މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަގާމަށް ސޮބާހް

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މަގާމަށް ސޮބާހް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އެ ސާވިސްގެ ޑެޕިއުޓީ ސްޕްރިންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހްމަދު ސޮބާހް ހަމަޖައްސައިފިއެވެ. ކަރެކްޝަންސް އިން އެތަނުގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސޮބާހު އާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރުމުން އޭނާ އަށް މަރުޙަބާ ކިޔާފައެވެ. ޑީސީޕީގެ މަގާމަށް މިއަދު ހަމަޖެއްސި ސޮބާހަކީ ސިވިލް އަދި ޕްރިޒަން އޮފިސަރެއްގެ ގޮތުގައި ކަރެކްޝަނަލް ދާއިރާގައި މަސައްކަ...

ޔުމްނާ ޢަލީ
23 އަހަރުގެ އަގުހުރި ޚިދުމަތަށްފަހު ނިޔާޒު ފަނޑިޔާރުކަމުން ރިޓަޔާކުރަށްވައިފި

23 އަހަރުގެ އަގުހުރި ޚިދުމަތަށްފަހު ނިޔާޒު ފަނޑިޔާރުކަމުން ރިޓަޔާކުރަށްވައިފި

ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ރިޓަޔަކުރަށްވައިފިއެވެ. ހައި ކޯޓުން މިއަދު ބުނީ، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. ”ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވަން” ހައި ކޯޓުން ބުނެފަވެއެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫ...

ޔުމްނާ ޢަލީ
ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި

ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި

ށ. ޅައިމަގު ސްކޫލްގެ ”ކްލަބް ލަކުސަނަ”އިގެ ފަރާތުން ނެރޭ ލުއިފޮތް ”ފަށަން”ގެ ދެވަނަ އަދަދު ނެރެފިއެވެ. މި ލުއި ފޮތަކީ ކްލަބް ލަކުސަނައިގެ ފަރާތުން މަހަކު އެއްފަހަރު ނެރޭ ލުއި ފޮތުގެ ސިލްސިލާގެ ދެވަނަ ފޮތެވެ. މި ފޮތުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު ތާރީޚްގެ ބައިގައި ”ށ.އަތޮޅުގައި ސިއްޚީ ޚިދުމަތް ދޭ ފުރަތަމަ މަރުކަޒު”ގެ ސުރުޚީގެ ދަށުގައި ގެނެސްދީފައިވާ ލިޔުމުގައި ށ.އަތޮޅުގައި އެންމެ ފުރަތަމަ ސިއްޚީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކޮށް ޚިދުމަތްފަށާފައި ވަނީ 25 ޑިސެމްބަރު 1970 […]

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (37)

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (37)

ކުރީގެ އަދަދާއި ގުޅޭ: ވަގުތު ބޭކާރު ނުކޮށް، އަހަރެން ތެދުވީމެވެ. ނަމަވެސް ނަސީބު ދެރަކަމުން އެ ވަގުތު ބަހުގެ ދޮރު ލައްޕާލުމަށްފަހު ބަސް ދުއްވާލައިފިއެވެ. އެއާއެކު، ލިލީއާއެކު ވެއްޓިދާނެތީ އަހަންނަށް މަޖުބޫރުވީ ގޮނޑީގައި އިށީންނާށެވެ. އޭރު ވެސް އަހަރެން މަސައްކަތް ކުރީ ހުސެން ފެނޭތޯއެވެ. ނަމަވެސް ބާރު ދުވެލީގައި ދިޔަ ބަސް އޭނާ ފަހަނަ އަޅާ ގޮއްސިއެވެ. ބަހުން ފޭބި ގޮތަށް ފަސްއެނބުރި ވެސް އެ ފްލައިޓާ ދިމާލަށް އަހަރެން ބެލީމެވެ. ހީވާ ގޮތުން އެ ފްލައިޓް އޮތީ ނައްޓާލަން ތައްޔާރަށެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
ފައިސަލް އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތެއް

ފައިސަލް އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތެއް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާގެ ޤާނޫނު ހަދާ މަޖިލީހަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތަކީ އެ މަޖިލީހުގެ ސްޕީކަރ ޕުއާން މަހާރާނީގެ ދައުވަތަކަށް ކުރެއްވި ޒިޔާރަތެކެވެ. ފައިސަލް ނަސީމްގެ ފަރާތުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިގޮތުގައި މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ރާއްޖެއާއި އިންޑޮނޭޝިއާއާ ދެމެދު އޮތް 50 އަހަރުވީ ގާތް ގުޅުމާއި، ކުރިއަށް އޮތް...

ޔުމްނާ ޢަލީ
ދެ ލޯބިވެރިންގެ ދެމެދު މާރާމާރީއެއް، ދެ މީހުންނަށް ވެސް އަނިޔާވެގެން ފަރުވާދެނީ

ދެ ލޯބިވެރިންގެ ދެމެދު މާރާމާރީއެއް، ދެ މީހުންނަށް ވެސް އަނިޔާވެގެން ފަރުވާދެނީ

މާލޭގެ ގެއެއްގެ ތެރޭގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ދެ މީހުންނަށް ވެސް އަނިޔާވެ، މިހާރު ހޮސްޕިޓަލުގައި ފަރުވާދޑން ފަށައިފި އެވެ. މީޑީއާތަކަށް މަޢުލޫމާތުދެލުން ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، މި މާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2025 ޑިސެންބަރު 9 ވަނަ ދުވަހުގެ 10:05 އެހާކަންހާއިރުއެވެ. މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން […]

އަލީ އާދިލް
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށް، އިތުރު ކައުންސިލަރުންނަށް ނަސޭހަތް ދީފި

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށް، އިތުރު ކައުންސިލަރުންނަށް ނަސޭހަތް ދީފި

ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، މުސާރަ ނުހިނގާ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށް، ކައުންސިލްގެ އެހެން ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ. އެލްޖީއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ވަހީދު ސަސްޕެންޑުކުރަން ނިންމީ މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހުގައެވެ. މިގޮތުން، އެލްޖީއޭއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ޖުމްލަ އަށް މައްސަލައެއްގެ އިންކުއަރީއެއް ހިންގުމަށް ފަހުގައެވެ. ވަހީދު ސަސްޕެންޑުކުރަން ނިނ...

އަލީ އާދިލް
ތިލަދެކުނު ފުޓްސަލް މުބާރާތުގެ ސެމީގެ މެޗުތައް މިއަދު

ތިލަދެކުނު ފުޓްސަލް މުބާރާތުގެ ސެމީގެ މެޗުތައް މިއަދު

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ. ނައިވާދޫގައި ކުރިއަށްދާ މި މުބާރާތުގެ ސެމީގެ މެޗުތައް އޮންނާނީ މިއަދު ހަވީރާއި މިރެއެވެ. ހަވީރު ކުޅޭނީ އަންހެން ޑިވިޜަންގެ ސެމީގެ މެޗުތަކެވެ. ރޭގަނޑު ކުޅޭނީ ފިރިހެން ޑިވިޜަންގެ ސެމީގެ މެޗުތަކެވެ. މިގޮތުން ހަވީރު 15:45 ގައި ފަށާ އަންހެން ޑިވިޜަންގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ކުމުންދޫ ސްޕޯޓްސް ކްލަބާއި ޓީމް ހަނިމާދޫއެވެ. 16:45 ގައި ފަށާ […]

ޔުމްނާ ޢަލީ
މަނަދޫގައި ބިނާކުރި އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

މަނަދޫގައި ބިނާކުރި އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

ނ. މަނަދޫގައި އަލަށް ޢިމާރާތްކުރި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ، މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ. މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ މަނަދޫގައި ބާއްވާފައެވެ. މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ސަޢުދާންއެވެ. މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ އަ...

ޔުމްނާ ޢަލީ
އަމާން އުދަރެސް: އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

އަމާން އުދަރެސް: އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ”އަމާން އުދަރެސް” 4000 ފްލެޓްގެ ތެރެއިން އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިފަހަރު ތަޅުދަނޑި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 11، 12، 15، އަދި 16 ގެ އިތުރުން މާދަމާ ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ ޓަވަރުގެ އެޕާޓްމަންޓްތަކުގެ ތަޅުދަނޑިތަކެވެ. ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:30 އ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ވަގުތީ ޗެެއާޕާސަނަކަށް ގަޕޯ

އެމްޑީޕީގެ ވަގުތީ ޗެެއާޕާސަނަކަށް ގަޕޯ

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އިންތިހާބުކޮށްފި އެވެ. މިރޭ އެޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި، ޖަލްސާގައި ބައިވެރިވި މެންބަރުންގެ ތެރެއިން 65 މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ. ގަފޫރު އައްޔަންކުރެވުނީ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ....

އަލީ އާދިލް
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް، ބައެއް ހިސާބުތަކަށް 10 ފޫޓަށްވުރެ އުސް ސުނާމީއެއްގެ އިންޒާރު

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް، ބައެއް ހިސާބުތަކަށް 10 ފޫޓަށްވުރެ އުސް ސުނާމީއެއްގެ އިންޒާރު

ޖަޕާނުގެ އުތުރު-އިރުމަތީ ކަނޑުގެ ސަރަހައްދަށް ހޯމަ ދުވަހު 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން، އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އިންޒާރާ އެކު، ރައްކާތެރި ހިސާބުތަކަށް ދިޔުމަށް އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ވަނީ އަންގާފައެވެ. ޖަޕާނުގެ މޫސުމާބެހޭ އެޖެންސީ ޖޭއެމްއޭ އިން ލަފާކުރާ ގޮތުގައި، އިވާޓޭ، އާއޮމޮރީ އަދި ހޮކައިޑޯގެ ބައެއް ހިސާބުތަކަށް 3 މީޓަރަށް (10 ފޫޓަށް) ވުރެ އުސް ސުނާމީއެއް އެރުން އެކަށީގެންވެއެވެ....

ނާޒިމާ އަލީ
ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓް އާންމުކޮށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓް އާންމުކޮށް ހުޅުވާލައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގެ މަސައްކަތްތައް ނިންމާ، އެ ސަރަހައްދު އާއްމުކޮށް ދަތުރުފަތުރުކުރުމަށް ހުޅުވާލައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. ސެގްމެންޓު 1 ގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ނިމުނު ސެގްމަންޓްގައި ހިމެނެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށްވާ 130 މީޓަރުގެ ސަރަޙައްދެކެވެ. މަގު ތ...

އިބްރާހިމް އަސްވާޤް
އިތުރު ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަނާއި ސައިބަރ ޕޯޓަލް އިފްތިތާޙްކޮށްފި

އިތުރު ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަނާއި ސައިބަރ ޕޯޓަލް އިފްތިތާޙްކޮށްފި

ފުލުހުންގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ދުވެލި ރަނގަޅުކޮށް، އެފިޝަންޓްކުރުމަށްޓަކައި، ފުލުހުންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން، އައު ޕްރޮޑަކްޓްތަކަކާއި ޚިދުމަތްތަކެއް އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތްތައް އިފްތިތާޙުކޮށްފައިވަނީ އިސްކަންދަރުކޮށީގައި މިއަދު ބޭއްވި “ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025” އިވެންޓްގައެވެ. އިފްތިތާޙުކުރެވުނު މުހިންމު ޕްރޮޑަކްޓްތަކުގެ ތެރޭގައި އިތުރު ފީޗަރސްތަކާއެކު ތައްޔާރުކޮށްފައިވާ ޕޮލިސް އެޕްލިކޭޝަނާއި ސައިބަރ ޕޯޓަލް ހިމެނެއެވެ. އާ ޕޮލި...

ޔުމްނާ ޢަލީ
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް މަދުވި މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް މަދުވި މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފި

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލާގައި ފުލުހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ސީނިއަރ ސާޖަންޓް ރޭންކުގައި ހުރި އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑް ކުރެވިފައިކަމ...

ޔުމްނާ ޢަލީ