ބަރުދަން ލުއިކުރަން ބޭނުންކުރާ ''ޖީއެލްޕީ-1'' ބޭސްތަކުން ނޭދެވޭ އަސަރުތަކެއްކުރޭ: ދިރާސާ
ބަރުދަން ލުއިކުރުމަށާއި ހަކުރު ބައްޔަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ޖީއެލްޕީ-1 (GLP-1) ބޭސްތަކުގެ ސަބަބުން، މީގެ ކުރިން މާ ބޮޑަށް ފާހަގަކުރެވިފައި ނުވާ ނޭދެވޭ އަސަރުތަކެއް ކުރާކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ. ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ ދިރާސާވެރިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ރެޑިޓް (Reddit) ގައި 70،000 އެއްހާ މީހުން ހިއްސާކޮށްފައިވާ 400،000 އަށްވުރެ ގިނަ ޕޯސްޓުތައް ވަނީ ދިރާސާކޮށްފައެވެ. މިދިޔަ ހަފްތާގައި ‘ނޭޗަރ’ ޖާނަލްގައި ޝާއިޢުކުރި މި ދިރާސާއިން ދައްކާ ގޮތުގައ...