މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މަސްތުވާތަކެއްޗާއިއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއިއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. މިލަންދޫއިން ހައްޔަރުކޮށްފައިވަނީ މާލެއިން މިލަންދުއަށްދާ ދެ މީހަކު އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކމަށް ފުލުހުންވަނ...

މުޙައްމަދު އިނާން
ކުޅުއްދުފުށި ރީޖަނަލް ހޮސްޕިޓަލުން އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފި

ކުޅުއްދުފުށި ރީޖަނަލް ހޮސްޕިޓަލުން އަނެއްކާވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފި

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ތާރީޚީ އޮޕަރޭޝަނެއް މިއަދު ކޮށްފިއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިއަދު ކުރެވިގެން ދިޔައީ ފައިގެ ކަކުލުން ތިރީގެ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ފިބިޔުލާ ކަށިގަނޑު ވަނީ އޮޕަރޭޝަންކޮށްފައެވެ. އެ ހޮސްޕިޓަލުން ޢާންމު ކުރި މަޢުލޫމާތަށް ބަލާއިރު، އެ ހޮސްޕިޓަލުގެ އޯރތޮޕީޑިކް ޓީމް އަދި އޮޕަރޭޝަން ޓީމުން ވަނީ ފިބިޔުލާ އޮޕަރޭޝަންކޮށް ސިންޑެސްމޯސިސް ހަދާފައެވެ. ސިންޑެސްމޯސިސްއަކީ ޓިބިއާ އަދި ފިބިޔުލާ ފަދަ ދެ ކަށި ހަށިގަނޑުގެ ޓިޝޫއިން ގުޅާލުމެވެ. ކުޅުދުއްފު...

މުޙައްމަދު މާއިލް ހަސަން
ނޮޅިވަރަމުގެ ކަނބަލުންނަށް ހާއްސަ ހޭންޑްބޯޅަ މުބާރާތެއް

ނޮޅިވަރަމުގެ ކަނބަލުންނަށް ހާއްސަ ހޭންޑްބޯޅަ މުބާރާތެއް

ހދ. ނޮޅިވަރަމުގައި އުފެދިފައިވާ ޒުވާން ޓީމެއް ކަމުގައިވާ “މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)” ޓީމުން އިންތިޒާމް ކޮށްގެން “އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓް 2020” ގެ ނަމުގައި އެ ރަށުގެ ކަނބަލުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ. 09 ނޮވެމްބަރ 2020 ވީ ހޯމަދުވަހު ނޮޅިވަރަމު ބަނދަރު ސަރަހައްދު ފުޓްބޯޅަ ދަނޑުގައި ފެށި މި މުބާރާތުގައި ޖުމްލަ 13 ޓީމަކުންވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަށް ތިން ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އޭގައި ހިމެނޭ ޓީމް...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދުމަށް ފުރުސަތު ހުޅުވާލައިފި

ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދުމަށް ފުރުސަތު ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީގެ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މިހާރު ހުސްވެފައިވާ ތިންޖާގައިގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން އެކަމަށް އެދޭފޯމް އެ އިދާރާއަށް ހުށަހެޅުއްވުމަށެވެ. އިތުރަށް ބުނެފައިވަނީ މި ތިން ޖާގަ ދިނުމުގައި މިހާރު މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކަށ...

އިބްރާހިމް ޚަލީލް
ފޭދޫ ސާމީއަށް އެހީވުމަށް ކޮމަންޑޫގައި ފަންޑުފޮށިތަކެއް ބަހައްޓައިފި

ފޭދޫ ސާމީއަށް އެހީވުމަށް ކޮމަންޑޫގައި ފަންޑުފޮށިތަކެއް ބަހައްޓައިފި

ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. ކޮމަންޑޫ ކައުންސިލުން، އެރަށުގެ ތިން ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައިފިއެވެ. ކޮމަންޑޫ ކައުންސިލުން މިއަދު އެ އިދާރާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީވުމަށްޓަކައި އެރަށުގެ 3 ސަރަހައްދެއްގައި ފަންޑުފޮށި ބެހެއްޓިފައިވާނެ ކަމަށެވެ. އެ ތަންތަނަކީ އެރަށު ސިއްޙީ މަރުކަޒާއި، އެރަށު މިސްކިތެއް ކަމަށްވާ މަސްޖިދުއް ރަޙީމްގަޔާއި އަދި ކޮމަންޑޫ ކައުންސިލް އި...

މުޙައްމަދު އިނާން
ތަޢުލީމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ތަޢުލީމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ތަޢުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި، މުދައްރިސުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަ...

އަޙްމަދު ވަހީދު
އިހަވަންދޫ ރައްޔިތުންގެ ދިގު އިންތިޒާރެއް ކުލަވުމާއި ހަމައަށް، ބިންހިއްކަން ހަވާލުކޮށްފި

އިހަވަންދޫ ރައްޔިތުންގެ ދިގު އިންތިޒާރެއް ކުލަވުމާއި ހަމައަށް، ބިންހިއްކަން ހަވާލުކޮށްފި

ހއ. އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެދަތިކަން ހައްލުވެގެން ދިޔުމަކީ އެރަށުގެ ރައްޔިތުން ކުރަމުންއައި ދިގު އިންތިޒާރެކެވެ. މިއަދު މިވަނީ އެ އިންތިޒާރު ކުލަވާން ފަށައި، އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފައެވެ. ސަރުކާރުން އަލަށްފަށާ 10 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް، އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރިއިރު އޭގެ ތެރެއިން އެއް މަޝްރޫޢުއަކީ އިހަވަންދޫގެ ބިން ހިއްކުމާ...

ޔުމްނާ ޢަލީ
ހަނިމާދޫ ކައުންސިލުގެ އެހީތެރިކަން ހަނިމާދޫ ސިއްހީމަރުކަޒަށް

ހަނިމާދޫ ކައުންސިލުގެ އެހީތެރިކަން ހަނިމާދޫ ސިއްހީމަރުކަޒަށް

ކޯވިޑް-19 ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރެވިދާނެ ގިނައަދަދެއްގެ ތަކެތި ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަނިމާދޫ ސިއްޙީ މަރުކަޒަށް ހަދިޔާކޮށްފިއެވެ. ހަނިމާދޫ ކައުންސިލުގެ ފަރާތުން 09 ނޮވެމްބަރ 2020 ހޯމަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 200 ފޭސް މާސްކާއި، 300 ސާޖިކަލް ގްލޯވްސްގެ އިތުރުން 10 ލީޓަރުގެ ހޭންޑް ސެނިޓައިޒާއެވެ. ހަނިމާދޫ ކައުންސިލުގެ ފަރާތުން ހަދިޔާކުރި މިތަކެތި ހަނިމާދޫ ސިއްޙީ މަރުކަޒާއި ހަވާލު ކޮށްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލުގެ ރައީ...

އިބްރާހިމް ޚަލީލް
އަލަށް ފަށާ 10 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

އަލަށް ފަށާ 10 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

ސަރުކާރުން އަލަށްފަށާ 10 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް، އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫޢުތަކުގެ ތެރޭގައި 6 ރަށެއްގެ ބިންހިއްކުމުގެ މަސައްކަތް ވެސް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި މިއަދު މަސައްކަތް ހަވާލުކުރި މަޝްރޫޢުތައް 1- ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ.ފަރެސްމ...

ޝިއުނާ އާދަމް
ރައީސް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަނީ

ރައީސް މާދަމާ ޤައުމާ މުޚާޠަބު ކުރައްވަނީ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅުވައި މާދަމާ ރައީސް ޤައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ޤައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޓީވީ އާއި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށެވެ. ރައީސް ޤައުމާ މުހާތަބު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. ކޮންމެ އަހަރަކު ވެސް ޖުމްހޫރީ ދުވަހާއި ގ...

އިބްރާހިމް ޚަލީލް
އާދަމް ނަސީރު ދިމާވިގޮތަށް އެހެން މީހަކަށް ދިމާވާކަށް ނޭދެން: އާމިރު

އާދަމް ނަސީރު ދިމާވިގޮތަށް އެހެން މީހަކަށް ދިމާވާކަށް ނޭދެން: އާމިރު

ކޯވިޑް-19 ބަލީގައި ނިޔާވެފައިވާ ދ. މާއެނބޫދޫ، އުމުރުން 60 އަހަރުގެ އާދަމް ނަސީރަށް ދިމާވިގޮތް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެހެން މީހަކަށް ދިމާވާން، އޭނާވެސް އަދި އާދަމް ނަސީރުގެ ޢާއިލާވެސް ނޭދޭކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ. އާދަމް ނަސީރު ކަނޑިންމަ ރިސޯޓުގައި ވަޒީފާއަދާކުރަން ހުއްޓައި، ބަލިވެ ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ އޮކް...

އަލީ އާދިލް
ނޫމަރާ އަައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ނޫމަރާ އަައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ށ. ނޫމަރާ  އަައު އިންޖީނުގެ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފެނަކައިން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް، ނޫމަރާ އައު އިންޖީނުގޭގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ 18-15 ނޮވެންބަރު 202...

މުޙައްމަދު އިނާން
މާލެ ސަރަހައްދު ބްރިޖުން ގުޅާލުމަށް އިންޑިއާއިން ދޭ ހިލޭ އެހީގެ އެމްއޯޔޫގައި ސޮއިކޮށްފި

މާލެ ސަރަހައްދު ބްރިޖުން ގުޅާލުމަށް އިންޑިއާއިން ދޭ ހިލޭ އެހީގެ އެމްއޯޔޫގައި ސޮއިކޮށްފި

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ހިންގާ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި މިއަދު ސޮއިކޮށްފިއެވެ. ފޮރިން މިނިސްޓްރީއިން ބުނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅ...

ޔުމްނާ ޢަލީ
މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ

މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ

ނ. މިލަދޫގައި ޤާއިމުކޮށްފައިވާ ނެޓްބޯޅަ ކޯރޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެރަށު ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި “ކައުންސިލް ނެޓްބޯލް ޗެލެންޖް-1” ގެ ނަމުގައި، އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތަކީ އެރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ބޭނުމުގައި އެރަށު ކައުންސިލުން ބާއްވާ މުބާރާތެއް ކަމަށް މިލަދޫ ކައުންސިލުން ބުންޏެވެ. މ...

މުޙައްމަދު އިނާން
ރާއްޖެއާ އިންޑިއާގެ ފޮރިން ސެކްރެޓަރީއިން ރަސްމީ މަޝްވަރާތައް ބާއްވައިފި

ރާއްޖެއާ އިންޑިއާގެ ފޮރިން ސެކްރެޓަރީއިން ރަސްމީ މަޝްވަރާތައް ބާއްވައިފި

ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ބައްދަލު ކުރައްވައިފިއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ދެ ޤައުމު ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމާއި، ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި ދަތުރުފަތުރު އިތުރުކުރު...

އިބްރާހިމް ޚަލީލް