މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ރާއްޖެ ގެނެސްފި

56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ރާއްޖެ ގެނެސްފި

އަތޮޅުތެރޭގެ ރަށްތަކުގައި ހުރި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި، އަލަށް ހޯދި 56 އެމްބިއުލާންސް ރާއްޖެ ގެނެސްފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިއީ ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ. ހެލްތް މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ ޖުމްލަ 65.3 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މި އެމްބިއުލާންސްތައް ގެނައުމަށް މޯލްޑިވްސ...

ޔުމްނާ ޢަލީ
ޑިސެމްބަރު މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީއަށް 54 މިލިއަން ރުފިޔާ

ޑިސެމްބަރު މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީއަށް 54 މިލިއަން ރުފިޔާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ ޑިސެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 54،002،067.27 ރުފިޔާ ހޭދަކޮށްފިއެވެ. އެންސްޕާއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 54،002،067.27 ރުފިޔާ ޚަރަދުކޮށްފައިވާއިރު ރާއްޖެއިން ފަރުވާކުރުމަށް 35،073،224.96 ރުފިޔާގެ އެހީ ވަނީ ދީފައެވެ. އަދި ރާއްޖެއިން ބޭރުން ބޭސްކުރުމަށް 18،828،841.31 ރުފިޔާގެ އެހީ ވަނީ ދީފައެވެ. ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ...

ޔުމްނާ ޢަލީ
ސްޓާލިންކާ ވާދަކުރުމަށް ޗައިނާއިން 200،000 އަށް ވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވަނީ

ސްޓާލިންކާ ވާދަކުރުމަށް ޗައިނާއިން 200،000 އަށް ވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވަނީ

ލޯ އާތު އޯބިޓް (އެލް.އީ.އޯ) ގައި ޗައިނާގެ ބާރުވެރިކަން އިތުރުކުރުމަށްޓަކައި، ޖުމްލަ 200،000 އަށްވުރެ ގިނަ އިންޓަނެޓް ސެޓެލައިޓް ފޮނުވުމުގެ ބޮޑު މަޝްރޫއެއް ހުށަހަޅާފައިވާކަމަށް އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) އިން ހާމަކޮށްފިއެވެ. 2025 ގެ ފަހުކޮޅުން ފެށިގެން ހާމަވަމުންދާ މި ތަރައްގީއަކީ، އެލޮން މާސްކްގެ ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކް ނެޓްވޯކަށް ގޮންޖެހުމަށް ޗައިނާއިން ކުރާ މަސައްކަތުގެ ބައެކެވެ. މަޝްރޫއުގެ ތަފްސީލު މި ބޮޑު މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 14 ތަފާތު ސެޓެ...

ނާޒިމާ އަލީ
ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. އިންތިޚާބުކުރާ މަޤާމުތަކާއި ދާއިރާތައް މި އިންތިޚާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގ...

ޔުމްނާ ޢަލީ
ސިއްޙީ ތަހުލީލުތަކަށްފަހު ސައޫދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި

ސިއްޙީ ތަހުލީލުތަކަށްފަހު ސައޫދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި

ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް، ރިޔާޒްގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ހެއްދެވި ސިއްޙީ ތަހުލީލުތަކުގެ ނަތީޖާ ރަނގަޅުވުމާ ގުޅިގެން، އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން ސައުދީ ރޯޔަލް ކޯޓުން ހުކުރު ދުވަހު އިޢުލާންކޮށްފިއެވެ. ރޯޔަލް ކޯޓުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ކިންގް ސަލްމާން ހޮސްޕިޓަލުން ވަޑައިގަތީ ހަދަންޖެހޭ މުހިންމު ސިއްޙީ ތަހުލީލުތައް ފުރިހަމަ ކުރެއްވުމަށްފަހު، 16 ޖެނުއަރީ 2026 ވާ ހުކުރު ދުވަހު ކަމަށެވެ. މި ތަހުލީލުތަކުގެ ނަތ...

ނާޒިމާ އަލީ
ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ގެނައުމުގެ މަސައްކަތް ކުރިއަށް، ތިން ލޯންޗް ރާއްޖެ ގެނެެސްފި

ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ގެނައުމުގެ މަސައްކަތް ކުރިއަށް، ތިން ލޯންޗް ރާއްޖެ ގެނެެސްފި

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ 7 ލޯންޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ. މީގެ ތެރެއިން ތިން ލޯންޗެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ “އޭޝިއާ ޕެސ...

ޔުމްނާ ޢަލީ
ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް ހުޅުވައިފި

ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް ހުޅުވައިފި

ހދ. ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް އިއްޔެ ހަވީރު ހުޅުވައިފިއެވެ. އިއްޔެ ހަވީރު 17:00 ހާއިރު ކުމުންދޫ ބަނދަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މޮނިއުމެންޓް ހުޅުއްވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ. މި މޮނިއުމަންޓަކީ ކުމުންދޫ ކައުންސިލުން ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ މޮނިއުމެންޓެކެވެ. މި މޮނިއުމެންޓްގައި ކުމުންދޫ ނަމުގައި ހިމެނޭ ތާނަ އަކުރުތައް ވަކިން ހަދާފައިވާއިރު، އަކުރުތައް މަތީގައި ބައިގައި ފިލިތައް ވެސް ކަނޑާނަގާފައިވެއެވެ...

ޔުމްނާ ޢަލީ
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓު: ލަތީފް

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓު: ލަތީފް

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ސަރުކާރަކުން ވަކި ރަށަކަށް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓުކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މި މަޝްރޫއާއެކު މުޅިން “އައު ދިއްދު”އެއް ތަރައްގީ ކުރެވިގެން ދާނެ ކަމަށެވެ. މި ޖަނަވަރީ މަހުގެ 5 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާކަން މެމްބަރު ފާހަގަކުރެއްވިއެވެ. މީގެ […]

ޝިއުނާ އާދަމް
ކުޑަކުދިން ބޭނުންކުރާ ސޯޝަލް މީޑިއާ 4.7 މިލިއަން އެކައުންޓް ބަންދުކޮށް އޮސްޓްރޭލިއާ އިން ކާމިޔާބީ އިއުލާންކޮށްފި

ކުޑަކުދިން ބޭނުންކުރާ ސޯޝަލް މީޑިއާ 4.7 މިލިއަން އެކައުންޓް ބަންދުކޮށް އޮސްޓްރޭލިއާ އިން ކާމިޔާބީ އިއުލާންކޮށްފި

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ފަހުން، ކުޑަކުދިންގެ އެކައުންޓްތަކުގެ ގޮތުގައި ފާހަގަކުރެވުނު ގާތްގަނޑަކަށް 4.7 މިލިއަން އެކައުންޓަކަށް ސޯޝަލް މީޑިއާ ކުންފުނިތަކުން ވަދެވޭ މަގު ބަންދުކޮށްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ. “މިއީ ނުކުރެވޭނެ ކަމެއް ކަމަށް ބުނި އެންމެންނާއި، ދުނިޔޭގެ އެންމެ ބާރުގަދަ އަދި މުއްސަނދި ކުންފުނިތަކާއި އެ ކުންފުނިތަކަށް ތާއީދުކުރާ ފަރާތްތަކާ އަޅުގަނޑުމެން ކުރިމަތިލައިފިން،” އޮސްޓްރޭލިއާގެ ކޮމިއުނިކޭޝަން މިނިސްޓަރ...

ނާޒިމާ އަލީ
މާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށް

މާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވާދަކުރުމަށް، މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފިއެވެ. އެމްޑީޕީގެ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އާދަމް އާޒިމާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. މި އިންތިޚާބުގެ މިހާރުގެ ނަތީޖާތައް ދައްކާގޮތުން ޖުމްލަ ސައްހަ ވޯޓުގެ 60 ޕަސެންޓަށްވުރެ މަތީ އަދަދެއް އާދަމް އާޒިމް ވަނީ ހޯއްދަވާފައެވެ. އެމްޑީޕީގ...

ޔުމްނާ ޢަލީ
ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް

ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ހދ. ހަނިމާދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުއްސައްތާރު ހަސަންގެ މައްޗަށް މިހާރުގެ ކައުންސިލް މެމްބަރު އަލީ އިބްރާހީމް ކުރި ހޯދައިފިއެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެމްޑީޕީގެ ޓިކެޓްގައި ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ޢަލީ އަށް ޓިކެޓް ކަށަވަރުވީ މިއަދު ބޭއްވި ޕްރައިމަރީގައި 121 ވޯޓު ހޯދައިގެންނެވެ. މި ޕްރައިމ...

ޔުމްނާ ޢަލީ
މިދިޔަ އަހަރު ނިމުނުއިރު ލަފާކުރި ވަރަށްވުރެ ރިޒާވް އިތުރުވެ ބިލިއަނަކާއި ގާތަށް

މިދިޔަ އަހަރު ނިމުނުއިރު ލަފާކުރި ވަރަށްވުރެ ރިޒާވް އިތުރުވެ ބިލިއަނަކާއި ގާތަށް

ނިމިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން އިތުރުވެ، އެއް ބިލިއަން ޑޮލަރާ ގާތްކޮށްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރު ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 948.3 މިލިއަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ހުރި 588.6 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 61 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ކަމާބެހޭ ފަރާތްތަކުން ކުރިން އަންދާޒާކޮށްފައިވަނީ އަހަރު ނިމޭއިރު ރިޒާވް...

އަލީ އާދިލް
މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މިލަންދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. މިލަންދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ވެނީލާހައުސް، އަޙްމަދު ޢާލިމް (33އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އެ ރަށު ޕޮލިހުން މި މަހުގެ 13 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނު...

އަލީ އާދިލް
ސަފީރު އަބްދުއްރަހީމް، ރަޝިއާގެ ރައީސްއަށް ފަތްކޮޅު އަރުވައިފި

ސަފީރު އަބްދުއްރަހީމް، ރަޝިއާގެ ރައީސްއަށް ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއަށް އަރުވައިފިއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމަށްފަހު، ސަފީރު އަބްދުއްރަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަޝިއާގެ ރައީސް ޕުޓިންއަށް ތަހުނިޔާ އާއި ހެ...

އަލީ އާދިލް
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ. ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ. ވޯޓުލުން މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ބޮޑު ތިލަދުންމަތީގެ ފަސް ރަށެއްގައި ވޯޓުލުން ކުރިއަށްދަނީ މި އިންތިޚާބުގައި ބޮޑު ތިލަދުންމަތީގެ ފަސް ރަށެއްގައި ޕްރައި...

ޔުމްނާ ޢަލީ