''ހެޔޮ ޢަމަލުކުރުމުގައި އިރުޝާދުދެއްވައިފައިވާ މިންގަނޑަކީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން''
އިންސާނާގެ ޙަޔާތުގައި ކުރެވޭ ހެޔޮ ޢަމަލުތަކަކީ އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. އިސްލާމްދީން ބާރުއަޅަނީ ހަމައެކަނި ގިނަގިނައިން ހެޔޮ ޢަމަލުކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ޢަމަލުތަކަކީ އިޚްލާޞްތެރިކަމާއެކު، ދާއިމީގޮތެއްގައި ކުރެވޭ ކަންތައްތަކަކަށް ހެދުމަށެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ފެންނަން އޮތް އެންމެ މުހިންމު އެއް އުޞޫލަކީ، ކިތަންމެ މަދުން ކުރާ ކަމެއް ނަމަވެސް އެކަމެއްގައި ދެމިހުރުމެވެ. މި އަގުހުރި ދަރުސްތައް ހިމެނޭ މިއަދުގެ ހުކުރު ހުތުބާގެ މ...