''ތަޢުލީމު ފުޅާކުރުމަކީ ހަމަހަމަ މުއްސަނދި ޤައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް''
ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމަހަމަ، މުއްސަނދި އަދި ސާބިތުކަމާއެކު ދެމިއޮންނަ ޤައުމެއް ބިނާކުރުމަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާ ކަމަށެވެ. އަދި ތަޢުލީމީ ނިޒާމު ބައްޓަންކުރުމު...