އުރީދޫއިން ކުރިއަށް ގެންދާ ޑިޖިޓަލް ލިޓްރަސީ ޕްރޮގަރާމްތައް އިސްރަށްވެހީންނަށް ބާއްވައިފި
އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކުގެ ތެރެއިން، އިސްރަށްވެހިންގެ ނާދީގެ ބައިވެރިންނަށް ހާއްސަ ސެޝަންތަކެއް މާލެ އަދި ހުޅުމާލޭގައި ބާއްވައިފިއެވެ. މިއީ މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތައް ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަކީ މިއަދުގެ ޑިޖިޓަލް ދުނިޔެ އިތުރަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ބައިވެރިންނަށް އެހީތެރިވެދޭ ޕްރޮގްރާމެކެވެ. މި ސެޝަންތަކުގެ ތެރޭގައި ސްމާޓ...