ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާޢީލް ޒަކަރިއްޔާ އަވަހާރަވެއްޖެ
ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާޢީލް ޒަކަރިއްޔާ، ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދަނިކޮށް އަވަހާރަވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާޢީލް ޒަކަރިއްޔާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. މިދިޔަ މަހުގެ 13 ގައި ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ނަމަވެސް އުމުރުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާގެ ހާލު ބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ފަހުން ބަދަލުކުރީ އެވެ. އުމުރުފުޅުން 79 އަހަރުގައި އ...