އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭ: ރައީސް
ބޭރު ޤައުމުތަކުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރަސްމީ މީސްމީޑިއާގައި ޝާއިޢުކުރެއްވި ބަޔާނެއްގައެވެ. ރައީސް ވިދާޅުވީ، އެންމެންނަށް ރައްކާތެރި، އަދި ހެޔޮ އަގުގައި ފައިދާހުރި ކާނާ ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، އީޖާދީ އަދި ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތަކެއް ބިނާކުރުމ...