ކުޅުދުއްފުށީ ލަނގޮޑި މާލިމީ: މަޝްހޫރު "ހޭވާ ހޭވާ" ފަރިހީގެ ޝާއިރު
އަބަދުވެސް ނަން ފާހަގަކުރެވެނީ މަދު ބައެއްގެ އެވެ. ރާއްޖެދުށް މޮޅެތި ޅެންވެރިންގެ ތެރޭގައި “ހޭވާ ހޭވާ” ލިޔުއްވި ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު (ލަނގޮޑި މާލިމީ) ނުހިމެނި ނުދާނެ އެވެ. ލަނގޮޑިމާލިމީގެ ގިނަ ފަރިހިތައް ބެލެވެނީ ނުލިޔެވި ގެއްލިފައިވާ ކަމަށެވެ. “ދިޔަވަތް ރަނގަޅު އޮޑި – ފަރިހިން ކިޔައިދޭ ދިވެހިންގެ ނިޔަމިކަން” މިސުރުހީއަށް މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރގައި މަސައްކަތްކުރަމުން އަންނަ ޝަންމޫން ޖަލީލު (ލޫކަސް ޖަލީލް) ވަނީ ލަނގޮޑި މާލިމީގެ ވަރަށް ފުރިހަމަ ތަޢާރަފެއް ލިއު...