ފިލިޕީންސްގެ ރައްޔިތުންގެ ހިތުގައި ޓްރަމްޕާއި ނަތަންޔާހޫ އަށް އޮތް ނުރުހުން ދައްކާލައިފި
ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބޭއްވި މޭޑޭގެ މުޒާހަރާތަކުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރގެ ސިފަ ދައްކުވައިދޭ ބޮޑު ބުދެއްގައި ހުޅުޖަހައި އަންދާލައިފިއެވެ.\ 2026 މޭ 1 ވީ ހުކުރު ދުވަހު ކުރިއަށްދިޔަ މި ހަރަކާތަކީ އެ ގައުމުގެ އިގްތިސާދީ ދަތިތަކާއި ދުނިޔޭގެ ސިޔާސީ މަސްލަހަތުތަކާ ހުރި ގުޅުން ހާމަކުރުމަށް އެކްޓިވިސްޓުން ކުރިއަށްގެންދިޔަ ރަމްޒީ އިހުތިޖާޖެކެވެ. “ތިން ބޯލީ މޮންސްޓަރ” ބުދު މުޒާހަރ...