްފޯސްއިން މިރޭ ހިންގި ރެއިޑު އޮޕަރޭޝަންގައި ވަނީ މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކ...

އަލީ އާދިލް
ށ.އަތޮޅު ކައުންސިލްގެ ލާމަސީލު މުވައްޒަފަކަށް ސާމިޔާ، ހީވާގި މުވައްޒަފަކަށް މުޙައްމަދު

ށ.އަތޮޅު ކައުންސިލްގެ ލާމަސީލު މުވައްޒަފަކަށް ސާމިޔާ، ހީވާގި މުވައްޒަފަކަށް މުޙައްމަދު

ށ.އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރުގެ ލާމަސީލު މުވައްޒަފަކަށް ސީނިއަރ ކައުންސިލް އޮފިސަރ ސާމިޔާ ޙަސަން އަދި އެންމެ ހީވާގި މުވައްޒަފަކަށް ސަޕޯޓް ވޯކަރ ޙަސަން މުޙައްމަދު ހޮވިއްޖެއެވެ. ށ. އަތޮޅު ކައުންސިލުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަހަރީ ހަފްލާގައި ވަނީ އެކައުންސިލްގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށްފައެވެ. 2025 ވަނަ އަހަރުގެ ލާމަސީލު މުވައްޒަފާއި، ހީވާގި މުވައްޒަފުގެ އިތުރުން އަހަރުގެ ހިއްމަތްތެރި މުވައްޒަފުންނަށް ޕްރިންސިޕަލް އެކައުންޓް އޮފިސަރ އަހުމަދު ހުމޫދު އަދި އެސިސްޓެންޓ...

ޔުމްނާ ޢަލީ
22 ރަށެއްގެ ދަނޑުވެރިންނާއި ކައުންސިލް އޮފިޝަލުންނާއެކު ދަނޑުވެރިކަމުގެ ތަމްރީނެއް

22 ރަށެއްގެ ދަނޑުވެރިންނާއި ކައުންސިލް އޮފިޝަލުންނާއެކު ދަނޑުވެރިކަމުގެ ތަމްރީނެއް

ދިވެހިރާއްޖޭގެ ދަނޑުވެރިން އަހުލުވެރިކުރުމުގެ ވޯކްޝޮޕެއް މިއަދު ފަށައިފިއެވެ. މިއީ އެގްރިކަލްޗަރ މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ”އެމް-ގެޕް” ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ބާއްވާ ވޯކްޝޮޕެކެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި، ރާއްޖޭގެ 22 ރަށަކުން ޖުމްލަ 55 ފަރާތެއް ބައިވެރިވެފައިވެ...

ޔުމްނާ ޢަލީ
ދެ އަހަރަށްފަހު ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި ފިޒިކަލް ކްލާސްތައް ފަށައިފި

ދެ އަހަރަށްފަހު ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި ފިޒިކަލް ކްލާސްތައް ފަށައިފި

އިސްރާއީލުގެ ޤަތުލުއާންމުގެ ސަބަބުން ކުރިމަތިވި މަޖުބޫރީ ހާލަތާއެކު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑާލުމަށްފަހު، ޣައްޒާގެ އިސްލާމިކް ޔުނިވަރސިޓީގައި ދަރިވަރުން ހާޒިރުކޮށްގެން އަލުން ކިޔަވައިދޭން ފަށައިފިއެވެ. އިސްރާއީލުން ގަސްދުގައި ދިން ހަމަލާތަކުގައި ވަނީ ޣައްޒާގެ ތަޢުލީމީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް އިމާރާތްތަކެއް ހަލާކުވެފައެވެ. ހަނގުރާމައިގެ އަސަރުތައް އަދިވެސް ފެންނަން ހުރިއިރު، އެތައް ސަތޭކަ ދަރިވަރުން ވަނީ މަރާމާތުކުރެވިފައިވާ، ނަމަވެސް ފާރުތަކުގައި ރެނދުލާފައިވ...

ޔުމްނާ ޢަލީ