ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯވިޑް-19އިން ޝިފާލިބި ހޮސްޕިޓަލުން ދޫކޮށްލައްވައިފިއެވެ.

ރައީސް މައުމޫން ދާދި ދެންމެއަކު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައި ވަނީ މާތް ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކޯވިޑް ބަލިން ޝިފާ ލިބިގެން ހެޔޮޙާލު ގައި ހުންނެވި ކަމަށެވެ.

Ad
rt

މާތް ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކޯވިޑް ބަލިން ޝިފާ ލިބިގެން ހެޔޮޙާލު ގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިލުން ގެޔަށް އަތުވެއްޖައިން. އެކިއެކި ބަލިބަލި ތަޙަންމުލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން”

ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ. މައުމޫން ކޯވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހެއްދެވި ޓެސްޓުންނެވެ. ކޮވިޑް ޖެހުމާއެކު އެމަނިކުފާނަށް ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

މައުމޫން މިމަހުގެ 25 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނާއި އެ ބަލި ޖެހިފައިވާ އެހެން ހުރިހާ އެންމެންނަށް ރަހުމަތް ލައްވައި، އަވަސް ޝިފާއަކަށާއި ފުރިހަމަ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.