ޖަލުގައި އަހަރެންގެ ބޮލަށް ކުޑަކަމުދާ މީހާ
ނެލްސަން މަންޑޭލާ: ދެކުނު އެފުރިކާގެ ރައީސަކަށް ވުމަށްފަހު އެއްދުވަހަކު އަހަރެންގެ ސަލާމަތީ ކަންކަން ބަލަހައްޓާ މީހުން ގާތު އެދުނީ ރަށުތެރޭގައި ބުރެއް ޖަހާލުމަށެވެ. އަދި ރެސްޓޯރެންޓަކުން މެންދުރުގެ ނާސްތާ ކުރުމަށެވެ. ރަށުގެ ވިޔަފާރީގެ އެންމެ ކާރޫބާރޫ ބޮޑު ހިސާބުގައި ހުރި ރެސްޓޯރެންޓަކަށް ގޮސް ކެއުމަކަށް އޯޑަރު ދިނީމެވެ. އިރުކޮޅަކުން ވެއިޓަރު އަހަރެމެންގެ ކެއުން ގެނެސްދިނެވެ. އަހަރެމެންގެ ކުރިމަތީ ތަންކޮޅެއް ދުރުގައި އެކަނިމާ އެކަނި މީހަކު އިންތައް ފެނިގެން އެމީހާވެސް އަހަރެމެންނާއި ބައިވެރި ކުރު...