އޮޑިޓް ރިޕޯޓް ނެެރެފައިވަނީ އެންމެ ފުރިހަމައަށް ބަލަންޖެހޭކަންކަން ނުބެލި: އެންޑީއެމްއޭ
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު އޮޑިޓް ރިޕޯޓް ނެރެފައިވަނީ އެންމެ ފުރިހަމައަށް ބަލަންޖެހޭކަންކަން ނުބެލިކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވެއްޖެއެވެ. ހިސާން ހަސަން މިހެން ވިދާޅުވީ އޮޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ 7 ކަމެއްގެ ތަފްސީލް ދެއްވުމަށް އެންޑީއެމްއޭއިން މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތ...