މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:

ރާއްޖޭގެ ޓޫރިޒަމްގެ ނަފާ ދުނިޔޭގެ ބޮޑެތި މަހުޖަނުންނަށް!

މިއަހަރުގެ އޮގަސްޓްމަހުގެ ފަހުކޮޅު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ރައީސް ޓަކިހީކޯ ނަކާއޯ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަފުޅުކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާމީހެއްގެ ހައިސިއްޔަތުން ވިސްނާ ފިކުރު ކުރި ވާހަކަ ކޮޅެކެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ފައިދާ މިހާރު ކުރަނީ ދުނިޔޭގެ ބޮޑެތި ހޮޓެލް ޗެއިން ހިންގާ ފަރާތްތަކަށް ކަމަށް  ވިދާޅުވުމެވެ. މިވާހަކަ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހު ވިސްނާލަންޖެހޭ ކަމެކެވެ.   ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ އެކު ބޭއްވި ޕްރެސް ކޮ...

ހުސައިން ހަބީބް
ފައިނަލުގެ ފަހުޖާގަ ޓީމު ކުޅުދުއްފުއްޓަށް

ފައިނަލުގެ ފަހުޖާގަ ޓީމު ކުޅުދުއްފުއްޓަށް

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ސެމީފައިނަލު ދެވަނަ ޖާގަ ޓީމު ހަނިމާދޫގެމައްޗަށް 4-1 ސެޓުން ކުރި ހޯދައި ޓީމު ކުޅުދުއްފުށި ކަށަވަރުކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ މިއަދު ހަވީރު މެޗުގެ ފުރަތަމަ ސެޓު 25-21 ޕޮއިންޓުން ކާމިޔާބުކުރީ ޓީމު ހަނިމާދޫއެވެ. ނަމަވެސް ބާކީ ތިންސެޓު ވާދަވެރި ކުޅުމަކަށްފަހު ތަފާތު ބޮޑުނޫން ނަތީޖާއަކުން ކާމިޔާބުކުރީ ޓީމު ކުޅުދުއްފުއްޓެވެ. ދެވަނަ ސެޓު ޓީމު ކުޅުދުއްފުށި ކާމިޔާބުކުރީ 26-24 ޕޮއިން...

ޔުމްނާ ޢަލީ

ތިންސެޓުން މޮޅުވެ ނޮޅިވަރަންފަރު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި

މިހާރުކުރިއައްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ސެމީފައިނަލު ފުރަތަމަ މެޗުގައި މިއަދު ހަވީރު ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބާއި ނޮޅިވަރަމް ޒުވާނުންގެ ގުޅުން ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން މޮޅުވެ، ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބު މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލު ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ މިއަދު ހަވީރު މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބު ކާމިޔާބުކުރީ 15-25 ޕޮއިންޓުންނެވެ. ދެ...

ޔުމްނާ ޢަލީ
ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ޔާސިރު ޢަބްދުއްލަޠީފް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ. ޔާސިރު ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރުން އޮތީ ރޭ ހދ އޭއީސީ ގައެވެ. މިބައްދަލުކުރެއްވުމުގައި ހދ. އަތޮޅުކައުންސިލްގެ ރައީސް އަދި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަދި ގިނައަދަދެއްގެ ޒުވާނުންނާއި ރައްޔިތުން ބައިވެރިވިކަން ފާހަގަކޮށްލެވެ. މިބައްދަލުވުމުގައި ޔާސިރުގެ ވާހަކަފުޅަށްފަހު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝުއޫރު ފާޅުކުރެއްވުމާއި މެންބަރާއި ސުވާލުކުރެއްވުމުގެ ފުރުޝަތުވަނީ ހުޅުވާލާފައެވެ. އަދި ބައްދަލުވުން...

ޔުމްނާ ޢަލީ

އުރީދޫ އިން ޕްރީޕެއިޑަށް ހާއްސަ އިންޓަނެޓް ޕެކޭޖުތަކެއް

އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް، އިންޓަނެޓްގެ ވަރަށް ހާއްސަ ހަތަރު އޮފާއެއް ތައާރަފްކޮށްފި އެވެ. އުރީދޫ އިން ބުނީ ޕްރީޕެއިޑް އަދި މިކްސް ކަސްޓަމަރުންނަށް އަލަށް ތައާރަފްކުރެވިފައިވާ ވޮއިސް ޕެކްގެ އިތުރުން އަންލިމިޓެޑް ކޯލްސް، އިތުރު ލޯކަލް މިނެޓް އަދި އިތުރު ޑޭޓާ އެލަވެންސް ހިމެނޭ ކޮމްބޯ ޕެކް މިހާރު ބޭނުންކުރެވޭނެ ކަމަށެވެ. “އަންލިމިޓެޑް ވޮއިސް ޕެކް”ގެ ދަށުން 15 ރުފިޔާ އަށް 24 ގަޑިއިރު ބޭނުންކުރެވޭ އެޑްއޮން، 75 ރުފިޔާ އަށް ހަފްތާއެއްގެ މުއްދަތަށް ބޭނުންކުރެވޭ […]

އިބްރާހިމް އަސްވާޤް
ވައިކަރަދޫ މަގުތަކުގައި ލެޑް ލައިޓް ޖެހުމަށް ބަޔަކާ ހަވާލުކޮށްފި

ވައިކަރަދޫ މަގުތަކުގައި ލެޑް ލައިޓް ޖެހުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ވައިކަރަދޫ މަގުތަކުގައި ލެޑް ބައްތި ޖެހުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ މި ޕްރޮޖްކްޓަކީ މަގު ބައްތިތައް ލެޑު ލައިޓަށް ބަދަލުކުރުމަށް ވައިކަރަދޫ ކައުންސިލުން ހަރަދުކޮށްގެން ހިންގާ ސިލްސިލާ ޕްރޮޖެކްޓެއް ކަމަށެވެ. “މި ޕްރޮޖެކްޓަކީ ވައިކަރަދޫގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށް ހިންގާ ޕްރޮޖެކްޓެއް. އަދި މި މަސައްކަތަކީ ފިޔަވަހިތަކަކަށް ބަހާލެވިގެން ހިންގާ ކަމެއް. އެގޮތުން މި ފިޔަވަހީގައި 15 ލައިޓް ހަރުކުރެވޭނެ.” ވާފިރު ވިދާޅުވިއެވ...

އަފްރާހް އަބްދުލް ރަޝީދު

އިހަވަންދޫން ގޯތި ދޫކުރަން ކުރި އިއުލާނަށް އިސްލާހު ގެނެސްފި

ހއ. އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިއުލާނަށް ބަދަލު ގެނެސްފިއެވެ. މި އިއުލާނަށް ބަދަލު ގެނައުމަށްފަހު، އެރަށު ކައުންސިލުން މިއަދުވަނީ އެކަން އާއްމުކޮށް އިއުލާން ކޮށްފައެވެ. މި މަހުގެ އަށްވަނަ ދުވަހު ކޮށްފައިވާ އިއުލާނުން ބަދަލު ގެނެސްފައިވަނީ ކައިވެނީގެ ބައިންނެވެ. އެގޮތުން، ކައިވެނީގެ ބައިގެ (ރ) ގައި ކުރިން އޮތީ ކާވެންޏަށްވީ ކޮންމެ އަހަރަކަށް 1 ޕޮއިންޓް ދިނުމަށެވެ. އެހެންނަމަވެސް، އިސްލާހުގައިވަނީ ކާވެންޏަށްވީ ކޮންމެ އަހަރަކަށް ( 1 ޕޮއިންޓް)  މިބައިން އެންމެ ގި...

Thiladhun
ފަތުރުވެރިން އަންނަނީ ރަށްތަކުގެ ރީތިކަމާއި ދިވެހިންގެ ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ބަލަން 

ފަތުރުވެރިން އަންނަނީ ރަށްތަކުގެ ރީތިކަމާއި ދިވެހިންގެ ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ބަލަން 

ފަތުރުވެރިން އަންނަނީ ރަށްތަކުގެ ރީތިކަމާއި ދިވެހިންގެ ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ބަލަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބް ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. އަތޮޅުގައި ބާއްވާ “ޖަޒީރާ ކެނޯ ރޭސް” ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެއަށް ފަތުރުވެރިން އައުމުގެ މައިގަނޑު ދެ ބޭނުމެއް އޮންނަ ކަމަށާއި އެއީ ރާއ...

އިބްރާހިމް އަސްވާޤް

މުޙްޔިއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ކުޅުދުއްފުށީ މަލްދާ އަށް

ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހދ. ކުޅުދުއްފުށީ ކަންމަތީގޭ، އާމިނަތު މަލްދާ ހޮވިއްޖެ އެވެ. އިއްޔެ ހަވީރު މުޙްޔިއްދީން ސްކޫލުގައި ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި މަލްދާއަށް އިނާމު ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ. މަލްދާ ވަނީ މިދިޔަ އަހަރު އޯ ލެވެލްގެ ޓޮޕް ޓެން އަދި މުޙްޔިއްދީން ސްކޫލް ޓޮޕް ޓެންގައިވެސް ހިމެނިފައިވުމުގެ އިތުރުން އެކި އެކި މުބާރާތްތަކުގައި ރަން ވަނަތަކެއް ހޯދައިދީފައިވާއިރު އޭނާ ވަނީ މުޙްޔިއްދީން […]

ޔުމްނާ ޢަލީ

ތިލަދުންމަތީގެ 11 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމްގެ ސާރވޭ، ޑިޒައިން އަދި އީއައިއޭ ހަދަނީ

ތިލަދުންމަތީގެ 11 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމްގެ ސާރވޭ، ޑިޒައިން އަދި އީއައިއޭ ހަދަން މަސައްކަތްކުރުމަށް ޕްލޭނިންގް މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ. މި 11 ރަށުގެ އިތުރުން މިނިސްޓްރީން ވަނީ، 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް 25 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ސާރވޭ، ޑިޒައިން އަދި އީއައިއޭ މަސައްކަތްކުރުމަށް އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޮސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އަދި ފޯރސައިޓް ސާރވެޔާރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ ކަމަށެވެ. މިނިސ...

ހުސައިން ހަބީބް
ދިއްދޫ ހައުސިން ޔުނިޓުތަކާއި ބެހޭ ގޮތުން ކުރީގެ ކައުންސިލަރު ރިޕޯޓެއް ނެރެފި

ދިއްދޫ ހައުސިން ޔުނިޓުތަކާއި ބެހޭ ގޮތުން ކުރީގެ ކައުންސިލަރު ރިޕޯޓެއް ނެރެފި

ހއ. ދިއްދޫގައި އިމާރާތްކުރި ހައުސިން ޔުނިޓުތައް ދޫކުރުމުގައި ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް އެ ރަށު ކުރީގެ ކައުންސިލަރު އަލީ ހާޝިމް ރިޕޯޓެއް ނެރެފިއެވެ. އަލީ ހާޝިމް ނެރުނު ރިޕޯޓެ ހުލާސާ ބައިގައި ބުނެފައި ވަނީ ދިއްދޫގައި އިމާރާތް ކުރެވިފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން 140 ހައުސިން ޔުނިޓު ދޫކުރުމަށް ދިއްދޫ ކައުސިލުން 19 އެޕްރީލް 2015 ގައި އިއުލާނުކުރުމާއި ގުޅިގެން ހައުސިން ޔުނިޓުތަކަށް އެދި އެކި ފަރާތްތަކުން ދިއްދޫ ކައުންސިލަށް ހުށަހެޅި 440 ފޯމު އިވެލުއޭޓްކޮށް […]

އަފްރާހް އަބްދުލް ރަޝީދު

ކުޅުދުއްފުއްޓަށް ސޭންޕޫ ފުޅީގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނުމީހަކު ހައްޔަރުކޮށްފި

12 ބުލެޓް މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ މަޢުލޫމާތު ދެއްވާފައެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަން ދަތުރުކުރަމުންދާ ބޯޓަކުން ކުޅުދުއްފުއްޓަށް މަސްތުވަތަކެތި އެތެރެކުރަންއު...

ހުސައިން ހަބީބް
އީޕީއޭ އިން ފެނަކަ، ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އީޕީއޭ އިން ފެނަކަ، ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭ ހެދުމަކާ ނުލައި މަޝްރޫޢުތަކެއް ފަށާފައިވުމުގެ ސަބަބުން، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފިއެވެ. އީޕީއޭ އިން ފެނަކަ ޖޫރިމަނާ ކޮށްފައިވަނީ އީއައިއޭ ހެދުމަކާ ނުލައި ފަސް ރަށެއްގެ އިންޖީނުގެ ހެދުމުގެ މަސައްކަތް ފަށާފައިވުމުންނެވެ. އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 4/93، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން އެކ...

Thiladhun

އިންޑިއާގެ ވިސްނުން ކަޝްމީރުގައި އެތައްހާސް ފައްޅިއެއް އެޅުމާއި ދިމާލަށް

އިންޑިއާގެ މުސްލިމް މެޖޯރިޓީ އޮންނަ ހަމައެކަނި ސްޓޭޓްކަމުގައިވާ ކަޝްމީރުގައި 50،000 ފައްޅި އަޅަން ވިސްނަމުންދާ ކަމަށް އިންޑިއާއިން ބުނެފި އެވެ. ފާއިތުވި އަހަރުތަކުގައި ކަޝްމީރުގައި 50،000 ފައްޅި ބަންދުކޮށްފައިވާ ކަމަށާއި އެތަންތަން ސާވޭކޮށް އަލުން ހުޅުވާނެ ކަމަށް އިންޑިއާއިން ބުނެއެވެ. އިންޑިއާއިން މިފަދަ ނިންމުމެއް ނިންމި މިދަނޑިވަޅު ދިމާވެފައިވަނީ އިންޑިއާއި ޕާކިސްތާނާއި ދޭތެރޭ ނުތަނަވަސްކަން އުފެދިފައިވާ ދަނޑި ވަޅަކާއެވެ. މިހާރު ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އުފެދިފައިވަނީ...

ހުސައިން ހަބީބް

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ވޯޑުތައް އޭސީ ކުރަން ބަޔަކާ ހަވާލުކޮށްފި

އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދަމުން އަންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވޯޑުތަކުގައި މެޑިކަލް ގްރޭޑުގެ އެއަރކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކުރުމަށް، ބަޔަކާ ހަވާލުކޮށްފިއެވެ. މިއަދު ހެލްތު މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ގްރީން ސިސްޓަމް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ވޯރޑްތަކުގައި މެޑިކަލް ގްރޭޑްގެ އެއަރ ކޮންޑިޝަން ހަރުކުރުމުގެ އެއްބަސްވުމުގައި...

Thiladhun