މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކުނިނެގުމުގައި ވެމްކޯއަށް ގިނަ ގޮންޖެހުންތަކެއް

ކުނިނެގުމުގައި ވެމްކޯއަށް ގިނަ ގޮންޖެހުންތަކެއް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ އާމްދަނީ މިދިޔަ މާރިޗު މަހާއި އަޅާބަލާއިރު 50 އިންސައްތަ ދަށަށް ގޮސްފައި ވާކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް އެބަހުރިކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. ވެމްކޯއިން ދަނީ ކޯވިޑް-19ގެ މި ދަތި ދަނޑިވަޅުގައިވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މެދުކެނޑުމެއް ނެތި ހަރަކާތްތެރިވަމުންނެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ މަސައްކަތުގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އެކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރ އާދަމް މުޙ...

ޝިއުނާ އާދަމް
"ކަންޖީ"، ތަފާތުވާނެ، މީރުވާނެ

"ކަންޖީ"، ތަފާތުވާނެ، މީރުވާނެ

މިފަހަރު ވަރުދާގެ ބަދިގެން މިއޮތީ ތަފާތު ކާނާގެ ބާވަތެއް ތައްޔާރު ކުރާނެ ގޮތެވެ. “ކަންޖީ” އާއި މެދު ވަރުދާ ދޭ ޔަޤީން ކަމަކީ، ތަފާތު ވާނެ ކަމަށާއި، ތަފާތު މީރު ވާނެ ކަމަށެވެ. އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު […]

ޝިއުނާ އާދަމް
ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. ކެލާ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 5 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެމީހާގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. ޕޮަޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް […]

ޝިއުނާ އާދަމް
ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިފަދަ އެއްޗެކޭ އޭގެ ދެ ފަރާތް ބުނެދެވޭން އޮންނާނެ ހޭ؟ ނޯންނާނެޔޭ! ދުވަސްވަރަކީ ހއ. ކެލާގައި އިނގިރޭސީން ތިބި ދުވަސްވަރެވެ. އެ މީހުން ބަނޑަހަޖަހައިގެން ތިބީ ކެލާ ތުނޑީކޮޅުގައެވެ. “ރަސްކަން” ކުރަމުން ދަނީ ކެލާގެ ހިތްގައިމު ތުނޑީގައެވެ. އެ ތަނުގައި ދެ ފަންގިފިލާއަށް ވާ ގޮތަށް ޢިމާރާތްކޮށްފައިވާ ރާޑަރު ގެއެއް ހުރެއެވެ. އަދި ހަތިޔާރުތައް ލައި ރައްކާކޮށްފައިވާ ބަޑި ގުދަނެއް ވެސް ހުރެއެވެ. މީގެއިތުރުން، އިނގިރޭސީން ދިރިއުޅުމަށް ޓަކައި ގެދޮރު އަޅާފައި […]

ޢާޠިފާ ޒަކަރިއްޔާ
ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ކުރުމަށް ބަޔަކު ހޯދަން ޢިއުލާން ކޮށްފި

ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ކުރުމަށް ބަޔަކު ހޯދަން ޢިއުލާން ކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. ދިއްދޫ ގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން،  ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނ...

އަޙްމަދު ވަހީދު
އެވިޑްކޮލެޖުގައި "ޔުނެސްކޯ ނެޓްވަރކް ޗެއަރއެއް" ޤާއިމްކޮށްފި

އެވިޑްކޮލެޖުގައި "ޔުނެސްކޯ ނެޓްވަރކް ޗެއަރއެއް" ޤާއިމްކޮށްފި

އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީ އެޖެންޑަރ 2030 ގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޔުނެސްކޯގެ ފަރާތުން ކުރާ މަސައްކަތްތަކުގެ ތެރެއިން މެމްބަރު ޤައުމުތަކުގެ މަތީތަޢުލީމުދޭ މަރުކަޒުތަކުގެ މެދުގައި ފަންނީ މަޢުލޫމާތާއި، ދިރާސާއާއި ތަޖުރިބާ ހިއްސާކޮށް، ގުޅުން ބަދަހިކޮށް އަދި ކުރިއެރުން ހާޞިލުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާ ޔުނެސްކޯ ޗެއަރގެ ނެޓްވަރކް ޗެއަރއެއް އެވިޑް ކޮލެޖުގައި ޤާއިމްކޮށްފިއެވެ. އެވިޑް ކޮލެޖުން ހާމަކުރާގޮތުގައި، މި ޗެއަރގެ ވިއުގައި ހިމެނޭ އެހެން ޤައުމުތަކުގެ ޔުނިވަރސިޓީތަކާ ގުޅިގެން ރާ...

އިބްރާހިމް އަސްވާޤް
މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތަށް ކުރިމަތިލާން ހުޅުވާލައިފި

މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތަށް ކުރިމަތިލާން ހުޅުވާލައިފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ށ. މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތްތަށް ޝަރުތުހަމަ...

ޔުމްނާ ޢަލީ
އިހަވަންދޫ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

އިހަވަންދޫ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން،  އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތ...

ޝިއުނާ އާދަމް
މިއަހަރު އޭއެފްސީ ކަޕް ނުކުޅޭނެ

މިއަހަރު އޭއެފްސީ ކަޕް ނުކުޅޭނެ

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން މިއަހަރުގެ  އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް، އޭއެފްސީން ކެންސަލްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި އޭއެފްސީގެ ކޮމްޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ. މިގޮތުން އޭއެފްސީ ކަޕްގެ އިތުރުން އެބައްދަކުވުމުގައި ވަނީ އޭއެފްސީ ފުޓްސަލް ކުލަބު ޗެމްޕިއަންޝިޕާއި އޭއެފްސީ ސޮލިޑާރިޓީ ކަޕުވެސް ވަނީ ކެންސަލްކޮށްފައެވެ. މި ނިންމުމުގެ ސަބަބުން ރާއްޖެއިން މި މުބާރާތުގައި ކުޅޭ ދެ ޓީމަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި

ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، ކުޅުދުއްފުށީ ސިޓީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގ...

ޔުމްނާ ޢަލީ
ފަރުވާ ހޯދަން މާލެ އަންނަން ނުޖެހޭނެހެން ކަންކަން ބައްޓަންކުރުމަކީ އަމާޒެއް : ނައިބު ރައީސް

ފަރުވާ ހޯދަން މާލެ އަންނަން ނުޖެހޭނެހެން ކަންކަން ބައްޓަންކުރުމަކީ އަމާޒެއް : ނައިބު ރައީސް

ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ފަރުވާ ލިބިގަތުމަށް މާލެ ސަރަޙައްދަށް އަންނަން ނުޖެހޭނެފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅު ވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ފަސް ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުގެ އިސް ވެރިންނާއި، ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައިއެވެ. އެ ބައްދަލު ކުރުމުގައި ރާއްޖޭގެ ފަސް ސަރަޙައްދ...

ޝިއުނާ އާދަމް
ފަތުރުވެރިކަން އަލުން ކޮޅަށް ޖަހެމުގައި ބައިވެރިވެ، އުރީދޫންއިން ރާއްޖޭގެ ރީތިކަން ދައްކާލަނީ

ފަތުރުވެރިކަން އަލުން ކޮޅަށް ޖަހެމުގައި ބައިވެރިވެ، އުރީދޫންއިން ރާއްޖޭގެ ރީތިކަން ދައްކާލަނީ

ކޯވިޑް-19 ގެ ސަބަބުން ހީނަރުކަން ކުރިމަތިވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމުގައި ބައިވެރިވެ، ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްދިނުމުގެ ގޮތުން އުރީދޫ އިން “ވިޒިޓް މޯލްޑިވްސް ނައު” ގެ ނަމުގައި ބައިނަލްއަގުވާމީ ކެމްޕޭނެއް ފަށައިފި އެވެ. ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް އުރީދޫއިން ފެށި މިކެމްޕޭން އުރީދޫ އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަން މީހުންނާ ހަމަ އަށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫއިން މި ކެމްޕެއިން ކުރިއަށް ގެންދާނީ ޓޫރިޒަމް މިނ...

ޝިއުނާ އާދަމް
"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ލަވަ ލޯންޗުކޮށްފި

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ލަވަ ލޯންޗުކޮށްފި

ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ “ކޮވިޑް ހުއްޓުވާނީ އަހަރެން” ގައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗް ކޮށްފިއެވެ. އެގާރަ ކަޑި ހިމެނޭ މި ލަވައިގައި ރާއްޖޭގެ ކޮވިޑްގެ ހާލަތާއި، އާއިލާތައް ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ގެނެސްދީފައި ވެއެވެ. އަދި ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މިހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީއާއި އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި “ގައުމުގެ އިހުސާސް” ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ. “ކޮވިޑް ހުއްޓުވާނީ އަހަރެން”...

ތިލަދުން
ކަށީގެ ހާއްސަ ދެ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ނ.އަތޮޅު ހޮސްޕިޓަލްގައިކޮށްފި

ކަށީގެ ހާއްސަ ދެ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ނ.އަތޮޅު ހޮސްޕިޓަލްގައިކޮށްފި

ނ.އަތޮޅު ހޮސްޕިޓަލުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ގުޅިގެން ކުރިއަށް ގެންދެވުނު އައުޓް ރީޗް ޕްރޮގުރާމްގެ ދަށުން ފުރަތަމަ ފަހަރަށް ކަށީގެ ހާއްސަ ދެ އޮޕަރޭޝަން ނ.އަތޮޅު ހޮސްޕިޓަލްގައި ކޮށްފިއެވެ. 8 ސެޕްޓެމްބަރ 2020 ވީ އަންގާރަ ދުވަހު އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދެވިފައި ވަނީ ޢުމުރުން 57 އަހަރުގެ ފިރިހެނެއްގެ އަތުގެ  “ކަރޕަލް ޓަނަލް” ރިލީސްކުރުމަށް ކުރެވުނު އޮޕަރޭޝަނެއްގެ އިތުރުން 52 އަހަރުގެ އަންހެނެއްގެ އަތުގައި އުފެދިފައިވާ “ގޭންގްލިއަން ސިސްޓް” ނުވަތަ ލަމްޕް ނެގުމުގެ އޮޕަރޭޝަނެކެވެ....

އިބްރާހިމް ޚަލީލް
އަތޮޅުތެރޭގައި ބަލި ޖެހޭ މީހުން އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެ

އަތޮޅުތެރޭގައި ބަލި ޖެހޭ މީހުން އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެ

އަތޮޅުތެރޭގައި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފި އެވެ. ރައީސް މިހެން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް މިއަދު ކުރެއްވި ޒިޔާރަތުގައި ހެލްތް އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވީ، މި ދުވަސްވަރު މާލެ ސަރަ...

ޔުމްނާ ޢަލީ