ހުދުމުހުތާރު، ޙީލަތްތެރި ރޭވުމެއްގެ ތެރެއިން އަދާލަތުގެ އިންތިހާބު ބާއްވާތީ އިކްރާމްގެ ނަން ނަގައިފި
އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ހަމަޔާއި އިންސާފުގެ މަގުން ބޭރުވެ، ހުދުމުހުތާރު ނިޒާމަކަށް މަގުފަހިވާގޮތަށް ޙީލަތްތެރި ރޭވުންތަކެއް ރާވަމުންދާ ކަމަށް ތުހުމަތުކޮށް، އެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ. އިކްރާމް އަބްދުއްސައްތާރު އިންތިހާބު ބޮއިކޮޓްކުރައްވައި ނަން އަނބުރައި ނަންގަވައިފިއެވެ. އިކްރާމްގެ ކެމްޕެއިން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިންތިޚާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށެވ...